ޚަބަރު / ހައި ކޯޓް

ދީބާޖާ މައްސަލަ: "ބަދަލު ދިނީ އޮޑިޓްތަކަށް ބިނާކޮށް، ދައުލަތުން އުޅެނީ އޮޅުވާލަން"

ސުޕްރީމް ކޯޓު: ދީބާޖާގެ މައްސަލާގައި ދައުލަތުން ކަންކަން އޮޅުވާލަން އުޅޭ ކަމަށް ދީބާޖާއިން ބުނޭ --- ފޮޓޯ/މިހާރު

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ހުކުމްކުރީ އޮޑިޓްތަކަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގައި ދައުލަތުން އުޅެނީ ކަންކަން ފޮރުވަން ކަމަށް އެ ކުންފުނިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް 2018 ގައި ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މި އަހަރު ނިންމީ ހައި ކޯޓުން އޭރު މައްސަލަ ބަލައިގަތީ ރަނގަޅަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރިން މައްސަލަ ބެލިއިރު، ދީބާޖާ އަށް ދޭންޖެހޭ ބަދަލާ މެދު ގޮތެއް ނިންމާފައި ނުވާތީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީބާޖާ އަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާ އިން އަލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، އެއްބަސްވުން ބާތިލް ކުރުމުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކަނޑައެޅީ ބޭރުގެ އޮޑިޓް ފާމްތަކުން ތައްޔާރުކުރި ރިޕޯޓްތަކަކަށް ބިިނާކޮށް 2060 ވަނަ އަހަރާ ހަމައަށް ހިސާބު ހެދުމަށް ފަހު ކަމަށެވެ. އަދި އެކަން އެއްބަސްވުމުގެ ބައިތަކުން ވެސް އެނގޭ ކަމަށާއި އެކަމަކު އެއްބަސްވުމާ ގުޅުން ހުރި އެފަދަ ހިސާބުތައް ދައުލަތުން ކޯޓަށް ހުށަނާޅައި، ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް މައްސަލަ މުރާޖައާ ކުރަން ހުށަހެޅިއިރު ވެސް ދައުލަތުން އޮންނަނީ މި ހިސާބުތައް ވަންހަނާ ކުރައްވާފައި. ދައުލަތުން މި މައްސަލާގައި ހެޔޮ ނިޔަތުގައި ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަކީ ދީބާޖާގެ ފަރާތުން ހިތާމަ ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފެރީގެ ޚިދުމަތަށް ގިނަ މަސައްކަތްތަކެއް ކުރި

ހަލީމް ވިދާޅުވިގޮތުގައި، ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑިގެން ކަމަށް ދައުލަތުން ފާހަގަ ކޮށްފައެއް ނުވެ އެވެ. އެއްބަސްވުމުގައި ބުނާ މުއްދަތުގައި ވަގުތީ ގޮތުން ފެރީގެ ޚިދުމަތް ދޭން ފެށި ކަމަށާއި ދާއިމީ ފެރީގެ ޚިދުމަތް ދޭން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާތާ ފަސް އަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ފެރީތަކެއް ބަނުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަށް ފެރީގެ ބަނުމަށްޓަކައި ވަނީ ހަވާލު ކޮށްފައި. އެ މަސައްކަތް ރ. ފައިނުގައި ހިނގަމުންދޭ. އަދި ވީއޭއެމްކޯ މެދުވެރިކޮށް އެ އުޅަނދު ފަހަރަށް ބޭނުންވާ 14 ނޯޓިކަލް މޭލު ބާރު މިނުގައި ދުވާ އަށް އިންޖީނެއް ރާއްޖެ އެތެރެ ކުރެވިފައި ހުރީ،" ހަލީމް ވިދާޅުވި އެވެ.

ޚިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގައި

ހަލީމް ވިދާޅުވީ ވަގުތީ ގޮތުން ފެރީގެ ޚިދުމަތް މެދުކެނޑުމުން އެ ޚިދުމަތް ދޭން ފަށާނެ ދުވަސްތައް ދީބާޖާ އިން ސަރުކާރަށް އެންގި ކަމަށާއި 47 ރަށަށް އެ ކުންފުނިން ފެރީގެ ޚިދުމަތް ދިންއިރު، ޚިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގެ ފެރީގެ ޚިދުމަތް ކަމަށެވެ. އަދި އެ ކަންކަން ރަނގަޅު ކުރަން ދައުލަތުން ފުރުސަތު ދީ، ކުއްލި ގޮތަކަށް އެއްބަސްވުން ބާތިލް ކުރީ އެކަން ސަބަބެއްގެ ގޮތުގައި ދެއްކުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން އިސްލާހު ކުރަން އެންގުމަށް ފަހު އަދި އެއްބަސްވުމާ އެކު ކުރިއަށް ދިއުމުގެ ލުއި ދިނުމަށް ފަހު، އެކަށީގެންވާ މުއްދަތެއް ދިނުމަކާ ނުލައި އޭގެ އަނެއް ދުވަހު ކޮންޓްރެކްޓް ބާތިލްކުރި ކުރުން ގާނޫނާ ޚިލާފު،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދީބާޖާއާ ސަރުކާރުން ހަވާލުކުރަން ޖެހޭ 26 ބިމެއް ހަވާލު ނުކުރާ ކަމަށާއި ބިން ހަވާލުކުރި ކަމަށް ބުނެ ސަރުކާރުން ދިނީ ބިމުގެ ރަޖިސްޓަރީގެ ފޮޓޯ ކޮޕީއެއް ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ބިމެއް ހަވާލު ކުރެވޭނީ އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީއެއް ހެދުމުން ނުވަތަ އެކަމަށް ވަކި އެއްބަސްވުމެއް އޮވެގެން ކަމަށާއި ދައުލަތުން އެގޮތަށް އަމަލު ނުކުރާ ކަމަށް ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަ ބަލައިގަތް ސަބަބެއް އެ ކޯޓުން ބުނެދީފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން ފަހުން މައްސަލަ ނިންމިއިރު ވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި މައްސަލަ އިސްތިއުނާފު ނުކުރެވުނީ މައްސަލަ ރިޕޯޓް ނުލިބުމުގެ ސަބަބުން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުންޏަސް، އެއީ މަގްބޫލު އުޒުރެއް ނޫން ކަމަށާއި އެހެންވެ، ހައި ކޯޓުން މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބުމަކީ އިސްތިއުނާފު ކުރުން ލަސްކުރުމަށް މަގުބޫލު އުޒުރެއް ކަމަށް ބަލަން ފަށައިފި ނަމަ، ރިޕޯޓް ހޯދަން މަސައްކަތް ނުކޮށް އަދި އަދުލު އިންސާފުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހު، މައްސަލަ ބަލައިގަތުމުގެ ބާރަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ހައި ކޯޓަށް އޮންނަ ބާރެއް ނޫންކަން ކޯޓުތަކާބެހޭ ގާނޫނުން އެނގޭ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ޖަވާބުދާރީވުމެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރުމުން އޭރު އެ ކުންފުންޏާ އެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

19 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖިންނި

30 September 2021

ސްޕްރީމް ކޯޓު ކިޔާ ތަނަކުން ތިމައްސަލަ ނިންމިތާ 3 އަހަރު ވަނީ، މިހާރު އަނެއްކާ ސްޕްރީމް ކޯޓުގަ. މަށަށް އެނގޭ ގޮތުގަ ގަބޫލު ކުރެވުނަސް ނުކުރެވުނަސް ސްޕްރީމް ކޯޓުން ކަމެއް ނިންމީމަ އެނިމުނީ. އެހެން ނޫނީ ސްޕްރީމް ކޯޓު 1، ސްޕްރީމް ކޯޓު 2، ސްޕްރީމް ކޯޓު 3، މިހެންކިޔާފަ ބޯޑު ހަރުކުރޭ

The name is already taken The name is available. Register?

ފީގޯ

30 September 2021

އޭޖީ ޔާ ޕީޖީގެ ސްޓޭންޑް ބަދަލުވުމަކީ ވަރަށް އާދައިގެ ކަމެއް މިހާރު، ތި މައްސަލައިގަ އޭޖީ ބުނި ދީބާޖާ މީހުން ނަށް ކަންކޮށްފަ އޮތީ ރަގަޅަކަށް ނޫނޭ އެމީހުންނަށްވެސް ބަދަލު ލިބެންޖެހެޔޭ، ރިވިޔުކޮށްގެން ލިބޭނެ މޮޅެއްވެސް ނެތޭ. އެކަމު މިހާރު އެކިޔަނީ މުޅިން އެހެން އެއްޗެއް.

The name is already taken The name is available. Register?

ފެރީ

30 September 2021

އެމްޑީޕީ ވެރިކަމުގަ ހެދި އެއްބަސްވުމުގައި މި ބުނަނީ ދާއިމީ ފެރީގެ ޚިދްމަތް ދޭންޖެހޭނީ އެއްބަސްވުމުގަ ސޮއިކުރާތާ 5 އަހަރު ދުވަސް ފަހުންކަމަށްވީމަ ތިޔައީ ހާދަ ސަޅި އެއްބަސްވުމެކޭ.

The name is already taken The name is available. Register?

ޔަޔުގޫބު

30 September 2021

އަޅުގަޑުއަކީ ތިޕުރޮވިންސް މީހެއް، ދީބާޖާ މީހުން ވަރަށް ރަގަޅަށް ދަތުރުފަތުރުގެ ކަންކަންކުރި އެދުވަސްވަރު. 5ރ އަށް ރަށްރަށަށް ދެވުނު. ވެރިކަން ވައްޓާނުލިނަމަ ތިކަން އޮންނާނީ މިހާރު ވަރަށް ފުރިހަމަޔަށް ކަން ޔަގީން

The name is already taken The name is available. Register?

ޖޫން

30 September 2021

ދީބާޖާ މީހުންނަށް އިންސާފު ޅިބޭނެ ދުވަހެއް އަންނާނެ، ވެރިކަން ބަދަލުވީމަ ތިމައްސަލަ ރިވިޔު ކުރަން ރެޑީވޭ، މިކަމަކަށް ނިމުމެއްނެތް

The name is already taken The name is available. Register?

ބަޑިތަކުރު

30 September 2021

ތިބުނާ 8 އިންޖީނަށާއި، އުޅަނދުތަކަށް ދީބާޖާއިން ފައިސާ ދެއްކިކަން ސާބިތުކޮށްދީފިބާވައެވެ. ހަމަ ކޮންމެސް ތާކަށް އޯޑަރެއް ދިންކަމުގެ ލިޔުމެއް ހަދާފައި ހުށަހަޅާލީމާ އެއީ ހިނގި ޚަރަދެއްކަމަށް ބަލަނީބާވައެވެ. ކޮންމެ ގޮތެއްވިޔަސްކޮށްފައިނުވާ ކަމަކަށާއި، އަންނަން އޮތްދުވަސްތަކެއްގައި ލިބިދާނެކަމަށް އެފަރާތުން އަމިއްލައަށް ލަފާކުރާހާ މިންވަރެއް ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ބާވައެވެ. އެވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ހާލަތެއްގައި ނަމައެވެ.

The name is already taken The name is available. Register?

ވޯލް

30 September 2021

ތިއީ ހަމަ ބާތިލް ކުރަން ޖެހޭ އެއްބަސްވުމެއް. ފުރަތަމަ ކަމަށް ތިޔަ ޕްރޮޖެކެޓްއަކީ ވަކި ބަޔަކަށް ސަރުކާރުގެ ތެރެއިން ލިބުން އެއްޗެއް. ދެވަނަ ކަމަށް، ތިޔަ ބުނާ ފެރީ ސާރވިސްއެއް ވަކި ހިސާބަކުން އޮންނަނީ ހުއްޓިފަ.

The name is already taken The name is available. Register?

ކުރީވެރިކަމުގަ 78 މިލިއަން ޑޮލަރު ދަވާލިއިރު ނޭގުނު.

30 September 2021

ދީބާޖާ އައް ތިލާރި ދޭންޖެހޭނީ. ދިވެހި ކޯޓު ތަކުގެ އެއްވެސް އަގެއް ގަދަރެއް އަދި ހުރުމަތެއް ހުރި ކަމައް ވައްޏާ ތިލާރި ޖެހޭނީ ދޭން. ދިވެހި ގާނޫނު ތަމްފީޒު ކުރާ އޮނިގަޑު، ސަރުކާރުގެ އޮފީސްތައް، އަދި ހިއްސާވާ ކުންފުނިތައް މިހާރު އެހިންގަނީ ބޮޑެތި ވައްކަމާ، ރިޝްވަތާ، މަކަރާއި ހީލަތް އިންތިހާއައް އެކުލެވިގެން. ފާޅުގަ. ތެދައް ބުނަންޏާ ގައުމުގަ މިހާރު ގިނައީ ވަގުން. ހުރިހާއެންމެން ކާއިރު، ދީބާޖާ އައް ތިލާރި އެއްކޮން ނުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް!

The name is already taken The name is available. Register?

ނާސިރު އަލީ

29 September 2021

ޢެއްވެސް ލާރިއެއް ދޭނެކަމެއް ނެތް. ދަތުރުފަތުރުގެ ހިދުމަތް ދޭތީވެ، ހިލޭ ދިން ރަށް ވިއްކާލީ ބޮޑުއަގުގައި. ޢެލާރިން ދައުކަތަކަށް އެކައްޗެއްވެސް ނުލިބޭ. ފައިނުގައި ތިޔަބުނާ ފެރީއެއް ނުބަނދޭ. ޜ.އަތޮޅުގައި ފެރީގެ ޚިދުމަތް ދިނީ އަމާބުނީތީ ފަރަށްދާގޮތަށް. ރ.އަތޮޅު ފެރީތަކަށް ތެޔޮއަޅައިގެން ފެރީ ދުއްވީ އުނގޫފާރު އާދަމް އިބުރާހިމް ތެޔޮއެޅިމަ. ޢަދިވެސް އެތަލަލަށް ދީބާޖާއަކުން އާދަނަކަށް ލާރިޔެއްވެސް ނުދޭ. ޑީބާޖާއަށް ލާރިދީގެން ނުވާނެ.

The name is already taken The name is available. Register?

ކާކުގެ ލާރިއެއް

29 September 2021

ގެއްލުމުގެ ބަދަލު ހޯދާ އިރު، ކުރި ޚަރަދު ދިނުން އޯކޭ. އެކަމަކު ކުރިއަށް އޮތް 100 އަހަރުން، ލިބޭނެ ކަމަށް އަންދާޒާ ކުރާ 100 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދޭން ޖެހޭ ގޮތެއް ނުވިސްނޭ. ބަޔަކަށް ލާރިތަކެއް ދޭން އުޅުނަސް ބޮޑުވަރު. ރީނދޫ ކުދިން އައިމަ ވާގޮތް ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454