ޚަބަރު / މީހުން މެރުން

ދެ މަރަށް 48 ގަޑިއިރު، އަދި މީހަކު ހައްޔަރެއް ނުކުރޭ!

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މާލޭގައި މިދިޔަ ހުކުރުދުވަހު ހިންގި ދެ މަރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލިތާ 48 ގަޑިއިވިއިރު ވެސް އެ މައްސަލައިގެ ތުހުމަތަށް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ހުކުރުދުވަހުގެ ހަވީރާއި އެ ރޭ ހިންގި ދެ މާރާމާރީގައި އެއް ކުއްޖަކު މަރުވީ ކަރަށް ފުންކޮށް ވަޅި ހެރުމުންނެވެ. އަނެއް ކުއްޖާ މަރުވީ ބުރަކަށީގެ ތިން ތަނަކަށް ވަޅި ހަރާލުމުން ފަރުވާ ދެމުން އަންނަނިކޮށެވެ.

މާލެ- ޖޫން 3، 2016- މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުގެ ސަބަބުން މަރުވި ފާތިރު މުހައްމަދު (ކ) އަދި އަހުމަދު އިރުޝާމް: އުމުރުން 14 އަހަރުގެ މި ދެ ކުދިން މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް.

ދެ ގޭންގަކުން ހިންގި "ބަދަލުު ހިފުމުގެ" މާރާމާރީގައި މުޅި މާލެ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. އެ މާރާމާރީއާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އައި ނަމަވެސް އެކަމުގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގާފައި ވަނިކޮށް، މާލޭގެ އެކި ސަރަހައްދުތަކުން ހައްޔަރުކުރި 18 މީހުންނަކީ އެކަމާ ގުޅުން ހުރި ބައެއް ނޫނެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައި ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެ އެންމެން ވެސް ދޫކޮށްލީ ބަންދުގައި ބައިތިއްބަން އެކަށީގެންވާ ހެކި ނެތިގެންނެވެ.

މާރާމާރީ ހިންގި މީހުން ހައްޔަރު ނުކޮށް ލަސްވާ ސަބަބާ ގުޅޭގޮތުން ފުލުހުން ކޮމެންޓެއް ނުކުރި އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. މާރާމާރީއާ ގުޅުން ހުރި މައުލޫމާތު، އެ ބައްދަލުވުމުގައި ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެއް ދުވަހެއްގެ ތެރޭގައި ދެ ކުއްޖަކު މަރާލި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ މަރާ ގުޅޭގޮތުން ވާހަކަ ފެތުރިފައި ވަނީ އެކި ގޮތަކަށެވެ. އެއް ބަޔަކު ބުނާގޮތުން ފުރަތަމަ ކުއްޖާ ގަޔަށް ވަޅި ޖެހީ ހިނގި ޒުވާބެއް ހޫނުވެގެންނެވެ. ދެ ސައިކަލުން ދިޔަ ބަޔަކު އޭނާ އަށް ހަމަލާދިނީ، ރާނބާ ރެސްޓޯރަންޓް ކައިރި، މަޖީދީ މަގުގައި ހުއްޓަ އެވެ. އޭގެ ފަހުން ބަދަލު ހިފަން އަނެއް ކުއްޖާ "ކަތިލީ" ގޭ ކުރިމަތީގައި ހުއްޓަ އެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ވަޅި ހެރުމާއެކު، ސަލާމަތްވާންގެން އޭނާ ގޭތެރެ އަށް ވަތް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. އެކަމަކު ހަށިގަނޑަށް ލިބުނު ޒަހަމްތަކާ ގުޅިގެން އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލައިފަ އެވެ.

ތިން ގަޑިއިރު ތެރޭގައި ދެ މީހަކު މަރާލާފައިވާއިރު، މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ މައްސަލާގައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މާލޭގައި މާރާމާރީތައް މި ފެށުނީ، ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު އެވެ.

4 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާމް

05 June 2016

ވެގެން އުޅޭގޮތް އެންމެ ރަގަޅަށް އިނގޭނީ ހޯމް މިނިސްޓަރު އުމަރަށެވެ. އުމަރު ވަނީ ހުދުވަލުގައި ހިފައިގެން ހުރެ މާޒީއިން ތަޖްރިބާ ލިބި މި ދުވަސް ފެންނާނެކަމަށް ވިދާޅުވެފައެވެ. ޔާމީނުގެ އަނެތް ފަރާތް އުމަރު ރަށްޔިތުންނަށް ސާފުކޮށްދީފައެވެ. އަހަރެމެން އެކަން ގަބޫލު ނުކުރީއެވެ. ނަތީޖާ މިދަނީ ފެންނަމުންނެވެ. ކިތައް މަރު! މަސްތުވާ ތަކެތީގެ ބޮޑެތި ކިތައް މައްސަލަ ޗޮކުން ދިޔައީ! ކިތައް މިލިޔަން ރުފިޔާފެ ހިޔާނާތް! ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބްރަތަކަށް ނުވޭތޯއެވެ.

The name is already taken The name is available. Register?

މޮޔަ

05 June 2016

މޮޔަމީހާ މެންނަށް ނުވިސްނިގެން މިއުޅެނީ މި ކުޑަ މާލޭގައި ގޭންގްތައް ހިތުހުރިގޮތަކަށް އުޅެމުންދާއިރު އެއިން ކުއްޖަކު ކުށެއްކުރަނިކޮށް އެއްކަލަ ހުށިޔާރު އެސްއޯ ކުދިންނަށް ނުފެނި ސަލާމަތްވާގޮތް. އެކަމަކު ސިޔާސީ މީހަކު ނިދަން އޮށޯންނަމުން ބާލީސް ދަށަށްލާ ތަވީދުވެސް އެ އެސްއޯ ކުދިންނަށް ހޯދޭ. މިއީ އަޖައިބެއްފަދަ ކަމެއް. މަގުމަތީގައި ކެމެރާތަށް ހަރުކޮށްފައިވާ އިރުވެސް ފުލުހުންނަށް ވާކަމެއް ހަމަ ހަރާން.

The name is already taken The name is available. Register?

އިންޞާފުވެރިޔާ

05 June 2016

ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގައި ގޭންގް ގްރޫޕް ހަދައިގެން އެގްރޫޕްތަކުގެ މީހުން ހިފާ ހައްޔަރުކުރާ ވާހަކަ މިދައްކަނީ. އަސްލުމީހާ ނަމުގައި ކުދިންކޮޅެއް ނިކުމެދާނެ. ބްރޯ ނަމުގައި ކުދިންކޮޅެއް ނިިކުމެދާނެ. މިފަދަ ކަންކަމަށް ހިތްވަރުދެނީ ދައުލަތުގެ އިސްވެރިން. އެންމެފުރަތަމަ ދައުލަތުގެ އިސްވެރިންގެ ކިބައިން މިކަންކަން އިޞްލާޙުވެގެން މާރާމާރީއާއި މަސްތުވާތަކެތި ހުއްޓުވޭނީ. ފުލުހުން ރައިޑްކޮށް ހައްޔަރުކުރަނީ ގޭންގް ގްރޫޕް ކުދިން. އެކުދިން ހައްޔަރުކޮށްފައި ބިރުދެއްކީމާ ފުލުހުން ނޫސް ބަޔާން މިނެރެނީ މިވެނި މަރަކާ ގުޅުމެއް ނެތޭ. ދެން ކީކޭތޯ މިކިޔެނީ.

The name is already taken The name is available. Register?

އަހުމަދު

05 June 2016

މީހުންމަރާ ފޭރި ވައްކަންކުރާ މުޖުރިމުން ހައްޔަރުކުރާނީ ކިހިނަކުންތޯ؟ އެޔައްވުރެ މާ ނުރައްކާތެރި ބަޔެއްގެ ކިބައިން ޤައުމު ސަލާމަތް ކުރަން ދިވެހި ސަލާމަތީ ޚިދުމަތްތަށް ނެރެގެން މިއުޅެނީ! އިއްޔަވެސް މިބުނާ ނުރައްކާތެރި މީހުން އުޅުނިއްޔޯ މާހެފުމެއް ހަފާލަން ހެދިކާ ހަދައިގެން! ހަމަ ކިރިޔާ މުޅި ރާއްޖެ ސަލާމަތްވި ފުލުހުން ގޮސް އެހެދިކާތަށް މަގަށް އަޅާނުލިނަމަ ލައްކައެއްހާ މީހުން މަރުވީސް !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454