ހުޅުމާލޭގެ ހައިވޭގެ ފެންސް ފަޅާލައި ކާރު ވަދެފައި.
20 ސެޕްޓެމްބަރ 2021 - 16:32
ސިނަމާލޭ ބްރިޖު ހުރަސްކޮށް ހުޅުމާލެ އަރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ވަކިކުރަން ޖަހާފައިވާ ފެންސް ފޫއަޅުވާލައި މިއަދު ކާރު އެކްސޑެންޓެއް ހިނަގައިފި އެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، ފެންސް ފޫ އަޅުވާލައި ކާރު ވަދެ، މޫދަށް ނުވެއްޓި އޮތީ ކިރިޔާ އެވެ.
އެ އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
21 September 2021
ތިއީ ޓެރަރިޒަމްގެ އަމަލެއް. މީހުންގެ ފުރާނަޔަށް ބެލުމެއްނެތި ނުރައްކާތެރިކޮށް ދުއްވުމަކީވެސް ޓެރަރިޒަމް މަގޭ މާނައިގައި. އެކަމަކު ލާދީނީ މީހުންގެ މާނާގައި ހަމައެކަނި ޓެރަރިޒަމަށް ވާނީ ތުނބުޅިލީ މުސްލިމު ނަމެއްކިޔާ މީހަކު ލާދީނީ މީހަކަށް ނުވަތަ ބަޔަކަށް ކުރާކަމެއް.
ކޮރަލް
21 September 2021
ޕްރައިވެޓް ކާރެއް ނަމަ މައްސަލަ ނުބެލޭނެ އެވެ. ވިޔަފާރި ވެރި އެއް ނޫނީ ސިޔާސީ ބޮޑު މީހެއްނަމަ މައްސަލަ ނުބެލޭނެ އެވެ. ކުއްވެރި ވާނީ ކާރެވެ.
މެސީ
20 September 2021
ތި ކާރުގެ ވަނަވަރު ޑްރައިވަރުގެ ވަނަވަރު ނޫސްތަކުގަ ޖަހާލަބަލަ
ރަ×ޒީ
20 September 2021
މިމީހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ވަނީ ފެއިލްވެފައި.. 100 އަށް ވުރެ ބާރުގައި ތި ގުރޫޕުތައް ދުއްވަނީ. ކިރިޔާ މިސްޓޭކެއް ހެދުނަސް މަގުމަތިން މީހެއްގެ ފުރާނަ ދިއުންވެސް އެހާކައިރި. އަދި މިހާރު ސައިކަލު ލޭނުގައި ސައިކަލްތައް ހުއްޓަސް ސައިކަލުގެ ވައަތް ފަރާތުންވެސް ކާރު އެބަ އޯވަޓޭކްކުރޭ.
ރޯނު
20 September 2021
ފުލުހުންތޯ ފޭލްވީ ! ސްޕީޑް ލިމިޓް ބަލަހައްޓާ ހުއްޓުވައި ޖޫރިމަނާ ކޮއްފިނަމަ ރައްޔަތުން ފެލަނީ ސަރުކާރު ފޭލްވީ އިސްތިިއުފާދޭންވީ ފުލުހުންގެ ބލާ ބޮޑުވީ ދުއްވާލަވެން ނޯވޭ މިނިވަންކަން ގެއްލުނީ އަހުރެމެން ރައްޔަތުން ހޭއަރަންވީ ތަހުޒީބުވާންވީ އަދުލުވެރިވާންވީ ސައިކަލް ޕާކުރަނީ ގޯޅިކަންމަތީ ވަރިހަމަ މަގުބެދުނަސް، ބޯލާ ދަޅު ފެންފުޅި އެއްލާލަނީ މަގުތަކަށް.ދިވެހިން.
ހޭއަރާބެ
20 September 2021
ހޭ ހުސްވެގެން ވިޔަ ކާރު ދުއްވަނީ ، ފެން ވާނީ ތިޔަހެން ، އެއްވެސް މީހަކައް ގެއްލުމެއް ނުވާށި
ޖުހާނާ
20 September 2021
ހޭ ހުސްވެގެން ދުއްވަނީ ކާރު އެކަންޏެއް ނޫން. ހޭ ހުސްވެގެން ސައިކަލް ދުއްވާ މީހުންވެސް އުޅޭ.
ސަލަފު ފާތުމަ
20 September 2021
ސެކުއުރިޓީ ފެންސް ތިހާ ފަސޭހައިން ފޫ އަޅުވާލުމުން ވެލާނާ އެއަރޕޯޓްގެ ސެކިއުރިޓީ އާ މެދު ސުވާލު އުފެދޭ.
ޅަބޭ
20 September 2021
ރަގަޅު.
ސިފާޒު.
20 September 2021
އައްޑޫ ލިންކު ރޯޑު އެކައްޗަކަށްވެސް ނުވިދޯ؟ އެކަމަކު ކުރިން މާލޭ މީހުން އައްޑޫގެ ލިންކް ރޯޑާއި ބެހޭ ގޮތުން ހާދަ ވަރަކަށް ފަޑު ކިޔައޭ. މިހާރު ދެން އެމީހުން ކިޔާނީ ކީކޭބާ ؟
ފުތު
20 September 2021
އެ ގޮތަށް ދުއްވަނީކީ މާލޭ މީހުންނެއް ނޫނޭ ކޮއްޔާ! މާލޭގައި މިހާރު މާލޭ މީހުން ވަރަށް މަދުވާނެ. ގިނަވާނީ "އަތޮޅު ތަކާއި ބަންގާޅު ބޭފުޅުން" މަގު މައްޗަށް ބަލާލީމާ އަދި އުޅޭ ގޮތުން އެނގޭނެ އިންފީރިއަރިޓީ ކޮމްޕްލެކްސްއެއް ހުރެގެން ތެޅި ބާލަނީ ކޮން ބައެއްކަން.
ފިސާޒު
21 September 2021
އެއީ ފުރަމާލޭ ބޭފުޅުންނޭ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ފުރަމާލެ ފިޔަވައި ރަށްފުށަށް ނިސްބަތްވާ މީހުން، ޚާއްޞަކޮށް އައްޑޫ ހުވަދޫ، ފުވައްމަލަކު މީހުންނަކީ ފަސްކުޅަނދު މަދު ބައެއް. އެބޭފުޅުންގެ ހިއްޕުޅަކަށް އަރާވަޑައެއްނުގަންނަވާ އެވިދާޅުވާ ފުރަމާލެއެއް މިއަދު މިފެންނަ ފުރަމާލެއަކަށް ބަދަލުވީ އެދެކެވަޑައިގަންނަވާ ފަސް ކުޅަނދު މަދު މީހުންގެ ފުށުން ކަމެއް
ހަސަނު
20 September 2021
ތި ވާނީ ހުޅުމާލޭގައި އުޅޭ ގޭންގު ކުދިން ކޮޅަކަށް. އެމީހުންނަށް ނުވާނެ އެއްވެސް ކަމެއް...
ބުއްދާ
20 September 2021
ހަމަ ވެެދާނެދޯ ދުންވަން އިން މީހާއަށް ކަމެއްވީކަމައްވެސް. ދިވެހިން އަބަދުވެސް އެއްމެ ފުރަތަމަ ވިސްނާނީ މީހަކު ގޯސްކޮއްލެވޭތޯ. މިކަން އަހަރެމެންގެ ޖީލުތަކުން ފިލުވާލަން އެބަޖެހޭ. ޕީސް!