ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ސާމާނު ފްލެޓަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ސެޕްޓެމްބަރ 2021 - 10:49
ހިޔާ ފްލެޓް ލިބުނު މީހަކު އެތަނުގެ ފިނިޝިން ނިންމަން ތިން މަހުގެ މުސާރައަށް ގަތް ހުރިހާ އެއްޗެއް، ފްލެޓަށް ވައްދަން ތިރީގައި ބަހައްޓާފައި ހުއްޓާ އިއްޔެ ވަގަށް ނަގައިފި އެވެ.
ފްލެޓްގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް މުހައްމަދު "މިހާރު" އަށް ކިޔައިދިން ގޮތުގައި ވަގަށް ގެންދިޔަ ތަކެތީގެ އަގަކީ 33،800ރ. އެވެ. އެއީ 130 ގަނޑު ތަށިމުށި، 30 ކޮތަޅު ސިމެންތި އަދި ދެ ކޮޓަރި އާއި ދެ ފާހާނާގައި ހަރުކުރަން ގެންދިޔަ ހަތަރު ދޮރުފަތެވެ.
އިބްރާހިމް ބުނީ 15 ވަނަ ޓަވަރުގެ 24 ވަނަ ފްލޯއިން ލިބިފައި ހުރި ފްލެޓަށް ގެންދިޔަ ސާމާނު ވަގަށް ގެންދިޔައީ އިއްޔެ ހެނދުނު 9:30 ހާއިރު ކަމަށެވެ. އެ ތަކެތި ތިރީގައި ބެހެއްޓީ ލިފްޓު ބިޒީކަމުން އެ ވަގުތު މައްޗަށް ނޭރުވިގެންނެވެ.
"ފަނަރަ ވަނަ ޓަވަރު ކައިރީ ބަހައްޓާފައި އަޅުގަނޑުމެން ދިޔައީ ސައި ބޯން. ގަޑިއެއްހާއިރު ނޫނީ އެއް ގަޑިއިރާ 30 މިނެޓް ވާނީ. އައިއިރު އެކައްޗެއް ވެސް ނެތް،" އިބްރާހީމް ބުންޏެވެ.
އިބްރާހީމް ބުނި ގޮތުގައި އެ ސާމާނު ގެއްލުނު ވަގުތު އެ ސަރަހައްދުގައި ގިނައީ ފްލެޓްތަކުގެ މަސައްކަތް ކުރަން އުޅުނު ބިދޭސީންނެވެ. އެހެންވެ އެ މީހުން ގާތު އަހައި، އެކި ތަންތަން ހޯދައިގެން ވެސް، ގެއްލުނު އެއްވެސް އެއްޗެއް ނުފެނުނު ކަމަށް އޭނާ ބުންޏެވެ.
"މިއަދު ހެނދުނު ވެސް އަޅުގަނޑު މިއައީ ފްލެޓްތައް ކައިރިއަށް ގޮސް އެ ފެނޭތޯ އުޅެފައި. އަނެއްކާ ވެސް މިދަނީ ދާން އެ ސަރަހައްދަށް. މީހުން މަސައްކަތްކުރާ ތަނަށް ގޮސް ބަލައި އެއިން އެއްޗެއް ފެނޭތޯ."
ދަފްތަރު ކެޓަގަރީން ފްލެޓް ލިބުނު އިބްރާހީމް ބުނީ އެ މައްސަލަ ޕޮލިހަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ އަދި ފުލުހުންގެ ހަބަރެއް ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
07 September 2021
އަހަރުމެންގެ ޓެކްސްފައިސާއިން ފުލުހުން ބަހައްޓާފައި ހުންނަނީ، ރައިއްޔަތުންނާ، މުދާ ހިމާޔަތްކުރުމަށް. އެކަން ނުކުރެވެންޏާ، އެކީއްކުރާބައެއްތޯ؟ ސުވާލު އުފައްދަންޖެހޭ. އެއީ ދެން މިހާރުގެ ސްޓައިލްއޭ ކިޔާފަ ހުއްޓާއެއްނުލެވޭނެދޯ؟
ޚާޜޫޏާ
06 September 2021
ތި ބުނާހާ އަވަހަކަށް ނުގެއްލޭނެ ލަފާކުރެވޭ ގޮތުގައި ވަރަށް ގިނަ ވަގުތު ލިބިގެން ތިވަރު ކަމެއް ކުރެވޭނީ ގަޑިއެއްހައިރުން ވާވަރުކަމެއް ނޫން ތިކިޔަނީކީ
އުދުހޭ
06 September 2021
މެލޭޝިޔާގައި ކޮންޑޯ މެނޭޖްކުރާ ކުންފުނިން ތަނުގެ މެއިންޓަނަންސްގެ އިތުރުން ސެކިއުރިޓީ އަދި ކުނި އުކާލުންފަދަ ޚިދުމަތްތަށްވެސް ދޭ. ކޮންމެ ފްލެޓަކަށް ވަންނަން ވަކި ދޮރާއްޓެއް ހުންނަ ގޮތަށް ހަދާ އެތަނުގައި ސެކިއުރިޓީ ބެހެއްޓުން މުހިންމު. އަދި ސީސީޓީވީ ހުންނަންޖެހޭ.
މިނިވަބް ބޮޑު ަަނގަ
06 September 2021
މިތިބަ ކޮމެންޓޭޓަރުންނެއް ދޯ؟ މި ދައްކަނީ ވޮލެޓާ ފޯނު ބޭރުގައި ބާއްވާފަ ދިޔަ ވާހަކައެއް ނޫން. ސިމެންތިއާ ތަށިމުއްޓާ ސާމާނު. އެންމެ ދޮޅުގަޑިއެއްހާ އިރުގެ ތެރޭގައި އައިއިރު ނެތޭ! ޔަގީންތާ ޕޮލިހުންގެ ވެސް ނަގާނީ މިކަހަލަ ޒިންމާނެތް ވިސްނުން! ތިކަހަލަ މައްސަލަ އެނަލައިސް ކޮށްލާ ހައްލެއް ހޯދާނެ ވިސްނުމެއް ހިޔެއްނުވޭ އެސިސްޓަމުގަ ވެސް އޮންނަހެނެއް. ފަގަރެއްގައި އެއިން އިމާރާތެއްގައި ފޮރުވުން ގާތް.
އަސްލު ހާލަތު
06 September 2021
ތިކަމުގަ އޮތީ އެންމެމައްސަލައެއް. އެއީ އިބްރާހީމްބެއަށް ހީވީ ތަކެތި ބެހެއްޓިފަހުރީ މައްކާގަކަމަށް. ބަލަ އިބްރާހީމްބެއަށް މުސްކުޅިވިއިރުވެސް މިތަން ނޭނގުނުތާދޯ. ކުރާނެކަމެއްނެއް. ހުރިހާކަމެއް ސާފުކޮށްފެންނަން އޮތްއިރުވެސް ހަމަ ތިކަހަލަ މީހުން އަދިވެސް ގިނައީ. އުއްމީދަކީ އިބްރާހީމްބެއަށް މިގައުމުގަ ވަގުން އުޅޭމިންވަރު މިހާރު ވަޒަންކުރެވި ދެން އެފަދަކަމަކަށް ޖާގަނުދިނުން.
ތުއްތުބެ
06 September 2021
ވަގަންނަގައިގެން ގޮސް އެތަކެތި ބޭނުންކޮށްގެން ފުލެޓުގެ މަސައްކަތް ނިންމައިގެން އެތަނުގައި ދިރިއުޅޭއިރު އޭނާއަށް ހަމަނިދި ނިދޭނެބާ. އެއްވެސް އުފަލެއް ލިބޭނެބާ. ތިމާ އެތަކެތި ވަގަށް ނަގައިގެން ގެންދިޔަ މީހާ، ނޫނީ އެބަޔަކު، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެނެވޮޑިގެންވާކަމީ މެނދުރުގެ އިރު ފެންނަ ފަދައިން އެނގޭކަމެއް. އަޅަމެންގެ ވެރިރަސްކަލާކޮ، އެތަކެތި ވަގަށް ނެގި މީހާ ނޫނީ އެބަޔަކު އެންމެން ކުރިމަތީ ފަޟީޙަތް ކުރައްވާނދޭވެ. އާމިން
ޖަމްބެ
06 September 2021
އާމީން
ވޯލް
06 September 2021
އަދި މިއުޅެނީ ދިރިއުޅެން ނުފެށިގެން، މިހާރު އިޖްތިމާއީ މައްސަލަތައް ފަށައިގަތީ، މިތަންވާނެ ރާއްޖޭގެ ތާރީހުގައިވެސް ކުއްވެރިންނާ ޅަ އުމުރުގެ ކުދިން ހަލާކުވާ ކިއްލާއަށް.
ޢަރުތަ
06 September 2021
އެޔޭ އެކިޔާ ޔޫތުސިޓީއަކީ، ބަލަންހުރޭ ޔޫތުސިޓީގެ ކުޅިސަމާ ތިތާގަ މީހުން ދިރިއުޅެންފެށީމަ ފެންނަން ފަށާނެ، ކުޅިވަރެއް ހުންނާނެ، ތިތާގަ ހިނގާނީ ގޭންގްތަކުގެ ބާރު، އެމީހުން ތިތަން ކަންޓްރޯލް ކުރާނީ.
އުނބުށޭމު
06 September 2021
ތިތަންތަން ކޮންޓްރެކްޓްގައި އޮތްވަރަށް ނިންމީމާ ދެންކުރަންހުރި ކަންކަން ވަކިން އެޗްޑީސީން ނުވަތަ ސަރުކާރުން އިއުލާނުކޮށްގެން ރާއްޖޭގެ ކުދިކުދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ހުށަހެޅޭ އަގުތަކަށް ބަލައި އެވްރެޖް އަގެއް ކަނޑައަޅައި އެއަގަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ ހަވާލުކޮށްގެން މަސައްކަތް ނިންމުމަށްފަހު އެއަގުވެސް ހިމަނައިގެން ފްލެޓް ދޫކުރިނަމަ އާންމުންގެ ޝަކުވާ ކުޑަވެފައި ރަނގަޅުވީސް ނޫންބާވައެވެ.
ބަޑިތަކުރު
06 September 2021
ފްލެޓުގެ ބޭރުގައި ބާ ފެންފައިވާންގަނޑެއްވެސް ނުބޭންދޭވަރަށް ވައްކަންކުރުން ގިނަވެ އާންމުވީމާ، ތިފަދަ އަގުބޮޑެތި މުދާ ހާމައަށް ބެހެއްޓީމާ ވަގަށް ނަގަން ލަހެއް ފަހެއް ވާނެހެއްޔެވެ. ފުލުހުންނަކީ ރިޕޯޓެއް ކުރީމާ އެކަން ނުބަލާވާނެ އެއްވެސް ކޮޅެއް ދެއްކޭތޯ ބަލާފައި މައްސަލަ ފައިލްކުރަން ތިބޭ ބަޔެކެވެ. މީހުން އެތައް ހޭދައަކާއި ދަލެއް އޮހޮރުވައިގެން ހައްދާ ދަނޑުތައް ހަލާކުކުރީމާވެސް އެކަންކުރި މީހާ ނުދެއްކެންޏާ މައްސަލަ ބަލާކަށް ބޭނުމެއް ނުވެއެވެ.
ބަލާތި
06 September 2021
ކޮބާ ފުލުުހުން ކޮބާ އެޗްޑީސީ އެކަމަކު ފުލުހުންނަށް ސަރުކާރުން މުސާރަ ދޭ ބަރާބަރަށްދޯ ފުލުހުންގެ އިދާރާ އުވާލާ ސިފައިންގެ އިދާރާ އެކަނި ބަހައްޓާ ސިފައިންނާއި ރާއްޖޭގެ ހުރިހާ ސަލާމަތީ ކަންކަން ބަލަހައްޓަން ހަވާލު ކުރަންވީއޭ...
އައިޝ
06 September 2021
ދޮންކަލޯ ކޮންމެ ތަނެއްގައި ފުލުހުން ނުތިބޭނެ. ފަރުދީ ޒިންމާ އަދާކުރެވޭ ނަމަ މިކަހަލަ ކަންތައް މަދުވާނެ. ތިފެނޭތޯ ފުލުހުން ބަލާނެ. ކިތަނމެ އެއްޗެއް ހޯދާފަވެސް ހުންނާނެ.
ޔާމީނު
06 September 2021
ޔާމީނު ހެދި ފްލެޓްވީމަ މާ ބޮޑު ސަމާލޔުކަމެއް ނުދެން
ޢަރުތަ
06 September 2021
ހިޔާ ފްލެޓްތަކުގަ ކޮންމެ ފްލެޓެއް ދޮރުމަތީ ފުލުހަކު ހުންނަން ޖެހޭނެ އުތަ، ތިހިރަ ވިސްނުމަކަށް ސަލާމް.