ޚަބަރު / ގއ. ކަނޑުހުޅުދޫ

ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމް ކޮށްލައިފި

ގދ.ކަނޑުހުޅުދޫގެ މަގެއް މަތީގައި މީހަކު ހިނގާފައި ދަނީ.-- ފޮޓޯ: ނިޝަން އަލީ / މިހާރު

05 ސެޕްޓެމްބަރ 2021 - 19:46

20 comments

ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެ އަނިޔާތަކަށް އެ މީހާ އަށް ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މިހާކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކަނޑުހުޅުދޫ ކައުންސިލުން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ މާރާމާރީ ހިންގީ ކަނޑުހުޅުދޫ ސްކޫލު ދޮށުގައި ތިބެފައި އެ އަންހެނުންގެ މެދުގައި ބޮޑު ޒުވާބެއް ހިންގުމަށް ފަހު އެވެ. އަނިޔާވި މީހާ އޭނާގެ ގޭދޮށުގައި ހުއްޓާ ތިން އަންހެނަކު ގޮސް ސައިކަލުން ވައްޓާލައި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މާރާމާރީގައި އެ އަންހެން މީހާގެ ނޭފަތް މަތީގައި ޖެހުމުން، އޭނާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ހަތަރު މީހުންގެ ބަޔަން ފުލުހުން މިހާރު ވަނީ ނަގައިފަ އެވެ.

20 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 58%
icon angry icon angry 25%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިލޭޑީ

06 September 2021

ދެން އަންހެނުންވެސް އެއީ އިންސާނުންނެއް ނޫންތަ؟ ރުޅިވެސް އަންނާނެއެއް ނޫންތަ؟ ކޮންމެ ފަހަރަކު މާރާމާރީ ނުހިންގިއަސް

The name is already taken The name is available. Register?

މާކުންބޭ

06 September 2021

އަންހެނުން މާރާމާރީ ހިންގީމަ ހެޑްލައިންގަ ކީއްވެބާ "އަންހެނުން" ޖަހަންވީ؟ ފިރިހެނުން މާރާމާރީ ހިންގީމަވެސް ޖަހާގޮތަށް ބަޔަކު މާރާމާރީ ހިންގައިފިއޭ ބުނީމަ ކޮބާ މައްސަލައަކީ؟

The name is already taken The name is available. Register?

ގުއިފުނަދޫ

06 September 2021

އެއީ އަންހެނުން އާންމުކޮށް ކޮށްއުޅޭކަމަކަށް ނުވާތީއެވެ.

The name is already taken The name is available. Register?

ޖޯކަރު

06 September 2021

ހާލީ ކުއިން އިޒް ޕްރައުޑް އޮފް ޔޫ ލޭޑީސް.

The name is already taken The name is available. Register?

ނާތަހުޒީބު ރާއްޖެ

06 September 2021

އާންމުނަށް އުދަގުވާ ކަންކަމީ ގާނޫނީ ކުށަކަށް ހަދަންޖުހޭ. ޒުވާބުކޮއް އަޑުގަދަ ކުރުމަކީ އަވައްޓެރިންނަށް އުދަގުވާނެކަމެއް. ވީމާ ޒުވާބުކުރުން އަދި އާންމުނަށް އުދަގުވާގޮތައް އަޑުގަދަ ކުރުން ކުށަކައްހަދާ މިފަދަ ނާތަހުޒީބު އަންމަލުކުރާމީހުން ޖޫރިމަނާކޮއް ޖަލުހުކުމް ދޭންޖޫހޭ. މިގޮތަށް ގާނޫނު ބަދަލު ކޮއްފިނަމަ މެންބަރ ޖާބިރު އޮންނާނީ އަބަދުވެސް ޖަލުގަ. ހީ، ހީ، ހީ. މާރާމާރީ އެއީ އަނެއް މައަސަލަ.

The name is already taken The name is available. Register?

ފާނަކޮށި

06 September 2021

ކެޓްފައިޓް ކެޓްފައިޓް ކެޓްފައިޓް

The name is already taken The name is available. Register?

ސާނީ

06 September 2021

ބަޔާން ދޯ ނެގީ. ހައްޔަރުކުރުމެއް ނެތް ދެއްތޯ? ފިރިހެން ކުއްޖަކުނަމަ މިހާރު ހުންނާނީ ގޮޅިއެއްގަަ

The name is already taken The name is available. Register?

ހީންގޮވާލާ

06 September 2021

ކިހިނެތް ވެގެން ހިނގި މާރާމާރީ އެއް ކަމެއް ޚަބަރުން އެނގޭކަށް ނެތް

The name is already taken The name is available. Register?

އަނީސާ އަނީސް

06 September 2021

އަންހެނުންގެ ބާރުވެރިކަން ދައްކާލީ

The name is already taken The name is available. Register?

ހުސެން

06 September 2021

ކަނޑުހުޅުދޫ ކައުންސިލުން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ފުލުހުން ތަހުގީގުކުރިޔަސް ލޮލަށްފެނުނު މަންޒަރު ފެނުނުގޮތަށް ކިޔާދެވޭނެދޯ!! ވާނުވާނޭންގޭ ކައުންސިލް، ތަހުގީގުންހޯދާނީ ކަމުގެއަޑި، ފުލުހުންގެ ތަހުގީގު އިންސާފާ ގާތަށްވެސްނުދާނެ، އަންހެނުންތަކެއްގެ މައްސަލަ ތަހުގީގުކުރަންތިބޭނީ އެކަހެރިކޮޓަރީގަ ފިރިހެނުން، ފުލުހުންކުރާ ތަހުގީގަކީ ނިމޭއެއްޗެއްނޫން ކޮޅެއްގަޖެހޭ އެއްޗެއްނޫން

The name is already taken The name is available. Register?

ކަންމަތީ ގާލް

06 September 2021

ކޮން ކަންމަތްޗަކަށް ނިސްބަތްވާ ބައެއްތޯ މިމީހުންނަކިީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454