ޖޭއެސްސީގެ ބައްދަލުވުމެއް ކުރިއަށްދަނީ: އަންހެން ފަނޑިޔާރުންނަށް ވެސް މެޓާނިޓީ ލީވް ހަމަޖައްސަން ގާނޫނަށް އިސްލާހު ގެންނާނެ.
29 ސެޕްޓެމްބަރ 2021 - 15:33
ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވް އަންހެން ފަނޑިޔާރުންނަށް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ނިންމައިފި އެވެ.
މީގެ ކުރިން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް އަދި ފިރިހެން ފަނޑިޔާރުންނަށް ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ހަމަޖައްސަން ކަމާ ބެހޭ ފަރާތްތަކުގައި އެދޭނެ ކަމަށެވެ.
ޖޭއެސްސީން މިއަދު ބުނީ، އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ ގޮތް ހަދަން ގާނޫނަށް ބަދަލު ގެންނަން އެ ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.
އޭޖީ އޮފީހުގެ ކޮމިނިއުނިކޭޝަން ޑައިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހުށަހަޅާ އިރު އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ލިބޭ ގޮތަށް ބިލުގައި ހިމަނާނެ ކަމަށެވެ.
"ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެކަން ހިމެނޭނެ،" ހުސައިން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ. މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި އެ ބިލު ހިމެނެ އެވެ.
އަންހެން ފަނޑިޔާރުންނަށް މެޓާނިޓީ ލީވް ނުލިބޭ މައްސަލައަކީ މީގެ ކުރިން ބޭއްވި ފަނޑިޔާރުންގެ މަހާސިންތާތަކުގައި ވެސް ފަނޑިޔާރުން ފާޅު ކުރެއްވި ކަންބޮޑުވުމެކެވެ.
މި ސަރުކާރުގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް އެއް މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތް ހަމަޖައްސައިފަ އެވެ. އޭގެ ކުރިން މެޓާނިޓީ ލީވްގެ ގޮތުގައި ލިބެނީ ތިން މަހެވެ. އަދި ޕެޓާނިޓީ ލީވްގެ ގޮތުގައި ތިން ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
30 September 2021
ފަނޑިޔާރުން ރުއްސާއިރު ދަށަށްތިބި މުވައްޒަފުންގެ މަތިންވެސް ހަނދާންކޮށްލުން ރަނގަޅު! އެމީހުންގެ ޢަދަދަދު ގިނަވީމަ، އެމީހުންގެ ހިތްހަމަޖެހުމަކީވެސް ކައުންޓްކުރެވޭނެ އެއްޗެއްކަމުގައިފެނޭ، މި ޒަމާނު ވެރިމީހާ ބުނެގެން ހިތާދެކޮޅަށް ކަމެއްކުރާނީ ވަރަށް މަދުމުވައްޒަފަކު.
ހުމަންރައިޓްސް
30 September 2021
މިހެންވީމަ އަންހެނުން ކިތަންމެ ވަރަކަށް އުޅުނަސް ފިރިހެނުންނާއި އެއް ލެވެލް އަކަށް ދުވަހަކުވެސް ނާދެވޭނީ. ފިތުރަތުގެ އުސޫލަށް ގޮންޖަހަން ނޫޅެބަލަ
އާއިސް
30 September 2021
އަންހެނުންނަށް ދެއްވާފަވާ މަޤާމް މާ މަތިވެރި، ސުވަރުގެ ވަނީ މަންމަ ފައިވިތަ ދަށުގައި، 2 އަންހެން ދަރިން ހެޔޮގޮތުންގައި ބޮޑުކުރުމުން ބައްޕައަށް ސުވަރުގެ ވަދޭނެ ކަން އަދި ފިރިހެނަކު އަންހެނަކާ ކައިވެނި ކުރުމުން 2 ބައި ކުޅަ އެއްބައި ފުރިހަމަވީ ކަމުގައި ދީނުގައި އެބައޮތް. ފިރިހެނުން ނަގާ ޖެހޭ ޒިންމާ ނުގެގުމުން އަންހެނަކު އެޒިންމާ އުފުލުމުން އެ އަންހެން މިހާއަށް އެހުރިހާ ކަމެއް ލިޔުއްވަނީ ސަގާތުގެ ގޮތުގއި.
ކީކޭ
30 September 2021
އަދި ކިރިޔާ؟ ހާދަ ފަހަތެއްގައި އުޅޭބަޔެކޭދޯ! މިކަހަލަ ކިތައް ތަންތަން އެބަހުރިބާ؟
ސޮލް
30 September 2021
މި ފަނޑިޔާރުންނަށްދޯ ހުރިހާކަމެއް.މީ ކޮންތާކުން އައިސްގެން އުޅޭބަޔެއްތަ؟ހިތުހުރި ގޮތަކަށް މައްސަލަނިންމަނީ.ހިތުހުރިވަރަކަށް އެލަވަންސްވެސް.މިމީހުންނޫނީ މިގައުމުގަ އުޅޭނެކަމެއް ނެތް.
ޙިނި
30 September 2021
ދެން ތާލިބާން ރާއްޖޭގެ ވެރިކަމައް އައިމަ ހުރިހާ ކަންބަލުން ގޭގަ އަރާމުކުރާނީ، ފިރިމީހާ ހުރިހާ ހަރަދެއް ބަލަހައްޓާނެ. ސުކޫލައް މަކުތަބައް ދާކައް ނުޖެހޭނެ، ނުކިޔެވިޔަސް ކާން ބޯން ލިބޭނެ. މާ ސަޅިވެވަ އަރާމުވާނެ
ކޮރަލް
29 September 2021
ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންނަށް ހަ މަހުގެ މެޓާނިޓީ ލީވް އަދި ފިރިހެން މުވައްޒަފުންނަށް އެއް މަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތް ހަމަޖައްސައިފަ އެވެ. ފިރިހެނުންނަށް ވެސް 6 މަސް ދިނުން އެދެމެވެ.
ސަމްޕާ
30 September 2021
މިރާއްޖޭ ފިރިހެނުން އެންމެ ގިނައިން ދަރިން ބެލުމުގަ އުޅެނީ. ހޮޓާތަކުގަ ބޭކާރު އަންގަ ތެޅުން ނޫންކަމެއް ނުކުރޭ
ބަނބޫ
29 September 2021
ޕީރިއަޑް ލީވްވެސް ދޭންޖެހޭނެނޯންތޯ؟
ކަނބޫ
30 September 2021
އެދިނުމަކުންވެސް މައްސަލައެއް ނެތް! ހަމަ ދޭންވީ ދޭން ފެންނަންޏާ!
ފެއާރީ
29 September 2021
ކުރިން ނުލިބޭތަ؟ އޯއެމްޖީ!