ސްވިމިން ޓްރެކް ސަރަހައްދު: އެ ސަރަހައްދުގައި ބޯވަ ނަގަން އުޅުނު މީހެއް އޮޔާގޮސްފައިވޭ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
18 އޮކްޓޯބަރ 2021 - 11:18
މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ކަނޑުގަދަ ވެފައި ވަނިކޮށް، އުސްފަސްގަނޑު ސަރަހައްދަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، އެ ފިރިހެން މީހާ ފެނުނީ ވާދޫ ކަނޑުގައި ފަތަމުންދަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށެވެ. އޭނާ މާލެ ގެނެސް ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޮޔާދަނިކޮށް ސަލާމަތްކުރި އުމުރުން 48 އަހަރުގެ މީހަކު ހެނދުނު 8:30 ހާއިރު ފުލުހުންގެ އިދާރާ އަށް ގެންދިޔަ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށާއި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި ދުވަސްވަރު މޫސުން ގޯސްވުމުން އެ ކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތް މި ދިނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ރަސްމީ ފާލަން ކައިރިން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވެސް ވައިގަދަވެގެން މޫދަށް ވެއްޓި މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.
އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގަ އެވެ. އެ 59 އަހަރުގެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް 7:20 ގައި އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
މިއީ އާދަޔާ ހިލާފަށް ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރު ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމާބެހޭ އިދަރާތަކުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތު
18 October 2021
މި މޫސުމުގަވެސް ބޯވަނަގަން ނުގޮސް ނުހުރެވޭނެނު، މިއަދުވެސް މާރުކޭޓުން ކުޑަ ބޯވައެއްގެ އަގު އަހާލީމަ ބުނީ 100 ރުފިޔާއޭ. އެ ބޯވައިގަ ނުހުންނާނެ 300 ގްރާމްވެސް.
ކަތްދައިދީ
19 October 2021
ރެކިފުތާ ކަލޭ މައިތިރިވެގެން ގޭގަ އޮވޭ މި ވިއްސާރައިގަ މަ އަނގަ ނުގޮއްވާ. އެހެންނޫނީ ކަލޭ ހުކުރަށް ދާން ބަންގާޅުން ގެނައި ހުދުމުންޑު ހަލާކު ކޮށްލާނަން
ރަޔާން
18 October 2021
މޮޔަވެގެން އުޅޭ ބައެއްތަ؟ އާނ ދެން ތަންދޮރު ނޭނގޭ ޅަކުދިން ނޫންވިއްޔަ.
ނީމާ
18 October 2021
“އެމްއެންޑީއެފުން ބުނީ، އެ ފިރިހެން މީހާ ފެނުނީ ވާދޫ ކަނޑުގައި ފަތަމުންދަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށެވެ،” ގަދަ ދޯ. މި ކިޔާލީމަ ހީވަނީ ލިލީ މަގުން ހިގާފަ ދަނިކޮއް ފެނުނު ހެންވިއްޔަ! މަހަމަ ހައިރާންވެއްޖެ.
ޒިމްޒިމް
18 October 2021
މިގޮތަށް ފޮނިދައްކަން އުޅޭ މީހުން ރަގަޅު އަދަދަކުން ޖޫރިމަނާކުރަންވީ.. ރޭޑިޔޯތަކާއި ޓީވީ ތަކުން އަބަދާއިއަބަދު ކަނޑުގަދައޭ ވިއްސާރައޭ ވައިބާރޭ ކަނޑުދަތުރު ކުރާއިރު ސަމާލްވާށޭ ގޮވަގޮވާ ތިއްބާ އެނިކުންނަނީ ހަމަ ގަސްތުގައި..
ވަހީދު
18 October 2021
ހުރިހާ ކުދިން ވެސް ބޯވަ ނަގަންދާންވާނެ ވިއްސާރަވެ ކަނޑުގަދަވާ ދުވަސްދުވަހު. އަދި ކަނޑު ދަތުރުވެސް ކުރަންވާނެ.
ނުބުނަން
18 October 2021
އަސްލު ތިހެން އިދިކޮޅަށް ބުނީމަ މިއުޅޭ ސޮރުތަކަށް ގެޓުވާނީ..
ރަދީފްއޮފިޝިއަލް
18 October 2021
ޕީޖީ ވެސް އުޅުނު ފަތާފަ މި ކަނޑު ހުރަސްކުރަން.އެކަމަކު ނުކުރެވުނު.
މަޑުކަށި ޝެހެންޝާހު
18 October 2021
ހޫން މިސްޓަރ އުންސުރޭ ދޮތަ
ޙަބީބު
18 October 2021
މިކިޔަނީ ބަސްއަހާށޭ ކަނޑުދަތުރު ނުކުރާށޭ ގޭންބޭރައްނުދާށޭ ބަނބުކެޔޮ ތޮޅިޔެއް ފިހެގެން ކާލުންވެސް މާރަނގަޅުވާނެ މިދުވަސްކޮޅު ބޯވަނަގަން ދިޔުމައްވުރެ މިއަދު ހެނދުނުވެސް މީހަކު މަރުވެއްޖެ ތޮށިގަނޑުމަތިންވެއްޓި މަސްބާނަން އުޅެނިކޮން ރޭގަ ސައިކަލެއް ގޮސްފާރުގަޖެހިފަ މީހަކު މަރުވެއްޖެ އިއްޔެގަ ގޯންޏަކައްލާފަ މީހަކު އޮތީ މަރާލާފަ އޭގެ އަނެއްދުވަހު އަންހެނަކާ ހަތަރު އަހަރުކުއްޖެއް މަރުވެއްޖެ ލޯންޗުއްވެއްޓި މިއަދު ތިނަދޫން ތިންމަހު ކުއްޖެއްމަރުވެއްޖެ
ބޮއިހަލާކު
18 October 2021
ކީއްކުރާނީ ހަބީބުބޭ..މިއުޅޭ މީހުންނަކަށް އަޑެއް ނީވޭ އެއްގޮތަކަށްވެސް..ދައްކާ ވާހަކަ އެއް ކަންފަތުން އަޑު އަހާފަ އަނެއް ކަންފަތުން ބޭރުވަނީ..ކަނޑުގަ އަޅާ ރޮނގެއް ފަދައިން...
މަށަކަށް ނޭނގޭ އެކައްޗެއްވެސް
18 October 2021
ކޮންމެސް މީހެއް ބުނެދީބަލަ އެބުނާ ވާދޫ ކަނޑަކީ ކޮން އަތޮޅެއްގައި އޮންނަ ކަނޑެއްކަން
ރަދީފްއޮފިޝިއަލް
18 October 2021
މާލެއިން ދެކުނުން އޮންނަ ޗެނެލް އެއީ ވާދޫ ކަނޑު.ވާދޫއޭ ބުނީމަ ބްރަދާއަށް ހީވަނީ އެއީ ގދ.ވާދޫ ކަމަށް ތަ؟؟!!
މޮހޮންދުރަސީދު
18 October 2021
ކަލޭ ދަސްކޮށްބަލަ ދެން. ތިއޮތީ މާލެ ހުޅަނގު ދެކުނު ފަރާތުގަ ކުޑަކުޑަ ރަށެއް މިހާރު ރިޒޯޓެއް ހަދާފަ. އެއީ ވާދޫ. ޖެހިގެން އިރަށް އެއޮތޔީ ކްރޮސް ރޯޑް. އެސަރަހައްދުގެ ކަނޑަށް ކިޔަނީ ވާދޫ ކަނޑު.
ގޯނިބޭ ކުޑައަލީ
18 October 2021
ކޮން ފޮންޏެއް ދައްކަންތަ މިވެރިން މި ތެޅި ބާލާނީ ކަމާބެހޭ ފަރާތްތަކުން ނުދާށޭ ގޮވަގޮވަ ތިއްބާ. މިހާރު އިންނާނެ ރަނގަޅަށް ވިއްޔާ ކޮންމެވެސް ހޮޓަލެއްގަ ފޮނި ކަނޑަން ވިއްސަކަށް ބޯވާ ނެގީމޭ ކަސްރަތު ކޮށްލަން ވާދޫ ކަނޑުތެރޭގަ ފަތާލީއޭ ކިޔާފަ.
ރަދީފްއޮފިޝިއަލް
18 October 2021
ކަލޯ ގޭގަ ނިދަން އޮވެބަލަ.މޫސުމް ރަނގަޅުވީމަ ބޯވަ ހިފަން ދެވިދާނެ.ދެން ވެސް ބަސްއަހައިގެން ރީތިކޮށް ގޭގަ އިނދޭ.ކަލޯ ގެއްލުނު ނަމަ އެއީ މަމެން ހުރިހާ ރައްޔަތުން އެކަމާއި ހިތާމަކޮށް ކަރުނަ އަޅާނެކަމެއް.ބޯވަ ކާހިތުން ހުރިނަމަ ކަންމަތީ ފިހާރައަކުން އެތިކޮޅެއް ގަނެލާ.ވ.ވެދުން