ފްލައިން ސްކޫލްގެ މައްސަލަ އަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއްވެސް ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައެއް
23 ސެޕްޓެމްބަރ 2021 - 18:38
އައްޑޫ ފްލައިން ސްކޫލް ހިންގަން އެވިޑް ކޮލެޖުން ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އަނެއްކާވެސް ދަރިވަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.
ގަމުގައި ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެއޮރޮނޯޓީކްސް (އޭއޭއޭ) އާއި އެވިޑާ ދެމެދު ޖޫން މަހު ހެދި އެއްބަސްވުން ބާތިލުކުރީ މިދި ހަފުތާގަ އެވެ. އެ ކޮލެޖުން ފްލައިން ސްކޫލް ހިންގަން ހަވާލުވުމުން ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު މައްސަލަ އަށް އެކަށީގެންވާ އަލިމަގެއް ނުހޯދި އުޅެނިކޮށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުން ބާތިލުކުރުމުން ދަރިވަރުން މިހާރު އަނެއްކާ ވެސް ތިބީ ވާނުގަ އެވެ.
ފްލައިން ސްކޫލްގެ ދަރިވަރަކު ބުނި ގޮތުގައި އެވިޑާ އެކު އުންމީދުތުތަކެއް އާވި ނަމަވެސް އެ ހުރިހާ ކަމެއް ވެސް ދިޔައީ ފަނުފުލުންނެވެ. އެހެންވެ ދަރިވަރުން މިކަން ސިފަކުރަނީ އެ މީހުން އަނެއްކާ ވެސް ގޮތްހުސްވެ "މަގުމަތިވުމުއްގެ" ގޮތުގަ އެވެ.
"ވަރަށް ވެސް ބޮޑު ހިތްދަތިކަމެއް. އަހަރެމެންނަށް މިއޮތީ ޖޮއިންވި ފަހުން ބޮޑު ބޮލުގެރިހުމަކާ ކުރިމަތިވެފައި. ބޮޑު ހޭދަކޮށްފައި ހަދާ ކޯހަކަށް ޕައިލެޓް ޓްރޭނިން ކޯސްވާތީ ވާނުވާ ނޭނގޭ ގޮތަށް ކަންކަން ކުރިމަތިވުމަކީ މާލީ ގޮތުން ވެސް އުފަލަން ޖެހިފައިވާ ބޮޑު ބުރައެއް،" ދަރިވަރަކު ބުންޏެވެ.
ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު ފަޒީލް.
ދަރިވަރުންތަކެއް ބުނި ގޮތުގައި ފްލައިން ސްކޫލާއި އެވިޑާ ދެމެދު ހެދި އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވައިލުމާ ގުޅިގެން ދެން މިކަމަށް އަނެއްކާވެސް ހައްލެއް ހޯދައިދޭން މެނޭޖްމަންޓްގައި ވާނީ އެދިފަ އެވެ.
މިކަމާ ބެހޭ ގޮތުން ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެވިޑަށް ކަންތައް ދިމާވި ގޮތުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ވަރަށް އަވަހަށް ރަސްމީކޮށް ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވި އެވެ.
އެވިޑުން މި މަހުގެ 18 ގައި އެއްބަަސްވުން ބާތިލުކުރީ ފްލައިން ސްކޫލް ހިންގަން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ހަރަދުތަކެއް ވެސް ކުރުމަށް ފަހު އެވެ. އެވިޑުން އެއްބަސްވުން ބާތިލުކުރަން ނިންމީ އެކަމަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާތަކުން ލިބެން ޖެހޭ އެއްވެސް އެހީތެރިކަމެއް ނުލިބި އެއްބަަސްވުން ބާތިލުކުރުން ނޫން ގޮތެއް ނެތިގެންނެވެ.
އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދު ވެސް ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބި، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވެން ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ކިޔެވުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކޮށް، ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ފައިސާ ވެސް ހަރަދުކޮށްފައިވެ އެވެ. އޭއޭއޭ އިން 2010 ގައި ގަމުގައި ހިންގަން ފެށި ފްލައިން ސްކޫލްގެ މަސައްކަތް ފެށި ފަހުން އެތަނުގެ މައްސަލަތައް ބޮޑުވެ، އެކަމުގެ ގެއްލުން އަބަދު ވެސް އެންމެ ބޮޑަށް ކުރިމަތިވާ ބަޔަކީ ދަރިވަރުންނެވެ. ނަމަވެސް މިކަމަށް މިހާތަނަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ ހައްލެއް ހޯދައި ދީފައި ނުވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭބޯނާރާ
24 September 2021
ދަންނަވަންތޯ ތިޔައީ ރާއްޖެއިން ފޮހެލަންޖެހޭވަރު ބައެއް. އެއްވެސް ވަރަކަށް ދިވެހި ކިޔަވާ ކުއްޖަކަށް ހަމްދަރުދީވާނަމަ ތިހިރަ ފަޒީލެއް ދިވެއްސަކަށްވެހުރެ ނުވަންނާނެ ތިބައިގަނޑާ ގުޅޭކަށެއް!
ސައުދީގެ ސިޔާސީ އަޅަކައް ވީތީވެ އުފަލުގަ!
24 September 2021
މިގައުމުގަ މަގުމަތި ނުވަނީ ކޮންބަޔެއް؟ އިމިގްރޭޝަން ގެ ވަގުން ގިނަކަމުން ބަންގާޅީން މަގުމަތިވެފަ. ސިޔާސީ ކޮންޓްރެކްޓް ތަކުން ސަލާމަތް ނުވެވި ގައުމު ދަރަނިވެ ސަލާންޖަހަނީ. ކޯޓުތަކުން ކުރާ އެއްވެސް އަމުރުތަކަކީ އިންސާފެއް ނޫންކަން އަދި ވަކި ބައެއްގެ އެންގުމައް ކުރާ ކަން އެންމެނައް އިނގޭ؛ އާންމުން އިންސާފުގަ މަގުމަތިވެފަ! ޑްރަގް އައްޑާ ތައް ބަންދުވެ މެތު ޓަަނުޓަނުން މަގުމަތި ވެފަ! އިލްމު އާއި އުނގެނުން، މާކުރީއެސުރެ ހޮހޮޅައެއްގަ ބަންދުވެފަ!
އަލީ އާރިފް
24 September 2021
ތަޢުލީމީ ދާއިރާއިން މިހާތަނަށް ދަރިވަރުންތަކެއް މަގުމަތިކޮށްލި ބަޔަކީ ތިޔަ އޭޝިއަން އެކެޑެމީ އޮފް އެއިރޮނައުޓިކްސް. އަދި މި މީހުންނާ ގުޅެން އުޅުނީވެސް ހަމަ އެފަދަ ބައެއް. ވަގު ސެޓްފިކެޓް ވިއްކާ އެވިޑް ކޮލެޖް. އެހެންނު ވާނީ ލަނޑަޔާ ވާނީ ލަނޑަޔާ ވިއްޔާ! ސަރުކާރުން ކަމެއްކޮށް ނުދީގެނެއްނޫން އުޅެނީކީ، ހަމަ ޖާހިލު ކަމުން. އެތައް އާއިލާއެއް ދަރަނިވެރި ކޮށް މަގުމަތިކޮށްލީ ހަމަ ތިމީހުންތައް!
ހޭބޯނާރާ
24 September 2021
ސަތޭކައިގެ ވާހަކައެއް. ދިވެހިރާއްޖޭގެ ސަރުކާރުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިކުދިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަދޭން އެބަޖެހޭ. ވީހާވެސް އަވަހަކަށް ހުޅުވަން ބުނި ގައުމީ ފްލައިން ސްކޫލު ހުޅުވާ އެކުދިން ނިންމަދޭން މަސައްކަތް ކޮށްދޭނެކަމަށް އުއްމީދު ކުރަން. ސަރުކާރަށް މިކަން ކޮޅެއްގަ ނުޖެހުނިއްޔާ މުޅި ސަރުކާރު ފޭލްވީ އިނގެތޯ
ޢުގެއިލް
24 September 2021
ކޮއްކޯ ހަމަޖެހޭ ވާހަކަ ދައްކަބަލަ ޒާތީވިޔަސް ތީބޮޑުވަރު މައްސަލަޔަކީ ތިޔެއްނޫން މައްސަލަ އެނގިހުރެ ހަގީގަތް އޮޅުވާލުންތީ ދެރަކަ މެއް ތިތާކު ތިކަ މެއްނުވާނެ ތިތަންވީ އުވަލަން ކޮން މެސް އެހެންރަށަކު އޭސިޔަން އެކަޑަ މީން ތިކަން ކުރަންފަށަންވި
މުހައްމާ
23 September 2021
ކުރިން ކީ ތި ސްކޫލުގެ ލައިސަންސް ބާޠިލް ކުރަން. އެކަމަކު އކަން ކުރާ ހިސާބަށް ދިޔައިރު ވެސް ސަރުކާރަށް އިތުރު ބަޔެއް ނުގެނެވުނު. ހުއްދަ ބާޠިލް ކޮށްގެން ވީ ކަމެއް އެބަ އޮތްތަ؟
އޮނަރަބްލް އަފީފު ދީދީ
23 September 2021
ޙާލަތު މިހާހިސާބަށް ދިއުމުން އައްޑޫގެ ކަންކަން ނިންމާނެގޮތް ކަޑައެޅުމަށްޓަކާ "ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިގެންވާ ބާރުވެރިކަން ބޭނުންކޮށް" އައްޑޫ ރައްޔިތުން ނިންމާގޮތް ސަރުކާރަށް އެންގުމަށްޓަކާ "ނެއްޓިގަންނާނީތޯ ނޫނީ މިނޭއްގާނި ޖެއްސުންކުރުމުގެ ތެރޭގައި ތިބޭނީތޯ" ނިންމުމަށް އައްޑޫ ރައްޔިތުންގެ ރެފަރެންޑަމް ވޯޓަކަށް މޭޔަރު ގޮވާލައްވަންޖެހޭ. # ތަފާތު ބޮޑުވެގެންގޮސް "އަހަރުމެންނަކީ ދިވެހިންތޯ ސުވާލު އުފެދޭހިސާބަށް" މިހާރު ކަންތައްތައް ހިގައްޖެ.
ބޮޑުމީހާ
23 September 2021
މީކީ ސަރުކާރެއް ނޫން. ސީދާ ކޮރަޕްޝަނާއި ފަސާދަ އުފަައްދަން އުޅޭ ބައެއް. މިމީހުންނަށް ހައްލުކުރެވުނީ އެކުވެރި ކުންފުނިތަކަށް ބަދަލު ދިނުން އެކަނި
ޙަބީބު
23 September 2021
މަމިކިޔަނީ އައްޑޫގަ ތިކަންކުރުން ހުއްޓާލާފަ ނ މާފަރުގަ ކޮން މެސް އެހެންބަޔަކު ލައްވާ ތިކަންކުރަން ހިނގާށޭ ތީ ހަރަދު ދެކޮޅު ޖެއްސޭވަރައްވުރެ މާދުރުގަވާ ތަނެކޭ ދެންވެސް މަގޭބަސްއަހާ އައްޑޫގަ ތިފަދަ ކަންކަން ނުކޮއް ދަނޑުވެރިކަ މައް އައްޑޫގެ ބިންބާއްވާފަ މީހުންވެސް ލ އަތޮޅައް ބަދަލު ކޮއްކާ
ނާޒިމް މުއްޓި
24 September 2021
އައްޑޫގަ ހުރެގެން ނުވަތަ ތުރާކުނުގަ މާރަންދޫގަ ހުރެގެނެއް ނޫނޭ މިކަން ނުވެގެން މިއުޅެނީ. ތިޔަ ސްކޫލަކީ ހަމަ ސީދާ ވޯރާ ވިޔަފާރިވެރިންގެ ތަނެއް. ނުފޫޒުން އާރާއި ބާރުން މިހާރުވެސް އެތިބީ ނިކުންނަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރުމުންވެސް ގަދަހަދާލާފަ. ނިކަމެތި ކޮށްލީ އެެތަކެއް ދިވެހި ދަރީންނެއް. ލިބުނު ގެއްލުމުގެ ބަދަލު ނުދެވޭއިރު އެޑްވާންސައަށް ދައްކާފައި ހުރި ޑޮލަރުކޮޅުވެސް ނުދިން ގައްދާރު ބައެއް.
ސޯމ މާލިޔާ
24 September 2021
ވަރައްތައީދު ތިޔަ ކޮ މަންޓައް ތިތާކު ތިކަ މެއްނުވާނެ އައްޑޫ ބޯހިލަ މިހުން ގޮތްދޫކޮއްގެން ކަންކަންވާނީ މާގައްޑާވެލާފަ އުޅެގެން މިޒަ މާނަކު ތިކަ މެއް ނުވާނެ އިނގިރޭސިން ނޭރިނަ މަ ހުސްފައިގަ އަދިވެސް އުޅެނީ ތަކަންދޫ މާރަންދޫ މާބޮޑައްވެސް މިހުންގެ އަހުލަގާ ދިރިއުޅުންވެސް މާ ފެންވަރު ރަނގަޅުވާނެ ކަ މެއްވާއިރައް ތަކަންދޫ މަރަންދޫ އެއްނޫނޭ ތިޔަކިޔަނީ މިސާލު ނަގަންވެސް ނެނގޭބައެއްތީ އިންޑިޔާގެ އަވށެއްތީ ރީތިވެއްޖެނު
މުސަޅޭ.
24 September 2021
ކ.އަތޮޅު މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށްވެސް ހުއްޓާ މިކަން އައްޑޫގައި ކުރަމުން އަންނަތާ ކިހާ ދުވަހެއްވެއްޖެކަން ހަބީބު އަށް އިގޭތަ ؟ ދިމާވެގެން އުޅެނީ މާލޭ ސަރުކާރު ނުވަތަ ރެގިއުލޭޓު ބޮޑީ ތަކުން ކުރާންޖެހޭ ކަންކަން ނުކުރުމާއި ސަރުކާރުން ނާއި އެފަދަ ފަރާތް ތަކުން މިކަންކަން މޮނިޓަރ ކޮށް ނުބެލެހެއްޓުމުން ދިމާވި ކަންކަން.
ާނެކްސްޓް
23 September 2021
އެކަކު އަނެކަކާ އެއްޕާޓީވިޔަސް ހެޔޮ ކޯޅިކޯޅި ތިއްބާ މިއޮއްއޮޔާދަނީ ޕާޓީތަކަށް ވަރަށް ސަލާން ހުރިހާގޮތެއްވެސް ހެޔޮ ވެެރިކަން
އައްޑޫ
23 September 2021
ތިޔައީ އައްޑޫ ގެ ކަމަކައްވީމަ ސަރުކާރަށްވެސް އުޅެއުޅެ ތިކަންނުވެގެން މިއުޅެނީ.
ނަދީމް އ
24 September 2021
މަކީ އައްޑޫ މީހަހް ކަލޯ ދޮނާ ފުތާ ކަނބުލޯ. ކޮންމެހެން އައްޑޫއަށް ވެގެނަށް ނުން ތެކަން ކެޑަކި ނިޖެހިގެން ހިނގަނީ. މަ މިއެނީ ތެކަންތެތި ވަރަށް ރަނގަޅާއް ކަވެރިން ބަލަމުން. ތެވެރިންނަކީ މި ދިވެހިރާއްޖޭ ބާއް ހެއުވަރަ ބާކިޔައް ނުނާ. ތެވެރިން ބޭރަކޮށްލާއި އެހެން ބާކިން ލާގެން ތެކަން ކެޑެފެހޭ މާ ހެއުވޭހެއް. ތެތަނި އައްޑޫއަށް ނިސްބައްވޭ ކަލޯމެންނަސް މަދައްނުން. ހުށުހެެއި އެންމެންނަށް ރަނގަޅާއް ތެވެރިން ބޭރަކޮށްލާއި އައުބާކިންނަށް ފުރުސަތު ދޭއްވީ
ޢަޙެ
23 September 2021
ތިކުދިންގެ ރޯނު އެދުރު ކަމުން ވާގޮތް
ނާއިލް ރަޝީދު
24 September 2021
ދަންނަވަންތޯ އަޅުގަނޑުމެންނަށް އިނގޭނީ އަޅުގަނޑުމެންގެ އާއިލާތަކަށް ޓްރިޕްލް އޭ ޖެއްސި ހާލު. އެހެންބަޔަކަށް ނޭނގޭނެ. މީޑިއާގައި ވާހަކަ ދައްކަން ފަޒީލުމެން ލަދުގަންނަން ޖެހޭނެ.