އިންޑިއާގެ ނުފޫޒާ ދެކޮޅަށް މިދިޔަ ޖޫން މަހު "ވޮއިސް އޮފް ހިންދު" ގައި ޝާއިއުކުރި ލިޔުމެއްގައިވާ ފޮޓޯއެއް
06 ސެޕްޓެމްބަރ 2021 - 11:04
މި ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް އައިއެސް އިން ނެރެމުން އަންނަ "ވޮއިސް އޮފް ހިންދު" މަޖައްލާ އުފެއްދުމުގައި ކަޝްމީރާއި އަފްޣާނިސްތާނާއި ޕާކިސްތާނުން ވެސް މީހުން ބައިވެރިވާ ކަމަށާއި މި މަޖައްލާއަށް ރާއްޖޭން ވެސް ލިޔުންތައް އަންނަ ކަމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ބުނެފި އެވެ.
"ވޮއިސް އޮފް ހިންދު" އަކީ އިންޑިއާއަށް ހާއްސަކޮށް، އެކަމަކު ޖުމްލަ ގޮތެއްގައި މި ސަރަހައްދުގެ ހުރިޙާ ގައުމެއްގެ ޒުވާނުންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރަމުން އަންނަ މަޖައްލާއެކެވެ.
އެންއައިއޭއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އައިއެސް އަށް މީހުން ރެކްރޫޓްކުރުމުގެ ތުހުމަތަށް މިދިޔަ ޖުލައި މަހު ކަޝްމީރުން ހައްޔަރުކުރި ތިން މީހެއްގެ ފަރާތުން ވަނީ މަޖައްލާ ހިންގާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިފަ އެވެ. މި ތިން މީހުންނަކީ މަޖައްލާއަށް ބޭނުންވާ ކޮންޓެންޓް ހޯދައި އެ ތަކެތި ފޮނުވަންޖެހޭ މީސްމީހުންނަށް ފޮނުވުމުގައި ވަރަށް އިސްކޮށް އުޅޭ ބައެއް ކަމަށް އެންއައިއޭ އިން ތުހުމަތުކުރެ އެވެ.
އެންއައިއޭ އިން ބުނީ މަހަކު އެއްފަހަރު އޮންލައިންކޮށް ނެރޭ މި މަޖައްލާ އަކީ އަފްޣާނިސްތާނުގައި ކުރާ މަސައްކަތެއް ކަމަށް ކުރިން ބެލެވިފައި އޮތް ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މިހާރު އެނގޭ ގޮތުގައި މިކަމުގައި ކަޝްމީރާއި ޕާކިސްތާނާއި އަފްޣާނިސްތާނުން ވެސް މީހުން ބައިވެރިވެ އެކި ގައުމުތަކުގައި އެކި މަސައްކަތްކުރާކަން އެނގިފައިވާ ކަމަށް އެންއައިއޭ އިން ބުންޏެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން ބަންގްލާދޭޝް އިން ވެސް މަޖައްލާއަށް ލިޔުންތައް ފޮނުވާ މީހުން އުޅޭކަން މިހާރު އެނގިފައިވާ ކަމަށް ބުންޏެވެ.
"މަޖައްލާއަށް ފޮނުވާ ލިޔުންތައް އެޑިޓްކުރަނީ ޕާކިސްތާނުގައި އަދި މަޖައްލާ ޑިޒައިންކުރުމުގެ މަސައްކަތް ވެސް ކުރަނީ އެތަނުގައި. އަރަބިން ފޮނުވާ ބައެއް ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައި ވެސް މަޖައްލާގައި ޖަހާ. މި މަސައްކަތުގައި އުޅެނީ މިފަދަ މަސައްކަތް ދަންނަ، އިނގިރޭސި ބަސް އެނގޭ، ކިޔަވައިގެން ތިބި ޒުވާނުން،" އެންއައިއޭ އިން މީޑިއާ އަށް ކިޔައިދީފައިވެ އެވެ.
މަސައްކަތުގައި އުޅޭ މީހުންނަށް މުސާރައެއް ވެސް ކަނޑަައަޅާފައި އޮވެ އެވެ.
މި މަޖައްލާގައި މިދިޔަ ޖޫން މަހު ޝާއިއުކުރި ލިޔުމެއްގައި އިންޑިއާ އާއި ދެކުނު އޭޝިއާގެ އިޒްރޭލު ކަމަށް ބުނެ ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވަމުން އަންނާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ، އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު، އެކި ކަންކަމާ ގުޅުވައިގެން ރާއްޖޭގެ ވާހަކަ ގެނެސް ރާއްޖޭގައި ހަމަލާ ދިނުމަށް ވެސް ރާއްޖޭގައި ތިބި އައިސިސްގެ ސަޕޯޓަރުންނަށް ގޮވާލާފައި ހުރެ އެވެ.
މި މަޖައްލާގެ ކުރީގެ އަދަދުތަކުގައި، އިންޑިއާ ސިފައިންނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ވެސް އެތައް ފަހަރަކު ލިޔެފައިވެ އެވެ.
ވޮއިސް އޮފް ހިންދު އުފެއްދިކަމަށް އެނގެން އޮންނަނީ 2020 ވަނަ އަހަރު އެވެ. މިއީ އިސްލާމިކް ސްޓޭޓް-ޚޮރާސަން (އައިއެސްކޭޕީ) އިން ނެރޭ މަޖައްލާއެއް ކަމަށް ވަނީ ބެލެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު2
07 September 2021
އާބަދީގެ ނިސްބަތުން ހަރުކަށިފިކުރު އެންމެބާރަށް ފެތުރޭ ޤައުމަކީ ރާއްޖެ.
ގްލޯބަލައިޒޭޝަން އޮފް އިޒްރެއިލް
06 September 2021
އިންޑިޔާ އަކީ ވެސް ޔަހޫދީ ސްޓޭޓް ގާއިމް ކުރުމަށް އެހީވެދޭ ބައެއް މުސްލިމުންނަށް މިކަން ފަހުމްވާންވީ
ހުސެން ޖާމިނު
07 September 2021
ގައުމެއް ކުރިއަރާނީ، އަދި ބާރުލިބޭނީ އެކަމައް މަސައްކަތް ކޮއްގެން. މޫނު ތެޅިއަކަސް ނުވާނެ. ދުނިޔޭގަ ތާރީހުގަ ބާރު ލިބޭ ކޮންމެ ބަޔަކު، ޖެހިގެން އޮތް ގައުމު ނޮޅާލާފަ އޮތީ. ސްކޫލް ތަކުގަ ބުލީވެސް ކުރާގޮތައް ގައުމުތައްވެސް އަބަދުހެން ކުރޭމިކަންތައް! ތާރީހުން ދަސްކޮން އުގެނެންވީ!
އަލް އުސްތާޒު
06 September 2021
ސާބަސް ކަލޯމެންނޭ. ކޮންމެހެން ހަދާފައިވެސް ރާއްޖޭގައި އިންޑިއާ ސިފައިންނަށް ތިބެވޭނެ ކަހަލަ އެއްޗެކޭ ކިޔާތި.. އިންޑިއާއަކު ނޫޅޭ ވިއްޔަ މުސްލިމުންނެއް. ހަމަ އެކަނި ތިޔަ މަޖައްލާއަށް ލިޔުން ފޮނުވަނީ އިންޑިއާ ވަށައިގެން އޮތް މުސްލިމު ޤައުމުތަކުގެ މުސްލިމުން. ނަސީބެއް ތީގައި ޗައިނާގެ މުސްލިމުންގެ ވާހަކަ ނެތްކަން. ހަހަހަ
ދެފެގުޗޭ
06 September 2021
ތީހަމަ ވެދާނެ ކަމެއް. މިސަރަހައްދުގަ ރާއްޖެއާ އެންފެންވަރަށް ހައްދުފަހަނައެޅި ފިކުރުގެ މީހުން މަދުވާނެ.
އަބޫ
06 September 2021
މިގައުމުގެމިނިވަންކަން އިންޑިޔާ އަތުގައި މާދަމާ އަޅުކަން ކުރަންޖެހޭޭނޭ އިންޑިޔާ ބުނާގޮތައް މަރާލިޔަސް ނުކުރާނަން މަރާލިޔަސް އޯކޭ
އުދުހޭ
06 September 2021
މިސަރަހައްދުގެ ގިނަ ނުވަތަ ހުރިހާ ގައުމެއް ހިމެނިގެން ކުރާ ކަމެއްވިއްޔާ ރާއްޖެވެސް ހިމެނޭނެއެއްނުން؟ އިންޑިޔާ ނުހިމެނޭތަ؟
1828
06 September 2021
އިންޑިއާ އިސްތިންނާވާގޮތަށް އައިސްއިން ހުރިހާ ކަމެއް ހިންގަނީ. އެމީހުން ބިރުގަނެއޯ އިންޑިއާގެ މިލިޓަރީ ދެކެ. އެހާވެސް އިންޑިއާގެ މިލިޓަރީ ބާރުގަދަ އޯ. އެމެރިކާ، ރަޝިއާ އަދި ޗައިނާ ނުވާނެއޯ އެކައްޗަކަށްވެސް އިންޑިއާގެ 'ކައްޕަޅި' ހަތިޔާރުތަކާއި ޖެހިފައި. އެހެންވެ އައިއެސް މީހުން ތިބީ ބިރުން ހުންއައިސްގެން ރަޖާލައިގެން ނޯ.
ނުހޯދޭ
06 September 2021
ދިވެހިބަހުން ލިޔާ ތިޔަ ޒާތުގެ އެއްޗެހިވެސް ނުހޯދިގެން އުޅޭއިރު ތިޔަ ތަނަކަށް ފޮނުވާ އެއްޗެހި ހޯދޭނެ ގޮތެއް ނޯންނާނެ.
ރަހުމް
06 September 2021
ދެން މުސްލިމަކު އުޅޭ ގައުމެއް ވިއްޔާ ތިއޮތީ ނަން ވެފަ އެއްނު
ސަކީނާ
06 September 2021
އިންޑިއާގެ މީހަކު މިކަމުގައި ނޫޅޭތަ؟.
ދިވެހިސްތާނު
06 September 2021
އިންޑިއާ އެބުނީ ތެދެއްކަމެއް ދޮގެއްކަމެއްވެސް ހޯދޭނީ އިންޑިއާގެ ރުހުން އަހަރުމެންނަށް ލިބިގެން. މީ އަހަރުމެންގެ ހާލަތު. ދެން ތިޔަމީހުން ބުނާއެއްޗެއް ގަބޫލުކޮށްގެން އާނހޫނ ކިޔުން ނޫން ގޮތެއް އެބައޮތްތަ؟ މީ އަހަރުމެންގެ މިނިވަންކަން އޮތް މިންވަރަކީ. މިކަމާވެސް އެއްޗެކޭ ބުނާ މީހާ ގޯސްވާނީ.