ސިންގަކް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ދައްކައިދޭ ފޮޓޯއެއް. ރާއްޖޭގައި ގެންގުޅުން މަނާކުރާ ބާވަތްތަކުގެ ލިސްޓް ދިގުކުރެވޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން މިއަދު ފާސްކުރި.-- ފައިލް ފޮޓޯ / މިހާރު
20 އޮކްޓޯބަރ 2021 - 20:31
ރާއްޖޭގައި ގެންގުޅުން މަނާ، ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓަށް ބާވަތްތައް އިތުރުކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ގޮތަށް ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތިމާވެށި ރައްކާތެެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ ކޮމިޓީން ގެނައި ތިން ބަދަލަކާ އެކުގަ އެވެ.
މިދިޔަ މާޗްމަހު މަޖިލީހަށް އެ ބިލުގައި އޮތީ މިހާރު އަމަަލުކުރަމުން އަންނަ ގާނޫނުގެ އަށް ވަަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ސިންގަލް ޔޫޒް ޕްލާސްޓިކް ރާއްޖޭގައި އުފައްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށެވެެ. އެގޮތުން މަނާކުރާނެ ބާވަތްތަކަކީ ރައީސުލް ޖުމްހޫރިއްުޔާ އެކުލަވައިލައްވާ ލިސްޓެއްގައި ހިމެނޭނެ ބާވަތްތަކެވެ. އެކި މަރުހަލާތަކަކަށް ބަހާލައިގެން ލިސްޓް އެކުލަވައިލެއްވުމުގެ ފުރުސަތު ރައީސަށް ލިބިދޭ ގޮތަށް އޮތް އެ މާއްދާގައި ބުނެފައިވާ ގޮތުން، އެފަދަ ފުރަތަމަ ލިސްޓް މިއަަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެކުލަވައިލާ ގެޒެޓްކުރަން ވާނެ ކަމަށްް ވެސް އެމާއްދާގައި ބުނެފައި ވެ އެވެ.
އެކަމަކު މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެ ބިލު ދިރާސާކުރި އިރު އެ މާއްދާއަށް ދެ ބަދަލެއް ގެނަ އެވެ. މަޖިލީހުން މިއަދު ބިލު ފާސްކުރީ އެ ބަދަލުތަކާ އެކުގަަ އެވެ. ކޮމިޓީން ގެނައި ފުރަަތަމަ ބަދަލަކީ ރައީސް އެކުލަވައިލާ ލިސްޓްގައިވާ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމެވެ. އަނެއް ބަދަލަކީ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާކުރާ ބާވަތްތަކުގެ ފުރަަތަމަ ލިސްޓް އެކުލަވައިލުމުގެ މުހުލަތު އަންނަ ޖެނުއަރީ އާ ހަމައަށް އިތުރުކުރުމެވެ.
ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
23 October 2021
ޕާން ލާ ކޮތަޅު އެތެރެނުކުރެވޭ އެކަމަކު ކޮތަޅަށް ލާފަހުންނަ ޕާން އެތެރެކުރެވޭ. މީގެން މަނާ މިކުރެވެނީ ޕްލާސްޓިކުބާ ނުވަތަ ޕާން ބާ؟
ލުތުފީ
21 October 2021
ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމަކީ ރަގަޅުކަމެއް. އަދި ޕްލާސްޓިކް އަދި އެހެންވެސް ކުނި ކަނޑަށް އެޅުމާއި ހިތައްއެރިހާތަނަކަށް ކުނިއުކުން ހުއްޓުވުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަރަށް ފުޅާދާއިރާއެއްގަ ހިންގަންޖެހޭ. އަދި އުޞޫލާ ޚިލާފަށް ކުނިއަޅާ މީހުންނަށް އަދަބުދޭންވެސްޖެހޭ.
ހަދަނީދޯ
20 October 2021
ްައަލިފާން ރޯވާނީ އެއީ އެތަނެއްގައި އޮކްސިޖެން ހުރެއްޖެނަމައޭ ދެން ދުނިޔެއަށް ނުރައްކާތެރި އެއްޗަކީ އަލިފާން ކަމަށްވުމާއި އެކު މަޖްލީހުން މާދަމާ ރާއްޖޭން އޮކްސިޖެން އެޓްމޮސްޕިއަރ ތެރޭން ނައްތާލަން ގޮވާލާ ގާނޫނެއް ފާސް ކުރާނެތޭ ކުރިނަމަވެސް އެކަން ކުރެވޭނެބާ ހަމަ އެއާއި އެއްގޮތް އެއްޗެކޭ ޕްލާސްޓިކް އެއީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއް ކަމަށް ތަމެން ތިޔާ ބުނަނީ ކަރުދާސް ކޮތަޅު ހަދަނީ ކޯއްޗަކުންތޭ އެއީ ގަހުންނޭ ދެން ގަސް ތައް ކަނޑައިގެންނޫންތޭ
ލުތުފީ
21 October 2021
ބުރޯ... މީތި ކަޑައޭ