ލައިފްސްޓައިލް / ގޫގްލް

އެންޑްރޮއިޑް ކަސްޓަމައިޒްނުކުރެވޭތީ ދެކުނު ކޮރެއާ އިން ގޫގުލް އަށް ބޮޑު ޖޫރިމަނާއެއް

16 ސެޕްޓެމްބަރ 2021 - 07:05

ފޯނު އުފައްދާ މަޝްހޫރު ކުންފުނި ސެމްސަންްގް ކަހަލަ ކުންފުނިތަކަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކަސްޓަމައިޒްނުކުރެވޭ ގޮތަށް ގޫގުލް އިން ހިފަހައްޓާފައި އޮންނާތީ ދެކުނު ކޮރެއާ އިން އެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކުރަން ނިންމައިފި އެވެ.

މިޑިއާތަކުން ބުނީ އެ ގައުމުގެ ފެއާ ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ގޫގުލް އިން ގެންގުޅޭ އެންޓި- ފްރެގްމެންޓޭޝަންގެ މައްސަލާގައި ޖޫރިމަނާކުރަން ނިންމާފައި ވަނީ 177 މިލިއަން ޑޮލަރުން ކަމަށެވެ. އެތަނުން ބުނި ގޮތުގައި އެންޑްރޮއިޑް ކަސްޓަމައިޒްނުކުރެވޭ ގޮތަށް ގޫގުލް އިން ގެންގުޅޭ އުސޫލުތަކާ ހެދި ހާޑްވެއާ ޕާޓްނަރުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.

އެހެންވެ ގޫގުލް އިން ގެންގުޅޭ ހަރުކަށި އުސޫލާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް ކަމަށް އެފްޓީސީން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ގޫގުލް އިން މިހާރު ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެންނަން މަޖުބޫރުވާނެ ކަމަށް ވެސް ބުންޏެވެ.

އެފްޓީސީގެ ޗެއާވުމަން ޖޯ ސަންގް-ވޫކް ވިދާޅުވި ގޮތުގައި ގޫގުލް އަށް އަޅަން ނިންމި ފިޔަވަޅަކީ ހަރުދަނާ ނިންމުމެއް ކަމަށާއި މީގެ ސަބަބުން މޮބައިލް އޯއެސްތަކާއި އެޕް މާކެޓްތަކަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ކަމަށެވެ.

އެފްޓީސީގެ ޗެއާވުމަން.

"މި ނިންމުމާ ގުޅިގެން ގޫގުލް ކަހަލަ ކުންފުނިތަކުން ޕާޓްނަރުންނަށް ކުރިމަތިކުރާ ޕްރެޝަރުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ވޫކް ވިދާޅިވޮ ގޮތުގައި ގޫގުލް އިން އަންނަނީ 2011 އިން ފެށިގެން މާކެޓްގެ ވާދަވެރި ކަމަށް ހުރަސް އަޅައި، އެ ކުންފުނީގެ ހަރުކަށި އުސޫލުތަކަށް އިގުރާރުވާން ހާޑްވެއާ ޕާޓްނަރުންނަށް މަޖުބޫރުކުރަމުންނެވެ. އެހެންވެ މިއީ އެކަން އެކަން ނިމުކަކަށް ގެންނަން ޖެހޭ ވަގުތު ކަމަށް ވިދާޅުވި އެވެ.

އެފްޓީސީގެ މި ނިންމުމާ ގުޅިގެން ގޫގުލް އިން ބުނީ ޖޫރިމަނާއާ ދެކޮޅަށް ތެދުވާނެ ކަމަށެވެ. އަދި އެކުންފިން އަމަލުކުރަމުން އަންނަ ސޮފްޓްވެއާ ޕޮލިސީ އަކީ ކުންފުނިތަކާއި ކަސްޓަމަރުންނަށް ވެސް ފައިދާވާ ގޮތަށް ކަނޑައަޅާފައި އޮންނަ އުސޫތަލުތަކެއް ކަމަށް ބުންޏެވެ.

"އެކަމަކު މި އުސޫލުތަކުގެ ސަބަބުން ލިބޭ ފައިދާ އާއި ކުރިއެރުންތައް ކުންފުނިތަކަށް އަންގައި ދިނުމުގައި އެފްޓީސީ އޮތީ ފެއިލްވެފައި،" ގޫގުލް އިން ބުންޏެވެ.

އެންޑްރޮއިޑް ކަސްޓަމައިޒްނުކުރެވޭ މައްސަލާގައި ގޫގުލް ޖޫރިމަނާކުރަން ނިންމި އަދަދަކީ އެފްޓީސީން މިހާތަނަށް ނުވަ ވަނަ އަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. އަދި 177 މިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާކުރަން ނިންމީ 2011 އިން ފެށިގެން މި އަހަރުގެ އެޕްރީލާ މަހައަށް ދެކުނޮ ކޮރެއާ އިން ކުންފުނި ހޯދި ފައިދާ އަށް ނިސްބަތްކޮށް ކަމަށް ވެސް އެފްޓީސީން ބުންޏެވެ.

އެންޑްރޮއިޑަކީ މި ވަގުތު އެންމެ މަގުބޫލުު އޯއެސް އެވެ. ސްމާޓްފޯންތަކުގެ 80 ޕަސަންޓް ބަރޯސާވަނީ ވެސް މިއަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454