ތިން ފިރިހެން ކުދިން އުފަންވީ ފަސް މަހުގައި. ތިން ކުދިން ވެސް ނިޔާވީ އުފަންވިތާ ގަޑިއެއްހާއިރު ފަހުން
ހުޅުމާލޭ ސަހަރާގައި މައްޔިތަކު ވަޅުލަން ތައްޔާރުވަނީ: އެއްމާބަނޑު ތިން ކުއްޖަކު މިއަދު މާލޭގައި ވަނީ ނިޔާވެފައި. --. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
12 އޮކްޓޯބަރ 2021 - 18:59
ދުވަސް ނުފުރާ އުފަންވި އެއްމާބަނޑު ތިން ފިރިހެން ކުއްޖަކު މިއަދު އައިޖީއެމްއެޗުގައި ނިއާވެއްޖެ އެވެ.
މާލޭގައި އުޅޭ އައްޑޫ ދެމަފިރިއަކަށް ލިބުނު މި ކުދިންގެ މަރާ ގުޅޭ ގޮތުން ކުދިންގެ ބައްޕަ އަހްމަދު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންހެނުންގެ ބަނޑަށް ފަސް މަހުގައި ތިން ކުދިން އުފަންވުމާ ހަމައަށް ވެސް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. މިއަދު ހެނދުނާ ހަމައަށް ވެސް ހުރިހާ ކަމެއް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
މީގެ ހަ އަހަރު ކުރިން ކުރި ކައިވެންޏަށް ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް މި ދެމަފިރިންގެ އެބަހުއްޓެވެ.
"ބަނޑަށް ފަސް މަހުގައި ވޯޓާ ބޭގް ފަޅައިގެން އެ ދިޔައީ. އެމީހުން [އައިޖީއެމްއެޗް] އިން ބުނަނީ ބޮޑުވާނެ ޖާގަ ނުލިބިގެން ޕްރެޝާ ވެގެން ވޯޓާ ބޭގް ފަޅައިގެން ދިޔައީ ކަމަށް ކެއްސާލިތަނާ. އަންހެނުން ތަންކޮޅެއް ކުޑަކޮށް ހުންނާނީ. ދެން އެހެން ލަފާކުރެވެނީ،" އަސްރު ނަމާދުގެ ފަހުން ބޭއްވި ތިން ކުދިންގެ ޖަނާޒާއަށް ފަހު އާސަހަރާގައި ހުރެ އަހްމަދު ކިޔައިދިނެވެ.
"އިތުރު ހަމަ އެއްވެސް ކޮމްޕިލިކޭޝަނެއް ނެތް. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް،" އަސަރާ އެކު އަހްމަދު ކިޔައިދިނެވެ. "ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ވެސް ދިޔައީ. އެކަމަކު ދިމާވާން ހުރީމަ..."
އޭނާ ބުނި ގޮތުގައި އަނބިމީހާ ބަލިވެއިން ފަހުން ކްލިނިކަށް އަދި ފަހުން އައިޖީއެމްއެޗަށް ގަވާއިދުން އައީ ދައްކަމުންނެވެ.
އަހްމަދު ބުނި ގޮތުގައި ތިން ކުދިން ނިޔާވީ އުފަންވިތާ ގަޑިއެއްހާއިރު ވެސް ވީ ފަހުންނެވެ. އެއީ އުފަންވުމާ އެކު އެންއައިސީޔޫއަށް ގެންގޮސް އެތަނުގަ އެވެ.
"ހަމަ ނޯމަލްކޮށް ވިހެއީ. ހަމަ ބަލާބެލުމަށް ފޯމްވެފައި އޮތީ. އެކަމަކު އެމީހުން ބުނަނީ ކުދިންގެ ވެއިޓާއި ދިގު މިނާ ބަލާފައި އެ ކުދިން މަސައްކަތްކުރުން ވެސް ރަނގަޅެއް ނުވާނެޔޭ. އޯގަންސްތަކާ އެއްޗެހި ފުލީ ފޯމް ނުވަންޏާ ރަނގަޅު ނުވާނެއޭ،"
އަހްމަދު ބުނި ގޮތުގައި ވިހެއުމަށް ފަހު އަނބިމީހާގެ ހާލު ރަނގަޅެވެ.
ދެމަފިރިންނަށް އަލަށް ލިބުނު ފިރިހެން ކުދިން ހިތްދަތި ގޮތަކަށް ވަކިވެ މުޅި އާއިލާ ވަނީ ފުން ހިތާމައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަނޑިޔާ!!!
14 October 2021
ތިޔައީ ދެރަވާންވީ ކަމެއް ނޫން, ﷲ އީ ބަދަލު ދެއްވުމުގައި އެންމެ ދީލަތިވަންތަ ފަރާތް, އެކުދިން އެ ގެންދެވީ އެކަމުގައި އެންމެ ހެޔޮ ގޮތަކީ އެކަމުގައި ވާތީ އޭގެ ޙިކުމަތް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވޭ. ޞަޙީހުލް ބުޚާރީގެ ޙަދީސް 1248 ސުނަން އައްނަސާއީ ޙަދީސް 1876 ސުނަން އިބްނު މާޖާ 1604 ކިޔާލާފައި އެކަލާންގެއަށް ޝުކުރުވެރިވެ ކެތްތެރިވެލާފައި އުފާކޮށްލާ ރަސޫލާގެ ސުންނަތްމަތީ މަރާ ބައްދަލުވަންދެން ކެތްކޮއްލާ.
ުމަންމައެއް
13 October 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. ﷲ ތިބާ އަށް ގިނަ ހެޔޮލަފާ ދަރިންތަކެއް ދެއްވާށި. އާމީން
mRNA vaccines
13 October 2021
ފުރާނަ ގެންދަަވަނީ ﷲ. އެކަމަށް ޝުކުރުކޮށް ދުވާ ކުރަން ޖެހެނީ. ﷲގެ ކުޅަދުންވަންތަކަމާއޭ
އަޚު
13 October 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. ﷲ ތިބާ އަށް ގިނަ ހެޔޮލަފާ ދަރިންތަކެއް ދެއްވާށި. އާމީން
ގެދާނޯމޮސް
12 October 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރަޝީދު
12 October 2021
ވަރަށް ދެރަ ޚަބަރެއް. ތިޔަ ދެމަފިރިކަނބަލުންނާއި ޢާއިލާ އަށްމިދިމާވިހިތާމައިގަ ބައިވެރިވެ ތައުޒިޔާ ދަންނަވަން.
ނިއެނޮޓޯލޮޖިސްޓް
12 October 2021
މިކަހަލަ ހަބަރު ތައް ގެނެސް ދިނުމުގައި ‘މަހު’ގެ ބަދަލުގައި މާބަނޑު މީހާގެ ބަނޑަށްވީ ދުވަސް ހަފްތާއިން ބުނެދިނުން މުހިއްމު. މެޑިކަލީ އެންމެ ހަފްތާ އަކުން ވެސް އައުޓްކަމް ބަދަލް ވެދާނެ. ޢާއިލާއަށް ކެއްތެރި ކަން ދެއްވާށި.
ހަސީނާ
12 October 2021
ކުދިންގެ މައިންބަފައިންނަށް ކެތްތެރިކަން ދެއްވާށި. އަދި އަށް އަޅުގަނޑުގެ ހެޔޮދުއާ