ޚަބަރު / އަހުމަދު ނަސީމް، ހެލްތު މިނިސްޓަރު

މެތު އާންމުވެއްޖެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ!

މިނިސްޓަރު ނަސީމް:

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބާވަތް، މެތަޕެޓަމައިން (މެތު) ރާއްޖޭގައި މިހާރު އާންމު އެއްޗަކަށް ވެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެތަކީ، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތެކެވެ. އަދި ޑްރަގްސްގެ އެހެން ބައެއް ބާވްތްތަކާ ހިލާފަށް މެތު ބޭނުން ކުރުމުން މީހުން ބުއްދި ފިލައިގޮސް މޮޔަކޮށްލާ ކަމަށް ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މެތު އެހާ ގިނަވި ނަމަވެސް ރާއްޖެ އަށް އެ ބާވަތް ގެންނަނީ ކޮންތަނަކުން ކަން ވެސް އަދި ހޯދިފައިނުވާ ކަމަށެެވެ. ރާއްޖެ އަށް އެތެރާ ޑްރަގްގެ ވައްތަރުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށާއި ޓްރެފިކްކުރުން މިހާރު ވަރަށް ބޮޑަށް ތަފާތު ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ އެއްޗިހި މިހާރު މި އަންނަނީ ޔޫރަޕުގެ ގައުމުތަކުން. މެތު މިހާރު މިތަނުން މި ލިބެނީ ހަމަ ހިލޭ. އެ ކޮންތާކުން ސަޕްލައިކޮށްގެން އުޅޭ [އެއްޗެއްކަމެއް] އަޅުގަނޑަކަށް ނޭނގޭ،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރަގްގެ މައްސަލަ ހައްލުކުރުމަށް ޓަކައި، ރާއްޖޭގައި ހުރި ގާނޫނުތައް ތަންފީޒުކުރެވޭނެ މަގެއް ހޯދަން ޖެހެ އެވެ.

ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގެ މައުލޫމާތު މަޖިލީހަށް މިއަދު ދެއްވީ މިނިސްޓަރު އިސްނަންގަވައި އެކަމަށް އެދިވަޑައިގެން ހޯއްދެވި ފުރުސަތެއްގަ އެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ ބަަދަލުތައް ގެނައުމުގައި މަޖިލީހުގެ އެހީތެރިކަން ހޯދުމެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް ޓަކައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާއި، މިހާރުގެ ހާލަތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް، އޭނާގެ އަރިހުގައި މަޖިލީހަށް ދިޔަ ޓީމުން ހުށަހެޅި އެވެ.

ޕްރެޒެންޓޭޝަނެއްގައި ވާ ގޮތުން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާއްވަތްތައް ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. މީގެ ކުރިން ގިނައިން ބޭނުންކުރަނީ ގަސްގަހާޖެހިން ލިބޭ ތަކެތިން އުފައްދާ ބާވަތްތައް ކަމަށް ވިޔަސް މިހާރު ގިނައީ ސިންތެޓިކް މާއްދާތައް ބޭނުންކޮށްގެން އުފައްދާ މަސްްތުވާތަކެއްޗެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކާއި ސަރަހައްދުތައް ވެސް ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. ކުރީގެ ހޯދުންތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ މަސްތުވާތަކެތި އެތެރެކުރަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ. އެކަމަކު މިހާރު ޔޫރަޕްގެ ގައުމުތަކުން ވެސް މިހާރު މަސްތުވާތަކެތި އެެތެރެކުރެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި އިނގިރޭސިވިލާތާއި ނެދަލޭންޑްސް ހިމެނެ އެވެ.

އެ އެސެސްމެންޓުން އެނގުނު ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ ވެސް 2014 ވަނަ އަހަރާ އަޅާ ބަލާއިރު މިހާރު އޮތީ ވަރަށް ބޮޑަށް ފުޅާ ވެފަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ކަަމަށް 2014 ގެ ހޯދުންތަކުން ފެންނަން އޮތީ އުމުރުން 22-37 އަހަރާ ދެެމެދެވެ. އެކަމަކު މި އަހަރުގެ ހޯދުންތަކުން ދައްކާ ގޮތުގައި މަަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ވަނީ 17 އަހަރުން ފެށިގެން 68 އަހަރާ ހަަމައަށް ފުޅާ ވެފަ އެވެ.

41 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 21%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަންވިލާ ސެހޭ

16 September 2021

މެތަކީ، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތެކެވެ. ކޮވިޑް ޖެހުން ކަހަލަ ކަމެއްދޯ ތީ ލޮލް ، ބަލަގަ ކަލޯ މެން ކުރިކަމެކޭ ތީ މެތޭ ،ކެތޭ ތިކިޔަނީ

The name is already taken The name is available. Register?

ޖުއްބާ

16 September 2021

ތީ ރައްވެހިފަތިހުގެ ބޮޑު ކާމިޔާބީއެއްނު. ތިކަން ފާހަކޮއް ޖަލްސާއެއް ބާއްވަންވާނެ.

The name is already taken The name is available. Register?

ށަވިޔަނި

16 September 2021

އެއްވެސް ގައުމެއްގެ ވެރިން ތެދުވެރިނުވެ އެގައުމެއްގައި ހިނގާ ގޯސްތައް ނުހުއްޓޭނެ. ވެރިން ތެދުވެރިވެއްޖެއްޔާ ހުރިހާ ނުބައިކަންތައް ވަރަށް ދަށަށް ދާނެ. އެތަނެއްގައި އެއްވެސް ދީނެއް އޮތަސް ނެތަސްމެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި އަދުލުވެރިކަން ވެރިންގެ ކިބައިން ފެންނައިރަށް ހުރިހާކަމެއް ރަނގަޅުވާނެ. މިއީ އިންސާނިއްޔަތާ ގުޅިފަހުރިކަންތައް. އިސްލާމް ދީން އައުމުގެކުރިންވެސް މުޖުތަމައުތައް ދެކެފައިވާ ކަންކަން.

The name is already taken The name is available. Register?

ޢިސްލާމް

17 September 2021

ދުނިޔެއަށް ފުރަތަމަ އިންސާނާ ފޮނުވުނީ އިސްލާމް ދީނާ އެކު. ޢެހެންކަމުން އިސްލާމް ދީން އައުމުގެ ކުރީގެ އެއްވެސް މުޖުތަމަޢެއް ނޯންނާނެ. އަދި ތެދުވެރި ކަމާ އިންސާފަކީ އިސްލާމް ދީން އިންސާނާ އަށް ދަސްކޮށްދިން ކަންކަން.

The name is already taken The name is available. Register?

ހަސީ

16 September 2021

ވާނުވާ ނޭންގެންޏާ މަގާމުން ވަކިވޭ!!!!!!

The name is already taken The name is available. Register?

999

16 September 2021

ވީވީއައިޕީ ބަންދު ކުރަންފެނޭ

The name is already taken The name is available. Register?

ކަކުނިބޯ

16 September 2021

ނުބެލެހެއްޓެންޔާ ވާނީ ތިހެން. ބަޔޯޓެކްކިޔަވާގެން ރާއްޖޭގަ ވަޒިފާނެތިކިތައްކުދިން އެބަތިބި އޭގެ ކޮންމެ ކުއްޖަކީ ތިޔައެއްޗެއް އަމިއްލަޔަށް އުފެއްދޭފެންވަރުގެ ކުދިން. ދެން މައްސަލަޔަކަށް ވެގެން ތިއުޅެނީ އޭގެ އަގުހެޔޮވެގެން ކުރިން މަސްތުވާތަކެތި ވިއްކާގެން ފައިދާނެގޭ ވަރަށް ނުނެގޭތީ އެހެންނު ބަލަ.މިހަރު ކިތަކެތިން ފައިދާނެގޭ މިސާލަކަށް ޕީސީއާރ ޓެސްޓް، ހެލްތުގެ ޕްރޮކިޔުމަންޓުން ވެންޓިލޭޓަރ ފަދަ ތަކެތި އަދި ޑޮލަރ ހަބޭހެެއްނުންތޯ.

The name is already taken The name is available. Register?

ހައްލުއެބޮތް

15 September 2021

ހައްލު އޮތީ ދީނުގައި އެނގެން. އެނޫން ގޮތަކަށް މިކަމަކަށް ހައްލެއް ނެތް. ޒިނޭ ކުރުން ވެސް މިފަދަ... والله اعلم

The name is already taken The name is available. Register?

ޑރފަލަޑޭ

15 September 2021

މެތޭ މިކިޔަނީ މެތުސްއަށްތަ؟

The name is already taken The name is available. Register?

ބަނބޫ

15 September 2021

މެތުން ޗަކުރަބަތީ.

The name is already taken The name is available. Register?

މުހައްމަދު ބިން

15 September 2021

ކަލޭމެން ކުރަންއައި ކަންތައް ތިހަރެގެންވަނީއެއްނުން....ހިލޭލިބޭވަރު ދެން އަދިވެސް އިތުރުކޮށްދީ...

The name is already taken The name is available. Register?

ފަރޭ

15 September 2021

އްނެއްކާ ކޮންފަދަ އިޝްތިހާރެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454