ގުބާދު: އޭނާ މިއަދު ވަނީ މަގާމުން ވަކިކުރައްވާފައި.---ފޮޓޯ: ރައީސް އޮފީސް
06 ޑިސެމްބަރ 2016 - 16:14
އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު އެ މަގާމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަކިކުރައްވައިފި އެވެ.
ގުބާދު "މިހާރު" އަށް ވިދާޅުވީ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުބާދު ވިދާޅުވީ މަގާމުން ވަކިކުރެއްވީ އޭނާ ޕީއެޗް.ޑީ ނިންމެވިތާ ގާތްގަނޑަކަށް ފަސް ދުވަސް ފަހުން ކަމަށް ވުމުން އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ގުބާދު ޕީއެޗްޑީ ނެންގެވީ އިސްލާމީ އަގީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުންނެވެ. ޕީއެޗްޑީ ހެއްދެވީ ތުރުކީގެ ޔުނިވަސިޓީއަކުންނެވެ.
ގުބާދު މަގާމުން ވަކިކުރެއްވީ، ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ހުކުރުދުވަހުގެ ހުތުބާ ލިޔުއްވުމުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް އޭނާ ދޮގުކުރައްވަ އެވެ.
ހުތުބާ ފާސްކުރާ ކޮމިޓީގައި ވެސް އިންނަވާ ގުބާދު ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ހުތުރު އަމަލާ ދެކޮޅު ހުތުބާ ލިޔުއްވުމުގައި ވެސް އަދި އެ ފާސްކުރުމުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
"ހުތުބާ ދިން އިރު އަޅުގަނޑު ހުރީ 11 ދުވަހުގެ ޗުއްޓީއެއްގައި. ކޮންމެ ހަފުތާއެއްގެ ހުތުބާ ވެސް ލިޔުމަށް ފަހު ކޮމިޓީ އަށް ގެންނާނެ. އެހެންވީމަ ތިޔަ ވިދާޅުވާ ހުތުބާ ފާސްކުރި ކޮމިޓީގައި ވެސް އަޅުގަނޑެއް ނުހުންނާނެ އެއީ އަޅުގަނޑުގެ ޗުއްޓީ ދުވަސްވަރަށް ވުމުން،" ގުބާދު ވިދާޅުވި އެވެ.
ގުބާދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ފަހުން އައި ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނަސް
24 December 2016
ހަމަ ތިގޮތައް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މިހާރުގއ ވެރިޔާވެސް ބަދަލު ކޮއްލަ ދެއްވުން އެދެން.
އެސޮރު
08 December 2016
ގުބާދު ހުރި ނަމަ ހުތުބާ ފާސްވިޔަ ނުދިނީސް................................. އެނަޔަކީ އޭނަ.....
މުޙައްމަދު
08 December 2016
ޑރ ޤުބާދު ޕީއެޗްޑީ ހެއްދެވި ޔުނިވަރސިޓީ ރަޖިސްޓްރީ ކޮށްފައި އޮންނަނީ ދިވެހި ރާއްޖޭގެ ހައިއެޑިޔުކޭޝަން ގައި ކަމަށް އެ ޔުނިވަރސިޓީ ގެ ވެބްސައިޓް ބުނެއެވެ. އެއީ އޯޕެން ޔުނިވަރސިޓީއެކެވެ.
ތިޖޫރި
07 December 2016
2013 އިންތިޚާބް އެމްޑީޕީ ކާމިޔާބް ކޮށްފާނެހެން ހީވިތަނާ ހަރުގެ އިން ފެންނަންފެށި. ޕީޕީއެމް އަށް ސޮއި ކުރަން އަވަސްވެގަތީ އިންތިޚާބް ކާމިޔާބް ވުމުން. އަގީދާ އިން އަދި މަތިމައްޗަށްވެސް ޕީއެޗްޑީ ނަގަންވީ. ޢެކޮޅުމަތިން ގަނޑުވަރު ލިބުނު އަދަދު އެނގޭނީ ދެފުޅި އަށް.
ޔާމޫނު
07 December 2016
ކޮރަޕްޝަން އާއި ރުޝްވަތުގެ ވާހަކަ މި ރާއްޖޭގައި ދައްކާގެން ނުވާނެ އެވެ.
ޑރ. ޑޮކްޓަރ
07 December 2016
ގުބާދު އަމިއްލަފުޅަށް ޑރ. ގެ ލަގަބު ބޭނުންފުޅުކުރައްވާތާ ވީ ދުވަހެއް ދަނަވާކަށް ނޭނގެއެވެ. މިހާރު ނޫހުގެ މި ޚަބަރުން އެނެން އޮތް ގޮތުގައި ގުބާދު ވިދާޅުވި ކަމަށް ވަނީ ޕީ އެޗްޑީ ހެއްދެވިތާ އެންމެ ފަސްދުވަހުގެ ފަހުން މަގާމުން ވަކިކުރިކަމަށެވެ. އެހެންވީމާ، މިއީ ދެވަނަ ޕީ އެޗްޑީ ތާއެވެ. އެހެން ވެއްޖެކަމަށް ވަނީނަމަ، ރާއްޖޭގައި މިހާތަނަށް ޑަބަލް ޕީއެޗްޑި ހެއްދެވި ފުރަތަމަ ބޭފުޅާއަށް ގުބާދު ވެ ވަޑައިގެންނެވީތާއެވެ. ނިކަން މިވާގޮތެއް ކޮންމެވެސް ބޭފުޅަކު ސާފުކޮށްދެއްވަބައްލަވާށެވެ.
ސަބުރާ ( ދޮންބެ)
07 December 2016
މުޙައްމަދު ގުބާދު އަބޫބަކުރު ވަކިކުރަން ޖެހުނީ "ވަރަށް މުޢުތަބަރު ފަރާތަކުން ބުނެފައިވަނީ" މިދިޔަ ހުކުރު ދުވަހު މިސްކިތްތަކަށް ކިޔަންފޮނުވި ޚުތުބާގެ މައްސަލާގައެވެ. އެޚުތުބާގައި ވަނީ ކޮރެޕްޝަންގެ ވާހަކައެވެ.
ޢަލީ
07 December 2016
"ހުތުބާ ފާސްކުރާ ކޮމިޓީގައި ވެސް އިންނަވާ ގުބާދު ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ހުތުރު އަމަލާ ދެކޮޅު ހުތުބާ ލިޔުއްވުމުގައި ވެސް އަދި އެ ފާސްކުރުމުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ." މިހެންވެ ދޯ ދެބޯގެރިންނަށް ވަނީ..! އެހެންވެގެން ވަކިކުރިނަމަ ފަހުރުވެރި ވާންޖެހޭ... ﷲ(ސވ) ހެޔޮވިސްނުން ދެއްވާށިއެ!
ބ.އަތޮޅު
07 December 2016
އެކަމަކު ވަކިކޮށްފި ނުން...
ހައްސަ
07 December 2016
ޔޭސް! ބަތްކައްކާ، ޙާއްޤު ހޯދަންއުޅޭ ޙައްޤު ދައްނަބަޔާކީވެސް ހަމައެކަނި އެމް.ޑީ.ޕީ . އެގޮތުން ޙައްޤު ހޯދަންވެގެން ރާއްޖޭގެ އެތައް ޕޮލިސް ސްޓޭޝަން އާއި، ޚޯޓްތަކެއް އަންދާ އަޅިއަށްހަދާ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ރާއްޖެއަށްދިނީ.
ދޮން އާމިރު
07 December 2016
ބަގާވާތުގެ ގެއްލުން މާބޮޑު.. ޙިޔާނާތުގެ ގެއްލުން މާބޮޑު.