16 އޮކްޓޯބަރ 2021 - 06:22
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެ އެޕުން މީގެ ފަސް އަހަރު ކުރިން ފެށި މަސައްކަތުން މުޅި އެޕް މިހާރު އެންޑް-ޓު-އެންކްރިޕްޓް ކުރެވިފައިވާ ކަމަށް ބުނެފި އެވެ.
މިކަން އިއުލާންކުރީ އެންޑްރޮއިޑާއި އައިއޯއެސްގައި ވެސް އެޕްގެ ފަހުގެ އަޕްޑޭޓާ އެކު މިހާރު ބެކަޕްސް ޕާސްވޯޑަކާ އެކު ރައްކާ ކުރެވޭ ގޮތަށް ހެދުމަށް ފަހު އެވެ. އެގޮތުން މިހާރު ވަޓްސްއެޕްގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޓެކްސްޓް އިތުރުން ފޮޓޯ އާއި އޯޑިއޯ އަދި ވީޑިއޯތަކުގެ ރައްކާތެރިކަން މާ ބޮޑަށް ވެސް ކަށަވަރު ކޮށްދޭނެ އެވެ. އޭގެ މާނަ އަކީ މިހާރު ތިމާ ނޫން އެއްވެސް މީހަކަށް އެއިން އެއްޗަކަށް އެކްސެސް ނުވޭނެ އެވެ.
އަލަށް ތައާރަފުކުރި މި ސެކިއުރިޓީ ފީޗާ ބޭނުން ކުރަން ހަދަން ޖެހޭ ގޮތަކީ ސެޓިން އަށް ގޮސްފައި ޗެޓްސް ސިލެޓް ކޮށްފައި ޗެޓްބެކަޕްސް ސިލެޓް ކޮށްފައި އެންޑް-ޓު-އެންކްރިޕްޓެޑް ބެކަޕަށް ގޮސްފައި އޭގައި ދޭ އިރުޝާދުތަކާ އެެއްގޮތަށް ޕާސްވޯޑް ސެޓް ކުރާނީ އެވެ
މި ބަދަލާ އެކު ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނީ މިއީ މިހާތަނަށް ސޯޝަލް މީޑިއާ އެޕަކުން ހޯދައިދިން އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ.
"އަހަރެމެން އުންމީދު ކުރަނީ މި ގެނައި ބަދަލަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ގެނެސްދެވުނު ވަރަށް މާނަހުރި ބަދަލެއް ކަމަށް. މީގެ ސަބަބުން ވަޓްސްއެޕަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެ." ވަޓްސްއެޕްގެ ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ 12 އަހަރު ކުރިން ވުޖޫދަށް އައި އަދި 2014 ގެ ފަހުން ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ ވަޓްސްއެޕަކީ ދެ ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްހުނިގަނޑު
16 October 2021
ހަމަ ލޯތަކަށް އޮޅުވާލުން. ޕުރައިވެސީ ޑޭޓާގެ އެއްވެސް ރައްކާތެރިކަމެއްނެތް. ކަމުގެ މައުލޫމާތު ނޭނގޭ މީހުންނަށް ވަރަށް ސަޅިވާނެ ފޭސްބުކުގެ ޓުރިކްސް.
ްް1828
16 October 2021
ދެން ނެތްތަ އެހެން ޖޯކެއް؟