މޮނާކޯގައި ބޭއްވި ޔޮޓް ޝޯގައި ބައިވެރި
24 ސެޕްޓެމްބަރ 2021 - 13:36
ރާއްޖެއިން ފްރާންސްގެ މޮނާކޯގައި ބޭއްވި ޔޮޓް ޝޯއެއްގައި ބައިވެރިވެއްޖެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޔޮޓް ޝޯގައި ރާއްޖޭގެ ލަގްޒަރީ ޔޮޓް ޓޫރިޒަމްގައި އުޅޭ ގިނަ ވިޔަފާރިތަކަކުން ބައިވެރިވެފައިވެ އެވެ.
މި ޝޯ އަކީ ލަގްޒަރީ ޔޮޓް ގެންގުޅޭ ފަރާތްތަކާއި މިފަދަ ޔޮޓް ވިއްކާ ފަރާތްތަކުގެ އިތުރުން، ލަގްޒަރީ ޔޮޓް ޓުއަރިޒަމަށް ހާއްސަ މަންޒިލްތައް އިޝްތިހާރުކުރުމަށް ބާއްވާ ޝޯ އެކެވެ.
ޔޮޓް ޝޯގައި 600 އެގްޒިބިޓަރުން ބައިވެރިވާ އިރު 565،31 މީހުން ޒިޔާރަތްކުރާނެ އެވެ. މި އިވެންޓުގެ ތެރެއިން ރާއްޖޭގެ މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ފްރާންސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ލަގްޒަރީ ޔޮޓް ޓޫރިޒަމް ސެގްމެންޓަށް ޝައުގުވެރިވާ ފަރާތްތަކަށް ރާއްޖޭގައި ޔޮޓް ޓޫރިޒަމްގައި ހުރި ފުރުސަތުތައް އިޝްތިހާރު ކުރާނެ އެވެ.
މި ޝޯ މެދުވެރިކޮށް ޔޮޓް ޓޫރިޒަމް ހިންގާ ފަރާތްތަކަށް 2019 ވަނަ އަހަރު ވެސް 50 ދަތުރު ހަމަޖެއްސުނެވެ. އެ އަހަރު 125 ސުޕަޔޮޓް ދައްކާލާފައިވާ އިރު 44 އާ މޮޑެލްތަކުގެ ޔޮޓުތައް ވެސް ދައްކާލި އެވެ. މި ޔޮޓްތަކުގެ އަގު ހަތަރު ބިލިއަން ޑޮލަރަށް އަރަ އެވެ.
ލަގްޒަރީ ޔޮޓް ސެގްމަންޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރުވަމުން އަންނަ ޓޫރިޒަމްގެ ސެގްމެންޓެކެވެ. މި ސެގްމެންޓުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކޮށް، ރާއްޖެއިން މި ސެގްމެންޓުން ލިބެން ހުރި ފުރުސަތުތައް އިތުރު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫއްސޭ
25 September 2021
ހަމަ ޔަގީނުން ވެސް މަސްދޯންޏެއް ނުވަތަ ޔޮޓެއް ނުފެނޭ ތިޔަ ށޯއިން.ކަލޭމެން މަލާމަތެއްތަ ތިކުރަނީ