ތުޅާދޫގެ މަގެއް. އެރަށުގައި އެއާޕޯޓް އެޅުމުގެ މަސަައްކަތް އޮތީ ބިޑް އިވެލުއޭޝަން މަރުހަލާގައި-- ފޮޓޯ: ތުޅާދޫ އޮންލައިން
16 ސެޕްޓެމްބަރ 2021 - 20:03
ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު އޮތީ ބިޑް އިވެލުއޭޭޝަން މަރުހަލާގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ތުޅާދޫ އެއާޕޯޓް އެޅުމުގެ މަޝްރޫ އާއި ސަރުކާރުން ހިންގަން ނިންމާފަިއވާ އެހެން މަޝްރޫއުތަކުގެ މައުލޫމާތު ރައީސް މިއަދު ވަނީ ތުޅާދޫ ކައުންސިލަށް ދެއްވާފައިވާ ކަމަށެވެެ. ރައީސް އެމައުލޫމާތު ދެއްވީ ތުޅާދޫ ކައުންސިލްގެ މެމްބަރުންނާ އެކު މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ތުޅާދޫ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ތުޅާދޫ ކައުންސިލުން ވަނީ ރަށާ ގުޅުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެގޮތުން، ތުޅާދޫގައި އިމާރާތްކޮށްފައިވާ 50 ހައުސިން ޔުނިޓް ދޫނުކޮށް ހުުރުމާއި ހަމަ އެ މަޝްރޫއުގެ ދަށުން އަޅަން ޖެހޭ އިތުރު 50 ހައުސިން ޔުނިޓްގެ މަސައްކަތް ލަސްވާ މައްސަލަ އޭގެ ތެރޭގައި ހިމެނެ އެވެ. ހައުންސން ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށް ފަހު ރަނގަޅު ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކައުންސިލުން ކަންބޮޑުވުން ފާޅުކުރި އެހެން މައްސަލަތަަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތުޅާދޫގައި އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނެޓްގެ ތެރޭގައި ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާހޭބޭނުމެއް
16 September 2021
ކޮބާހޭ ބޭނުމެއް ކޮންމެ ދެރަށުން އެއްރަށެއްގައި އެއާޕޯޓު އެޅުމުގެ. ލާރި ގިނަވެގެންތަ މި އުޅެނީ؟!
އެއަރޕޯރޓް
23 September 2021
ލާރި ގިނަވެގެނެއް ނޫން. މިއިން ކޮންމެ ކޮންޓްރެކްޓްއަކީ ކަޓު ނަގަން އޮތް ފުރުސަތު. އަދި ނުނިންމާ ދުވަސް ގަޑެއްކޮއްފާ، އުވާލީމާ، ކޯޓުތައްމެދުވެރިކޮއް ލާރިގަޑެއް ލޫޓުވާލެވޭނެ ގޮތައް ލިޔެފައި އޮންނަ އެގްރީމަންޓް ތަކެއް. ކީއްވެތަ އޮޅޭގޮތްތިވަނީ؟ ރާއްޖެއަކު ނޫންތަ ތިއުޅުއްވަނީ؟
ކޮށްދޭންޖެހޭތޭ
16 September 2021
މާލޭ ގޮނޑަކަށް ހަދާފައިވާ އިރު އަދި ސިވިލް ސާރވެންޓުންގެ މުސާރަ ބޮޑު ނުކޮށް ވާއިރު އަދި ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ނުކޮށްވާއިރު އަދި ރިސޯރޓްސް ތަކުން ދިވެހިންނަށް ވަޒީފާ ނުދީ ބޭރު މީހުންނަށް ބޮޑެތި މުސާރައިގައި ސަރުކާރުން ހުއްދަ ދީގެން ވާރކް ވިސާ ދޭއިރު މިކަންކަން ހައްލު ކުރަން ރައްޔިތުން ގޮވަމުން ދާއިރު މަޖްލީހުގެ އެންމެ މެމްބަރަކު ވިދާޅުވުމުން ރައްޔިތުން އެދުނު ކަންކަން ބޮލާލާ ޖަހާ ހަމަ އެކަނި މަޖްލީހުގެ މެމްބަރު ވިދާޅުވާ ކަން