ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން: ސަލްމާން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/އޭއެފްޕީ
23 ސެޕްޓެމްބަރ 2021 - 14:56
ސައުދީ އަރަބިއާގެ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށްޓަކައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން އިއުލާނު ކޮށްފި އެވެ.
ސަލްމާން މިސްކިތުގެ މަސައްކަތް ނިމިފައި ވިޔަސް، އެ މިސްކިތް މިހާތަނަށް ހުޅުވައިފައެއް ނުވެ އެވެ. މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އަންނަން ކުރިން ހަމަޖެހުނަސް، އެކަން ވަނީ ފަސްކޮށްފަ އެވެ.
ރާއްޖެ އިން ސައުދީ އަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޚަލީލް ސައުދީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ސަލްމާން މިސްކިތަކީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ވުމުގެ އިތުރުން އެއީ ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭނެ ބިނާއަކަށް ވާނެ ކަމަށެވެ. އަދި އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި ސައުދީގެ ވަލީއަހުދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޚަލީލްއާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަކީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި އެންމެ ބާރުގަދަ މުއައްސަސާތައް ހިންގަވާ ބޭފުޅާ އެވެ. ވަލީ އަހުދުގެ މަގާމަށް އޭނާ އައްޔަން ކުރެއްވި ފަހުން މިހާތަނަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވަ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ ސައުދީގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ރާއްޖެ ވަޑައިނުގެންނެވޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާދިރަތު
24 September 2021
ދުވާލު އިރު ފަދައިން އެނގޭ ވަލީއަހުދު ނާންނާނެކަން، ސަބަބަކީ މިސަރުކާރުން މިސްކިތް ހުޅުވަމުން ޔާމީނަށް ތަޢުރީފު ކޮށް ވާހަކަ ދައްކަން ޖެހޭނީ،، އަނެއްކާ ވަލީ އަހުދު ޔާމީނަށް ވަރަށް ތަޢުރީފް ކުރާނެ، އެހެންވީމާ މިސަރުކާރުން މިކަހަލަ ގަޅިއެއް ނުހަދާނެ. ފަހަރެއްގަ ނަމާދު ކުރަން ރައްޔިތުންނަށް އޯޕަން ކޮށްލަފާނެ.
މިނިމަލް
24 September 2021
ދެން ތި މީހަކު މާލެ އަރުވާ ދުވަސް އެއީ މި މާލޭގަ އުޅެން ދަތި ވާނެ ދުވަހެއް، މުޅި މާލެ މަގު ތައް ބަންދު ކުރާނެ، މި ކުޑަ މާލެ ދިރިއުޅޭ ރައްޔިތުންނަށް އުޅެން ނުކުޅަދާނަ ވާނެ، މިނޫން ގޮތެއް ނެތް.
އިބޫ ޒާ
24 September 2021
ކަލޯ ތިތަނުގައި ނަމާދު ކުރެވޭނެ ގޮތް ހަދައިދީ ، އަހަރެމެންނަށް އެނގޭ ވަލީ އަހުދު ރާއްޖެ ނާންނާނެ ކަންވެސް ، މީ ކަނޑައެޅިގެން ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ކިޔާ އެއްޗެއް، އެހެން ނޫނަސް މިސްކިތް ހުޅުވަމުން ސޯލިހު ކިޔާ ރައީސް ދައްކާނީ ކޮން ވާހަކައެއް ތޯ؟ މިސާލަކަށް މިސަރުކާރުން އެއްވެސް އިރެއްގައި ނޮވެމްބރ 3 ފާހަގަ ކުރިތޯ؟ ނުކުރާނެ ، ސަބަބަކީ ރައީސް ދައްކާނީ ކޮންވާހަކައެއްތޯ؟ ބަފާބެއާ ދިމާލަށް ބާޤީ އޭ ބުނަން ކެރޭނެތޯ؟ ނުކެރޭނެ، ވަލީއަހުދު ސޭ ނޯ
އަސްލލަންޓޭ.
23 September 2021
ކިންގް އަށް ދަންނަވައިގެން ހަނިމާދުއާއި އައްޑޫ ގަން ތަރައްޤީ ކުރަން 50 އަހަރުން ދައްކާގޮތަށް އިންޓެރެސްޓް ފުރީ 3 ބިލިޔަން ޑޮލަރުގެ ލޯނެއް ހަމަޖެހޭތޯ ބަލާބަލަ. އޭރުން ސޯލިޙްގެ އިންތިޙާބަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި މި 2 ސަރަޙައްދުގެ ވޯޓު ލިބޭނެ. އެކަމަކު ސޯލިޙްވެސް އެދޭނީ ކ.އަތޮޅު މާލޭގެ ކޮންމެވެސް ކަމެއްކޮށްދިނުމަށްކަން ކަށަވަރު.
ށަވިޔަނި
23 September 2021
މިސްކިތް ހުޅުވައި ނަމާދުކުރެވުނީމަ ނިމުނީ. ހުޅުވާ މީހަކު ބަލާކަށް ނުޖެހޭ. ޑިޒައިން އެހާކަމަކު ނުދޭ.
ޑަވިޔަނި
23 September 2021
ޑިޒައިންވެސް ބަލާކަށްނުޖެހޭ. ނަމާދުކުރީމަ ނިމުނީ.
ޙަބީބު.
23 September 2021
އުފާވެރިހަބަރެއް ޔާ މިނާ އިބޫ ގުޅެންވީ އަންނިޔާ މައު މޫނާ އަނެއްފަޅިޔައްލާންވީ އެއީ ދެންވެސް ކިރިޔާ ގައު މުސަލާ މަތް ވާނެ ގޮތަކީ
ކޮމެންޓޭ1
23 September 2021
ވާވަރަށް ލާރި ދިނީމަ ގުދަން ޓިނު ޖަހައިން މިސްކިތް އަޅާފަ ވަލީ އަހުދު ގެންނަން ލަދުވެސް ނުގަނޭތަ. އަދިވެސް އޭނަ ގެނެސްގެން ލާރި ކޮޅެއް ދަމައިގަނެވޭތޯ. ކޮންމެސް ކަހަލަ ލަދެއް ހަޔާތެއްވެސް ހުންނަން ވާނު
ނޭނގުނޭ
23 September 2021
ކޮންބައެއްގެ ވާހަކަތަ ތިޔަ ދައްކަނީ؟
އިބޫއޯކޭ
23 September 2021
ސަލްމާން މިސްކިތް ހުޅުވުމަށް ވަލީއަހުދު ވަޑައިގަންނަވަން ނިންމެވުމަކީ ވަަރަށް ރަނގަޅު ފާލެއް! މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ބޭރުގައުމުތަކުން ބޮޑުތަނުން ބަލައިގެންފި!
ވައްގާވައްގާ
23 September 2021
ސައޫދީ ރަސްގެފާނު ވަޑައިގައްނަވާކަމުގައި ވާނަ ތިމިސްކިތް ނުހުޅުވި ކިތެއްމެދުވަހެއްވިޔަސް އެއީއަކީ އެއްވެސް މައްސަލައެއް ނޫން. ސައުދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމުން ލިބޭނެ ފައިދާގިނަ.
ޖަމަލު
23 September 2021
އެހެންވީމަ މުހިއްމީ އެތަނުގައ ނަމާދު ކުރެވުމެއް ނޫން ދޯ.
ރަންނަ
23 September 2021
ނަމާދު ކޮންމެ މިސްކިތެއްގަ ކުރިޔަސް ގަބޫލު ކުރައްވާނެ އަދި ސަވާބު ވަކި މަދެއްވެސް ނުވާނެ. މިހާރުވެސް ޖަމާއަތަށް ފުރޭ މިސްކިތް މަދީ
ޖަމީލުބެ
23 September 2021
الحمد لله