16 އޮކްޓޯބަރ 2021 - 10:32
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތާ ގުޅޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.
ވިޔަފާރީގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމްގެ ހަޔާތުގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދެނީ ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ-ޗެއާ އަދި މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
ގާސިމްގެ ވީޓީވީގެ ޕްރޮގްރާމެއްގައި އޭނާ ބުނީ، ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހެދުމުގެ ވާހަކަތައް ދެއްކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެން ކަމަށާއި އަމާޒަކީ ވަރަށް ފުރިހަމަ، ޝައުގުވެރި ފިލްމެއް ގެނެސްދިނުން ކަމަށެވެ.
ކޮޕީ އިއްސެ ބުނިގޮތުގައި ގާސިމްގެ ވާހަކަ ފިލްމެއްގެ ގޮތުގައި ހަދާފައި އޮތުމަކީ އޭނާގެ ގައުމީ ހިދުމަތް ކުރިއަށް އޮތް ޖީލުތަކަށް ދައްކުވައި ދޭނެ އަދި ކުރަން އެހާމެ މުހިއްމު ކަމެކެވެ. އެހެންވެ، އެއީ އާދައިގެ ފިލްމަކަށް ނުވާނެ ކަމަށާއި އަމާޒަކީ "އިންޓަނޭޝަނަލް ފެންވަރު" ގެ ފިލްމެއް ހެދުން ކަމަށް ސާކް ފިލްމު ފެސްޓިވަލްގައި މޮޅު އެކްޓަރުގެ މަގާމު ހޯދި ރާއްޖޭގެ ހަމައެނި އެކްޓަރު ބުންޏެވެ.
އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ނުދެ އެވެ.
ރާއްޖޭގައި ބައޮގްރަފިކަލް ޑްރާމާތައް ހެދުމަކީ އާންްމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. މީގެ ކުރިން ޝަހުސިއްޔަތަކަށް ބިނާކޮށް ހެދި ހަމައެކަނި ފިލްމަކީ މީގެ އެތައް އަހަރެއް ކުރިން ޓީވީ މޯލްޑިވްސް (ޓީވީއެމް) އިން ގެނެސްދިން "ބޮޑުތަކުރުފާނު" ފިލްމެވެ. ހުސައިން ޝިހާބު ޑައިރެކްޓްކުރި ފިލްމުގައި ބޮޑުތަކުރުފާނު ނުވަތަ އުތީމު މުހައްމަދު ތަކުރުފާނުގެ ރޯލު ކުޅުނީ އާދަމް ޒާހިރެވެ.
"ބޮޑުތަކުރުފާނު" ގެ ވާހަކަ އަލުން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމިކަން މި އަހަރުގެ ގައުމީ ދުވަހު ހޯމް މިނިސްޓްރީން އިއުލާންކުރި އެވެ. އެއީ އަންނަ އަހަރުގެ ގައުމީ ދުވަހު ނެރޭ ގޮތަށެވެ.
ރާއްޖޭގައި މި ފަހުން ދެން އިއުލާނުކުރި ބައޮގްރަފިކަލް ޑްރާމާ އަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން 2019 ގައި އިއުލާންކުރި "ރެހެންދި ޚަދީޖާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޭ ބައްޕަ
20 October 2021
ނުލިބުނު ވެރިކަން ޕާޓް 1
މީހަމަ ތެދު
18 October 2021
ހީވަނީ ޤާސިމް ހައްދައިގެން ލާރިގަނޑެއް ހޯދަން އުޅޭހެން. :)
ވަރައް ތެދު
18 October 2021
ތެދެއް. މިހާރު ދެން ސޭޓައް ނޫނީ ރައީސް ކަން ކުރެވޭނެ މީހަކު ނެތޭ ކިޔައިގެން ލާރިގަޑު ކާލެވޭވަރެއް ނުވާނެ. އެކަންވެސް 54 ފަހަރު ކުރީމަ ވިސްނުނީ. ދެން އަނެއް ސްޓޯރީ ގަ މަޅި ޖަހާލަނީ!
ތެދެއްނޫން
19 October 2021
އެހީއަކާ ޖެހުނީމަ ފެންނަނީ ގާސިމް. ސިޓީގަ ކަރުނަ ތިކިވެސް ހުންނާނެ. މުނާފިގުން ގެ އުސޫލު.
ހިމްފަރސްޓް
17 October 2021
އަންނި ބޭނުންވާނެ ތިކަން އެންމެ ކުރިން ކުރަން.
އަލިބެ
17 October 2021
ކުރު އެއްފިލްމަކުން ތިވަރުގެ ސަހުސިއްޔަތެއް ފުރިހަމައްށް ގެނެސް ދެވިދާނެހެން ހިއެއްނުވޭ. ވީމާ ރަނގަޅުވާނެ ނެޓްފްލިސް ކަހަލަ ވަރުގަދަ ބަޔަކު ލައްވާ ދަ ކްރައުން، އެސްކޮބާރ، ޑަޔާނާ ކަހަލަ ފިލްމްތައް ގޮތަށް ސީރީޒް އެއް ހަދާލަން.
ނާމްދި ކާނޫ
17 October 2021
ގާސިމު ސިޔާސީ ދާއިރާއަށް ވެންނެވި ހިސާބުން ގާސިމު ކަމަކު ނުދޭ އިންގޭތޯ! ކުރިން ގާސިމަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާ ގަދަރު ލިބުނު ބޭފުޅެއް!
އުމަރުބެ
17 October 2021
އެންދެރިމާގޭގަ އުޅުނުއިރާ، އެންދެރިމާގޭން ވެރިކަންކުރިއިރު އެސްޓީއޯ އިން ތެޔޮދީގެން އަތިރިފަނޑިޔާރުގޭ 3 ނަމްބަރު ފިހާރައިގަ ތެޔޮވިއްކި ހިސާބުން ފަށާތި.
ސެންޗަރީ
17 October 2021
ޤާސިމު ޤާސިމަކަށް ވީގޮތާއި ޤާސިމުގެ ޙަޔާތާއި މީ ވަކި ދެ ފިލަމަކަށް ހެދިދާނެއެއްނު. މިހެދެންއުޅޭ ފިލްމުގައި ދައްކާން ބޭނުންވާނެކަމަށް މަށަށްހީވަނީ ބިޒިނަސް މޭން އަކަށް ވުމާއި ސިޔާސީމީހަކަށް ވުންކަމަށް ވެސް ވަދާނެއެއްނެ
ހިލަބެ
16 October 2021
އަހަރެން ޤާސިމަށް ވޯޓްދޭނެއޮތީހަމައެއްމެގޮތެއް އެއީ އޫރުމަހާ ބަނގުރާގެވިޔަފާރި ހުއްޓާލާ އިތުރަށްރިބާއެކުލެވޭ ލޯނުތައްނެގުންހުއްޓާލުން ވަރަށްސީރިއަސްކޮންމިބުނީ މައިންބަފައިންގެ ވޯޓްވެސްމަށަށްވެގެނެއްދެންޤާސިމަށް ދިނަކަނުދޭނަން އަހަރެންގެ ވޯޓާއިއެކު ޖުމްލަ 7 ވޯޓްގެއްލޭނެ ވަރަށްވެދު
ސުލައިމާން
17 October 2021
އަހަރެން ވޯޓްދޭނީ ސާރވިސްޗާޖްކޮޅު ހަމަޔަށް ދިން ދުވަހަކުން.
އަދޫ
16 October 2021
ހަޔާތް ނިގޮވާ
ދަލާސްޓް ޑާންސް ފީތަރިންގ ޖާސިމް ވަ نحلة
16 October 2021
ތަޖޫބެ ތީގަ ގާސިމްގެ ބައި ކުޅެން ރަންގަޅުވާނެ ދެން ނިއުމާ އެންމެ ހަނގު އަނބީގެ ބަޔައްލީމަ ހަތަރުސްކަނު ފިލްމަކަށް ވާނީ
ޓައްޕު ހަސަން
16 October 2021
ނިއުމާބުނީ ނުކުޅޭނަމޯދެން ފިލްމެއް.