މެންބަރު މުހައްމަދު އަސްލަމް (ވ) އާއި އިބްރާހިމް ނާޒިލް
05 އޮކްޓޯބަރ 2021 - 18:11
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން އެދި ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ. މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.
ނާޒިލުގެ ފަރާތުން އެފަދަ ކަމެއް ދިމާވިތޯ "މިހާރު" ން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ "އެ މައްސަލައިގައި ކުރާނެ ކޮމެންޓެއް ނެތް" ކަމަށެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި "މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ކުރިއަށްދާނެ" ކަމަށެެވެ.
އެނގިފައިވާ ގޮތުގައި މިކަން ހިނގީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓްފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ. އެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.
އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސާރު މޫސާ އެވެ. އިންތިހާބުގައި އަސްލަމް ނާޒިލަށް ތާއީދު ނުކުރައްވައި އަންސާރަށް ތާއީދުކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވިކަން ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރޯނާބަގް
06 October 2021
މީހާ މީހަކަށްވަނީ ކޮންމެހެން ޑިގްރީ އެއް އޮވެގެން ނޫނެވެ. ކޮންމެ މީހަކަށްވެސް އަޚްލާޤީ މިންގަޑެއް ފޮލޯކުރެވިދާނެ، ހިތަދޫ ނާޒިލްގެ އަތުގަވެސް ޑިގްރީއެއް ނެތްކަމެއް ނޭގޭ އެނގޭ ކަމަކީ ނަޝީދަށްޓަކައި މޮޔަފުޅުވެފަ ހުރިކަން، އެއްވެސް އަޚްލާޤެއް ނެތްކަން މަޖްލިސްތެރޭ އިއްޔެ އެދެއްކީ،
ސުރުޚީ
06 October 2021
މަޖްލިސް ތެރޭ އެފަދަ ކަމެއް ކުރުމަކީ އެކަން ކުރި މީހާގެ ހުރި ގޮތްކުޑަކަމާ ލަދުހަޔާތެއް ނެތްކަން. އެކަން މަޖްލިހުން ބަލައި އޭނަ މައްޗަށް ފިޔަވަޅު އަޅަންޖެހޭ. އެހެންނޫނީ ބެލެވޭނީ މަޖްލިހަކީ ކޮންމެފަދަ ހަޑިހުތުރު އަމަލެއްވެސް ކުރުމުގެ ޖާގަ އޮތް ތަނެއް ކަމަށް. ޖާބިރަށް ފިޔަވަޅު ނޭޅުނީމަ ބެލޭނީ މަޖްލިހުގަ ދީނާ ފުށުއަރާ ކޮންމެ ވާހަކައެއް އަދިވެސް ދެއްކިދާނެކަމަށް. އެކަމު ވަކި ބަޔަކުވީތީ މައްސަލަ ބެލުން ކުރިއަށް ނުދާނެކަން އެންމެންނަށްވެސް އެނގޭ.
އޮނަރަބްލް އަފީފު ދީދީ
06 October 2021
ދެވަނަ ދައުރަކަށް ކުރިމަތިނުލާނެކަމަށް ބުނިމީހާ މައުމޫނުގެ 30 އަހަރާއި އެއްވަރުކޮށްފި. # މިހެން ބުނީމާ ބުނެފާނެ ކުރިމަތިލީމާ "ރައްޔިތުން ހޮވީމައޭ" މަޤާމްގައި ހުންނަނީ. އެހެންކަމަށްވާނަމަ މައުމޫނުވެސް ހުންނެވީ ހަމައެގޮތަށް!! ވޯޓު ލުމާއި އޭގެ ކުރިން އަދި ވޯޓުލަމުންދާ މަރުހަލާފަދަ މަރުހަލާތަކުގައި ކަންކަން ހިގާފައިވާގޮތަށް އަސްލަމްގެ ވޯޓުގައި ބަލާން ނުޖެހޭނަމަ މައުމޫނުވެސް ވެރިކަމުގައި ހުންނެވީ "ރައްޔިތުން އިންތިޙާބުކޮށްގެން" ކަން ޤަބޫލުކުރާންޖެހޭ.
އަންސަރު
06 October 2021
މަށަކީވެސް ތިޔަ ނާޒިލް ހޮވަން ވޯޓުދިން މީހަކީމެވެ. އެކަމަކު އެވޯޓު ދެވުނީތީ ދެރަވެއްޖެއެވެ. ސަބަބަކީ އަހަރުމެންގެ މަންދޫބެއްގެ ކިބައިން ފެނިގެންނުވާނެފަދަ ހަޑިމުޑުދާރު ޢަމަލެއް ފެނުމެވެ. އިއްޒަތްތެރި މެންބަރު އަވަހަށް އިސްތިއުފާ ދޭށެވެ.
އާއްމުމީހާ
06 October 2021
ދަށްކަވަންހުރި އެއްޗެއް ދައްކަވާފަ ގެންދަވާނީ
ނުމީހާ
06 October 2021
ކާކަށް؟ އަސްލަމަށްތަ؟
Coronavirus
06 October 2021
ލާރިކޮޅަކަށް ވޯޓު ވިއްކާ ގައުމުގަކުގައި ތިކަހަލަ ކަންތައްތައް ހިގާނެ. ރާއްޖޭގެ މަޖްލިސްއަށް ހޮވާ މީހުންނަކީ ދަށްވެގެން ޑިގުރީ ފެންވަރަށް ކިޔަވާފައިވާ މީހަކު ކަމުގައި ވާން އެބަޖެހޭ. އެއިރުން މަޑުމަޑުން މުޑުދާރު މީހުންތަށް ބާކީވެ ވަކިހިސާބަކުން މީހުންގެ އަހުލާގުވެސް ބަދަލުވެގެން ދާނެ.
ޙިނި
06 October 2021
އެއްވެސް ހަހުލާގީ ފެންވަރެއް ހުރިބައެއް ނޫން،
ލޮބުވެތިރައްޔިތުމީހާގަނޑު
06 October 2021
މިކަން މި ގޮތައް ހިނގި ނަމަ އެއީ ވަރަށް ދެރަކަމެއް މަޖިލީހުގެ ގަދަރު އޮންނަން ޖެހޭ އަދި ބަރުލަމާނީ ނިޒާމް ގެނެސް ލޮބުވެތި އިއްޒަތްތެރި މަޖިލީސް މެންބަރުންނާ ހަވާލުކުރަންވީ ވެރިމީހަ ހޮވުމުގެ ޒިންމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް އެނގިވަޑައި ގަންނަވާނީ އިއްޒަތްތެރި މެންބަރުންނަށް
ތޯތޯ
05 October 2021
މެންބަރުންގެ އަބުރާ އިއްޒަތައް ގެއްލުންވާފަދަ ހަބަރު ނުގެނެސްދެއްވުމަށް އެދެން. މާދަމާ ނޫސްވެރިން މިކަމުގައި ކުއްވެރިވެދާނެ! އިއްޒަތްތެރި ބޭފުޅުން އެތަގޮތަކަށްވެސް އިއްޒަތް ގެއްލޭފަދަ އަމަލެއް ނުކުރައްވާނެ އިނގޭތޯ! ދެން ގޯސްވާނީ މި ހަބަރު ކީރަތްޔިތުން
ހޮވާހޮވާ
05 October 2021
އަދިވެސް ހޮވަންވާނެ. އިންސާފު ގެންނަން މަސައްކަތްކުރި މީހުންގެ ހަގީގީ ސޫރަ އެ ހުންނަނީ. މަޖލިހެއް އެހެން ތަނެއް ނޯންނާނެ ކޮންމެ ކަމެއްވެސް ކުރަންވީމަ ކުރަންވީ. ދައްކަން ބޭނުން ވާހަކައެއް ދައްކަންވީ. ބިޔަ ބޮޑު މެޖޯރިޓީ ރައްޔިތުން ދީފަ އޮތީ.