ސުޕްރީމް ކޯޓު: އެ ކޯޓުގެ ނިންމުންތައް ބަލަން ޚާއްސަ އެޕްލިކޭޝަނެއް ތަރައްގީކޮށް، މިހާރު ވަނީ ބޭނުން ކުރަން ފަށާފައި --- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2021 - 10:47
ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ޚާއްސަ ވެބް އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކޯޓު އުފެދުނު ފަހުން މިހާތަނަށް ނިންމި ހުރިހާ ނިންމުންތަކެއް ބެލޭނެ ގޮތަށް ކޭސް ރިޕޯޓާ އެޕްލިކޭޝަނެއް ތަރައްގީ ކުރުމަށްފަހު އެތެރޭގެ ބޭނުންތަކަށް އެ އެެޕްލިކޭޝަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެން ދާއިރު، ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް އެ އެޕްލިކޭޝަން ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ އެޕްލިކޭޝަން ތަރައްގީކުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެހީއާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ ސުޕްރީމް ކޯޓުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރަން ކުރާ މަަސައްކަތުގެ ދަށުން ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެއް އަހަރު ތެރޭގައި 225 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެ މުއްދަތުގައި 369 އަޑުއެހުމެއް ބޭއްވި އަދި 90 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތުގައި ވެސް ހުއްޓުމެއް ނެތި ޝަރީއަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިޔަ ކަމަށާއި އަދި ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ގަވާއިދު މިދިޔަ އަހަރު ބަދަލު ކޮށްފައިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންޒުކަރު
19 September 2021
ކޮމެންޓު ޖަހަނީ ވަކި މީހަކު ކަން ކަށަަވަރުކޮށްފައިތޯ؟ މިހާރު ނޫހުން ؟
ވެބް ބެ
18 September 2021
ދެން ކޮބާޔޯ ތި ވެބް އެޕްލިކޭޝަނަށް ކިޔާ ނަމަކީ؟؟
ޔައުނީ
18 September 2021
ނިމިފައި ހުރި ހުރިހާ މައްސަލައެް ބަލަން ރައްޔިތުން ށައުގުވެރިވާންވީ ތިއީ ދުނޔޭގެ ސްޕްރީމް ކޯޓްތަ ކެކެކެކެ