23 އޮކްޓޯބަރ 2021 - 15:29
ޕީކް ސީޒަން ފެށޭ އިރު ރާއްޖެއަށް 33 އެއާލައިނަކުން މިހާރު ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފްލައިޓް އަންނަނީ ގަތަރާއި އެމިރޭޓްސް އިންނެވެ. ޕީކް ސީޒަނާ ދިމާކޮށް އަންނަ މަހުން ފެށިގެން އިތުރު އެެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް ރިސޯޓުތައް ހިންގާ ފަރާތްތަކުން ލަފާކުރެ އެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް 28 އެއާލައިނަކުން ދަތުރުކުރި އެވެ. ނަމަވެސް ކޮވިޑް ފެތުރެން ފެށުމުން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މެއި މަހު ރާއްޖެއަށް ހުއްޓާލި އެވެ. އެއަށްފަހު އަނެއްކާވެސް އެއާލައިންތަކުގެ ދަތުރުތައް އިތުރުވީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 960،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުންގެނައުމެވެ. އެ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 October 2021
ކ.އަތޮޅު މާލޭ އެއަރޕޯޓް ނޫން އެއަރޕޯޓެއް ތަރައްޤީ ނުކުރާން ރައީސް އޮފީސް ތެރޭގައި ހުންނެވި އެވިއޭޝަން އެޑްވައިޒަރު ދަނީ ލަފާދެމުން. # މިސަރުކާރުގެ މުހިންމު ހުރިހާމަޤާމްތަކެއްގައި ކ.އަތޮޅު މާލޭ މީހުން ތިބެ އެމީހުންދަނީ އެމީހުންގެރަށަށް ކަންކަންފަހިވާގޮތަށް ސިޔާސަތު ކަޑައަޅަމުން. # ގޭންއެއަތޕޯޓަށް ސްރީލަންކަންގެ ޝެޑިއުލް ދަތުރު ފެއްޓުމަށް ކާރީގައި ހުރި ޑޮމެސްޓިކް އެއަރޕޯޓް ތަކަށް ކަނެކްޝަން ހަދާދޭން Q2 އެއްބަސް ވެފައި މިހާރު އެކަން ކެންސަލްކޮށްފި.!
މިއާ
23 October 2021
ތި އަންނަ މީހުން ނިންމަން އިމިގްރޭޝަން ގަ ތިބެނީ 12 މީހުން. މުއައްޒިފުން އިތުރެއް ނުކުރޭ...
އޮނަރަބްލް އަފީފު ދީދީ
23 October 2021
ރާއްޖެއަށޭ ނުކިޔާ ކ.އަތޮޅު މާލެއަށޭ ކިޔާބަލަ!! ރާއްޖެއަށޭ ބުނީމާ "ރާއްޖެތެރެ" ވެސް އެއީ ރާއްޖެކަމަށްހީކޮށް ތިޔަބޯޓްތައް ހަނިމާދުއާއި ގޭން އަށް ޖައްސާކަމަށް ބައެއްމީހުން ހީކުރޭ. # ނޫސްތަކުންވެސް މިފަދަ ޙަބަރުގެނެސްދޭއިރު މީހުނަށްނޯޅޭގޮތަށް މައުލޫމާތު ގެނެސްދިނުން ރަނގަޅު. ތެދުފުޅެއް ސުރުޙީގައި "ރާއްޖެ" އޮތީމާ އެއީ މާލެ ކަމާއި "ރާއްޖެތެރެ" އެއީ ރާއްޖެ ކާއީގައި ހުންނ އަތޮޅު ތަކެއްކަން އިގެންޖެހޭ. އެކަމަކު އަދި އެންމެނަކަށް އެކަން ޤަބޫލެއް ނުކުރެވޭ.
ފަހާފޮށި
23 October 2021
އޭގެން އިސްތިސްނާވަނީ ރާއްޖެބަލި އެކަނި. އެނޫނީ ރާއްޖެ ކިޔާ ހުރިހާ އެއްޗެއް އޮންނަނީ މާލެއަށް ހާއްސަކުރެވިފަ.
ޓީމް
23 October 2021
ޢަފީފުމެންކަހަލަ މީހުންނަށް ތިހެންހީވުމަކީ މައްސަލައެއްނޫން. މިބުނިއެއްޗެއް އެގިއްޖެދޯ.