އޭސީސީން ކުރިން ބޭއްވި މީޑިއާ ބްރީިފިން އެއްގައި އެކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ. މަޖިލީހުގެ ިމިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭނާ މިއަދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ މިމަހު ނިންމާނެ ކަމަށް--ފޮޓޯ:އަލީ ނިޝާން/މިހާރު
26 އޮކްޓޯބަރ 2021 - 14:12
ދުބާއީގެ ކުންފުންޏަކާ ހަވާލު ކޮށްގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކެއް ނުލިބި، ދައުލަތުގެ ފައިސާ ގެއްލުނު މައްސަލައިގެ ތަހުގީގު އަލުން ކޮށް، އެ މައްސަލައިގައި ދައުވާކުރަން ދެވަނަ ފަހަރަށް ފޮނުވުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްްވަމުން އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަގުގީގަށް ނަގަން ޖެހޭ ހުރިހާ ބަޔާންތަކެއް މިހާރު ނަގައި ނިމންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނިންމާނީ ބަޔަކާ ދެކޮޅަށް އަލުން ދައުވާ ކުރަން ފޮނުވާ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅުވެއް ނުވެ އެވެ. ވިދާޅުވީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި އަނބުރާ ފޮނުވައިލި އިރު ޕީޖީ އޮފީހުން އެދުނު ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
"ވެންޓިލޭޓަރު މައްސަައިގައި މިހާރު ހުރިހާ ބަޔާންތައް ނަގައި [ނިމިއްޖެ]. އިންފެކްޓް މި މަސް ނިމުމުގެ ކުރިން އެ ކޭސް އަޅުގަނޑުމެން ނިންމާނަން،" ޝިއުނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރު އަދި މަޖިލީހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ކުރެއްވި ސުވާލަކަށް ޝިއުނާާ ދެއްވި ޖަވާބާ ގުޅިގެން އޭނާ ދެވަނަ ފަހަރަށް ކުރެއްވި ސުވާލުގައި އެއްސެވީ އެ މައްސަލަ ނިންމާނީ ދައުވާ ކުރާ ގޮތަށް ތޯ އެވެ. އެކަމަކު، އެ ސުވާލަށް ޝިއުނާ މާ ސާފު ޖަވާބެއް ނުދެއްވަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފުރަތަމަ ނިންމެވި އެވެ. ނަަމަވެސް ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުކޮށް، ކުރިމަތި ކުރި ފިއްތުންތަކަށް ފަހު މައްސލަަ އަލުން މުރާޖައާކޮށް، އޭސީސީ އަށް އެންގީ އިތުރަށް ތަހުގީގު ކުރުމަށެވެ.
"ޕީޖީން ރިވިއު ކުރައްވާފައިި ދެ ކަމެއް ފާހަގަ ކުރެއްވި އަޅުގަނޑުމެންނަށް. އެގްރިމެންޓްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަންތައްތަކެއް ހިނގާފައި ހުރީމާ އެ ކަންތައް އިތުރަށް ތަހުގީގު ކޮށްފައި ފޮނުވައި ދިނުމަށް އެދުނީ. އަދި ފައިނޭޭންޝަލް މައުލޫމާތުތަކާ އެކީގައި އެބައި ތަހުގީގުކޮށްފައި ފޮނުވަން،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އޭސީސީން ދެވަނަ ފަހަރަށް މައްސަލަ ތަހުގީގުކުރީ އެ ދެކަންތަކަށް ފޯކަސް ކޮށްގެންނެވެ.
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލު ކޮށްފައިވާ ގޮތް ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވައިލީ މިދިޔަ އަހަރު އެވެ. ޕީޖީން ފުރަތަމަ ނިންމީ އެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާކުރެވެން ނެތް ކަމަށެވެ. އެކަމަކު ފަހުން ނިންމީ އޭސީސީން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
ވެންޓިލޭޓަރުތައް ގަންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިޔަން ރުފިޔާާ ދިވެހި ދައުލަތުން ދިން ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނެސް ނުނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
26 October 2021
ވެންޓިލޭޓަރު މިހާރު ރާއްޖެއަށް ބޭނުންނުވާތީވެ އެމައްސަލަ އޮއްބާލަން ނިންމަވާ. ތިކަން ކުރިޔަށް ގެންދިއުމުގެ ޚަރަދު މާބޮޑުތޯއްޗެއް.
ގުދުގުދުލީބެއްޔާގެ ތެދުބަސް
26 October 2021
ކަނބުލޯ! މިމަސް މިނޭން ދެން އޮތީ 5 ދުވަސް. ނަމަނަމަ މިނިމަމްވޭޖަށް ހެދިގޮތްނަހާދާތީ، މިދައުރުގެ އާއްމު އުސޫލުގެމަތިން.
ނަންރީތި
26 October 2021
ގަސްދޮށައްވެއްޓޭ ބިލެތާއި ސުވާލްކޮއްލަބަލަ ނެގިފަޅުރައްތަކުގެ މައްސަލަ ދައުވާކުރައްވަން ކެރޭނެތޯ ތިޔަބުނާވެންޓުލޭޓަރ ތަކަކީ މީދާކާލި އެއްޗެއްގެ ކޮންތަހުގީގެއްތޯ ހިގަނީ
ނޮޑު ސުވާލު
26 October 2021
ކޮބައިތޯ ކުރީގެ މިނިސްޓަރު އަމީން؟ އެބޭފުޅާ ވީތަނެއް އިނގޭ ރައްޔިތެއް އެބަހުރިތޯ؟
ލަންޑަން
26 October 2021
އޭން މިހާރު ދިރިއުޅެނީ އިގިރޭސި ވިލާތުގަ. އެކަމަކު އަންނިއަޢްވރެ ރަގަޅުދޯ. ދައުލަތުގެ ޚަރަދުގައެއްނޫން އުޅެނީ.
ޑޭޓް
26 October 2021
މިމަސްވެސް ނިމެނީ އިނގޭތޯ! މިއަދު 26.