ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ--ފޮޓޯ:ފަޔާޒް މޫސާ/ މިހާރު
04 އޮކްޓޯބަރ 2021 - 19:17
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްވާ ނަމަ އެކަން މެނޭޖުކުރަން ހަވާލުކުރާ މީހުން މަސްއޫލިއްޔަތުން ދުރުކޮށް، އާ ބަޔަކު އެ މަޝްރޫއަކަށް ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށެވެ. އެ ކަން އެ ގޮތަށް ނުވާ ނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެ ޕްރޮޖެކްޓެއް ހިންގަން ހަވާލު ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
"މި ބަދަލު ނުގެނެސްފި ނަމަ ޕްރޮޖެކްޓް ހިންގަން ހަވާލުކުރާ މީހުންނަށް އެ ކަމުގެ މުހިއްމު ކަމެއް ނުވިސްނޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވިގޮތުގައި، ޕްރޮޖެކްޓެއް ލަސްވެ، ޕްރޮޖެކްޓް ހިންގުމުގައި އުޅޭ މީހުންނަށް ފިޔަވަޅެއް ނާޅާ ނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނީ އެވެ.
ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިނިސްޓަރު އަމީރާއި ކަންޓްރީ މެނޭޖާ ކިޔޯ ކަންޑާ ވާހަކަދައްކަވަނީ--ފޮޓޯ:ފަޔާޒް މޫސާ/ މިހާރު
ސަރުކާރުގެ މަޝްރޫއުތައް ހިންގާއިރު، މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ހާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓްތައް ހިންގުމުގައި ވޯލްޑް ބޭންކްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އާއި ސްރީ ލަންކާ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ކިޔޯ ކަންޑާ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ދެ ގުނަ އިތުރު ކޮށްފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރާއި ވޯލްޑް ބޭންކްގެ މި ސަރަހައްދުގެ ކަންޓްރީ ޑައިރެކްޓާ ފާރިސް ހަދާދް ޒާވޯސް--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ވިދާޅުވީިގޮތުގައި، ކޮވިޑާ ގުޅިގެން ރާއްޖެ އަށް ދޭ މާލީ އެހީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އަދި ވިދާޅުވީ ކޮންމެ އަހަރު ވޯލްޑް ބޭންކުން ހަ މިލިއަން ޑޮލަރު ދޫކުރަމުން އައި ނަމަވެސް މިހާރު އެ އަދަދު އަހަރަކަށް 40 މިލިއަން ޑޮލަރު ދޫކުރަން ފަށާފައިވާ ކަމަށެވެ.
"ރާއްޖޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް ހިނގާ ގޮތާ މެދު ހިތްހަމަޖެހޭ. އަދި މިހާރަށް ވުރެ ވެސް ރަނގަޅަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔާމީހާ
09 October 2021
ސިވިލްސާވަންަޓްންގެ މުސާރަ ބޮޑުނުކުރާތީ އަމްރުވެސް ވަޒީފާއިން ވަކި ކުރަން ގޮވާލަން މީނަ ވެއްޖެ ބޮޑު އުދަގުލަކަށް
ޑޮކްޓާރ. ބަނާނާ
05 October 2021
އަޅުހަޑުމެންގެ ދަރިންގެ ދަރިން ވެސް ދަރަނިން ސަލާމަތް ނުވެވޭވަރަށް ގައުމުގައި ދަރަނި ބޯމަތިވެ ތިބޭޅާ އަމިއްލައަށްވެސް ވަކިވާންޖޭހޭ ހިސާބަށް އައިސް މިއޮތީ. ވަރަށް ވެދުން.
ފަގީރުކޮއި
05 October 2021
މިސަރުކާރު ވެރިކަމަށްއައީ ގެދޮރުލޯނު %6 ކުގަކުރާނެކަމާއި މިނިވަންވޭޖު 100ދުވަހު ތެރޭ ދޭން ހުވާކޮއްގެން އަދިވެސް ސަތޭކަދުވަސް ނުވަނީތޯ؟؟؟؟؟؟
ބޮޑިސޯބު
05 October 2021
ދަރަނި ބޮޑުވަންޏާ ފިނޭންސް މިނިސްޓަރ ވަކިކުރަން ޖެހޭ، އަދި ބަލަންވާ ވަރަށް ނުބަލާ ވެންޓިލޭޓަރަށް ފިނޭންސް އިން ލާރި ދޫކުރި މީހުންވެސް ވަކިކުރަން ޖެހޭ
ަސދފ
05 October 2021
މުސާރަ ކުޑަޔަސް ހެޔޮ ދޯ.
ފަހުދު
05 October 2021
އަމައްޔާތް
ރިޔާޒު ރަށީދު
05 October 2021
ކޮންމެ ކަަމަކަށް ތިޔަ މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭ ގޮތަށް ގައުމު ހިންގުމުގެ ކަންކަން ރާވާފައި މި ކިޔަނީ ކީކޭ. ޕްރޮޖެކްޓަކަސް އެހެން އެއްޗަކަސް ލަސް ވަނީ ތިތަނަކާ ހެދި. ވީމާ، ތިޔަ އޮފީހުގެ މުވައްޒަފުން ވަކިކުރުން މާ ބުއްދިވެރި.
ނަޒީފް
05 October 2021
އެއީ ކަލޭގެ މެންޑޭޓެއްނޫން.ެހެން ކަމަކާއުޅެ
ޙިނި
05 October 2021
ސަރުކާރު ފެއިލު ވިއްޔާ ކޯލިޝަން ޕާޓީތަކައް ދުރުރާސްތާ އައްބަލާއިރު ފައިވާނެ.
ގަވަރުނަރު
05 October 2021
ޕާފޯމެންސް ނުދައްކާތީ ޕްރޮޖެކްޓް ނުހިނގާ ވާހަކަ ދައްކަން މި ސަރުކާރު ލަދުގަންނަންޖެހޭ. މި ސަރުކާރުގެ ވަޒީރުންނަށް ކުރެވުނީ ކޮންކަމެއް. އަޅެ އަމިއްލަ ޒަމީރު ލަދެއްނުގަނޭތަ ވަޒީރުން މުސާރަ ނަގަން. ޚާއްސަކޮށް އަމީރު. އެމްޑީޕީ ސަރުކާރުން ކޮންމެ ފަހަރަކު ވެރިކަމާއި ހަވާލުވެފަ އެތަކެއް ރައްޔިތުންނަށް ދެނީ ނިކަމެތިކަން.