އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ދީދީ އައްޔަންކޮށްފި

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝައިހް މުހައްމަދު ދީދީ އަނެއްކާވެސް އައްޔަންކުރައްވަައިފި އެވެ.


މުހައްމަދު ދީދީ ކުރިން ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ނަމަވެސް އޭނާ ނިސްބަތްވި އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވުމާ ގުޅިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

އޭނާ އަލުން އެ މަގާމަށް އައްޔަންކުރެއްވިއިރު މިދިޔަ މެއި މަހު އޭނާ ވަނީ ވެރިކަން ކުުރާ ޕާޓީ، ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.

ދީދީއާ އެކު އިސްލާމިކް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.