ރިހިވެލީގައި ސޭވް ދަ ޑްރީމްސް ފަރާތުން ހުރި ކެޓީ ކާލްބްއާ މަހަލްގެ އޮފިޝަލަކު މިއަދު ވާހަކަ ދައްކަނީ.
08 ސެޕްޓެމްބަރ 2021 - 00:06
ކ. މަހާނައެޅި ހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމާއެކު، އެ ރަށުގެ ލީޒް ހޯލްޑަރު މަހަލް ޓުއާސް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހަލް އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ އެކު، މަހަލް އިން އިއްޔެ އެ ރަށާ ހަވާލުވެއްޖެ އެވެ.
ނަމަވެސް ސޭވް ދަ ޑްރީމްގެ ފަރާތުން އެ ރަށުގައި ހުރި ކެޓީ ކާލްބް ވަނީ ރަށުން ފޭބުމަށް ދެކޮޅު ހަދައިފައި އެވެ.
އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ސޭވް ދަ ޑްރީމަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓުގައި ނުތިބެވޭނެ ކަމަށާއި އެ ތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށެވެ. އެހެންވެ، މަހަލްގެ ހިއްސާދާރުން ވަނީ އިއްޔެ ރިހިވެއްޔަށް ގޮސް އެތަނުން ފްރާންސްގެ ސޭވް ދަ ޑްރީމްގެ މީހުން ބޭރުކުރަން މަަސައްކަތް ކޮށްފަ އެވެ.
އެކަމަކު ރަށުން ފޭބުމަށް އެ މީހުން ދެކޮޅު ހެދުމުން މައްސަލަ ބޮޑުވި އެވެ. ދެ ބައި މީހުންގެ މެދުގައި މައްސަލަ ބޮޑުވެ ޒުވާބުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ކޯޓު ހުކުމާ އެކު މަހަލް އިން ރިހިވެއްޔާ ހަވާލުވެފައިވާއިރު، އެ ތަނުގައި ތިބި ސޭވް ދަ މޯލްޑިވްސްގެ މީހުން ވީ އެންމެ އަވަހަކަށް ބޭރުކުރުމަށް މަހަލް އިން ބޭނުންވެ އެވެ. އެކަމަކު، ސޭވް ދަ މޯލްޑިވްސްގެ ފަރާތުން އެ ރަށުގައި ހުރި، ފްރާންސްގެ ކެޓީ ކާލްބް ރަށުން ފޭބުމަށް ދެކޮޅު ހަދާތީ އޭނާގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އެކަމުގެ މަޝްވަރާ އަށް ރިސޯޓަށް ވަޑައިގަތް ނަމަވެސް އޭނާ އެ ރަށަށް އަރާވަޑައިގަތުމުގެ ހުއްދަ މަހަލް އިން ނުދިނެވެ.
ރިހިވެލި ރިސޯޓުގައި ސޭވް ދަ މޯލްޑިވްސްއާ އެކު މަޝްވަރާކުރަނީ--
އެންމެ ފަހުން މުހުތާޒު ފުލުހުންނަށް ގުޅުމުން ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ރަށަށް ގޮސްފައިވާ ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. ފުލުހުން ދިޔައީ އެކަމުގެ މަޝްވަރާ ފަސޭހަ ގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އެތަނުގައި އެއްވެސް ހަމަނުޖެހުމެއް މިހާތަނަކަށް ނުހިނގަ އެވެ.
މަހަލް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސޭވް ދަ ޑްރީމްއާ އެކުވި އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ނުދެއްކުމުންނެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ހެޑްލީސް ރެންޓު ނުދެއްކުމުން މީރާ އިން ނޯޓިސް ފޮނުވަމުން ގޮސް އެންމެ ފަހުން "ރެޑް ނޯޓިސް" ވެސް ފޮނުވާފައިވާ ކަމަށާއި ރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީތައް ވެއްޓޭ ހިސާބަށް ގޮސް ނަރުދަމާ އާއި އަލިފާން ނިއްވާ ނިޒާމު ހަލާކުވުމާއި އިންޝުއަރެންސާ ނުލައި ރަށް ހިންގުމާއި މުވައްޒަފުންނަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ ހުރުމާއި ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށް މަހަލް އިން ބުނެ އެވެ.
ނަމަވސް މަހަލް ޓުއާސް އިން އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ސޭވް ދަ ޑްރީމުން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައާ އެކު ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ނެރުމަށް ވެސް މިދިޔަ އާދިއްތަ ދުވަހު އެދިފައިވެ އެވެ.
ސިވިލް ކޯޓުން މަހަލްއާ އެއްކޮޅަށް ހުކުމް ކުރުމުން މި މަހުގެ 2 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިހިވެލި ހިންގަން ދޫކުރި އެއްބަސްވުން ބާތިލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދު.
08 September 2021
ސޭވް ދަ ޑްރީމް އާއި ސޭވް ދަ މޯލްޑިވްސް އާއި މަހަލް އާ 3 ބައިމީހުންގެ ވާހަކަތަ މިދެކެވެނީ! ކަލޭމެން ރަންބުއްދިވަނީ ހިޔާ ފްލެޓް ވާހަކަ ލިޔާއިރު އެކަންޏެއް ނޫން ދޯ!
ސަންފު ރޮންޓް
08 September 2021
ރިސޯޓް މުވައްޒަފުންނަށް ހުސް ބަންގުލަދޭޝް މީހުން ބަހައްޓައިގެން ކެޓީ ކީއްތަ މިކު ރަނީ ދިވެހިންގެ ބިމެއްގަ މިގޮތައް ބޭރުބަޔަކަށް ކޯޓު އަމު ރަކާ ހިލާފަށް ނުތިބެވެނެ.
ދުލާލު ބާއީ
08 September 2021
ކަލޭ ކޮންވައްތަރު މީހާ. ކަލޭ ބޮރާބަރު ޖޭ ވަނީ ދޯ ދައްތާ މިތާ ހުންނަނީމާ. ދޮއްތާ ބޮރާބަރު އަހަރުމެން މީހާ ކައިރީ. އަހަރެން މައްސަލަ ނެތީ ދޮއްތާ މައްސަލަ ނެތީ ކަލޭ ކޮން މައްސަލަ.
އުދުހޭ
08 September 2021
ފުލުހުން މީ ކީއްކުރާ ބައެއް؟ ކޯޓު އަމުރު ނެރުނީމަ އެއަށް އަމަލުކުރަންޖެހެނީ ހަމައެކަނި އޭގައި އަބްދޫﷲ ޔާމީނު އޮތީމަތަ؟ އެހެންނޫނީ ގޮސް ބަލަހައްޓައިގެން ތިބީމަ ގާނޫނީ ވާޖިބް އަދާވީތަ؟
ގޮށި
08 September 2021
މިފަދަ ކޮންޓްރެކްޓް ދަމަހައްޓަން ބޭނުންނަމަ ފްރާންސް ގެ ކުންފުނިން ވަކިވަރަކަށް ފައިސާ ބެހެއްޓުމުން ކުރިޔަން ގެންދެވެންޖެހޭ އެންމެފަހުގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން. ވިންނުވެއްޖެނަމަ ބެހެއްޓިފައިސާ ކްލައިންޓަށް ލިބި އެގްރީމަންޓް ބާތިލްވެ ރަށުން ފައިބަން ޖެހޭނެ
ނާޒިމްސައްތާރް
08 September 2021
ފަރަންޖީ ދޮން މީހުން އައިސް ރާއްޖޭގެ ކޯޓުތަކަށް ގޮންޖަހައި ދިވެހިންގެ ބިމެއް ހިފައިގެން ނުފައިބަން މި ތިބީ. އަޅެފަހެ މިއީ ޓެރަރިޒަމެއް ނޫންތަ؟ މިއީ ކޮލޯނިއަލިޒަމެއް ނޫންތަ؟ މިއެއް ނޫންތަ އިސްތިއުމާރު ކުރުމަކީ؟ މިއީ ބަންގްލަދޭޝް ބަޔަކު ނަމަ ފުލުހުން އައިސް ތަޅާމަރައިގެން ވެސް މިހާރު ބޭރު ކޮށްފީސް.
ދޮންދައްތާ
09 September 2021
ހަމުގެ ކުލަ ދޮންވީމަ ނުކެރެނީ....
ތަންފީޒު
08 September 2021
ފުލުހުން ނުކުމެ އެބަ ޖެހޭ ސިވިލް ކޯޓުގެ އަމުރު ތަންފީޒުކުރަން
ފަރަންސޭސި
08 September 2021
ކެޓީ ކަލޭ ފައިބަންވީ.އެއްވެސް ކުއްޔެއް ނުދައްކާ ކޮން ގަދައެއް ވާކަށް.މިއީ އަހަރެމެންގެ ގައުމު.ފައިބާށޭ.
ފަރަންޓީ
08 September 2021
ކަލޯގަޔާ، މި ކޮމެންޓަށް ބިރުން ކެޓީ ފައިބައިގެން ހިނގައްޖެ، ވާވް!