ހައި ކޯޓް: ދަރިއެއް ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބެލެން ނެތް ކަމަށް ހައި ކޯޓުން ވެސް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
26 އޮކްޓޯބަރ 2021 - 14:40
ދަރިއެއް ނޫން ކަމަށް ބުނެ ޑީއެންއޭ ބޭނުން ކޮށްގެން އެކަން ސާބިތުކުރަން 35 އަހަރު ފަހުން ހުށަހެޅި މައްސަލައެއް ބެލެން ނެތް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ފެމިލީ ކޯޓަށް 2011 ގައި ފިރިހެނަކު މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ އަންހެނުން 1976 ވަނަ އަހަރު ވިހެއި ފިރިހެން ކުއްޖަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ އެވެ. އޭރުގެ ދަރިފުޅުގެ އުމުރުން 35 އަހަރު ވެފައިވާތީ ފެމިލީ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ 2013 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް އެ މީހާގެ ފަރާތުން މިދިޔަ އަހަރު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ އެއީ އޭނާގެ ދަރިއެއް ނޫން ކަން ޑީއެންއޭ ބޭނުންކޮށްގެން ސާބިތު ކުރުމަށެވެ. އެއީ އޭރު އަންހެން މީހާ މަރުވެފައިވާތީ އެވެ.
ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ، ފެމިލީ ކޯޓުން ބަލައިނުގަތުމަށް ނިންމީ ދަރި ނަފީ ކުރުމަށްޓަކައި ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ހަމަވެފައިވާތީ އެވެ.
އެ މީހާ ބުނެފައިވާ ގޮތުން މައްސަލަ ހުށަހެޅުން ލަސްވީ އެއީ އޭނާގެ ދަރިއެއް ކަމަށް ރަސްމީ ލިޔުންތަކުގައި އޮތްކަން އޭނާއަށް ނޭނގޭތީ އެވެ. އަދި އަންހެން މީހާ ވަރިކުރި ފަހުން ދަރިއަކު ލިބުނު ކަން އޭނާއަށް އަންގާފައި ނެތުމުގެ އިތުރުން އެ ދަރިފުޅަށް ޚަރަދު ކުރަން އެދިފައި ނެތް ކަމަށް އެ މީހާ ބުނެފައިވެ އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ކުއްޖާ ވިހާފައިވަނީ ދަރިލެއްވުމުގެ މުއްދަތުގެ ތެރޭގައިކަން އެ ފިރިހެން މީހާގެ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި ދަރިލައްވާ މުއްދަތުގައި ކުއްޖަކު ވިހާފައިވުމަކީ އެ މީހަކަށް އެ ދަރި ނިސްބަތްވާނެ ކަމުގެ ޝަރުއީ ހުއްޖަތެއް ކަމަށާއި އެކަން ނަފީ ކުރެވޭނީ ލިއާން ކޮށްގެން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ރާއްޖޭގައި ދަރިލެއްވުމުގެ އުސޫލުތައް ކަނޑައަޅާފައިވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ދަރި ނަފީ ކުރުމަކީ ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަމަކަށް ވާއިރު، އެ ފިރިހެން މީހާގެ ފަރާތުން އަމަލުކުރި ގޮތަށް ބަލާއިރު ސީރިއަސް ކަމެއް ފެންނާކަށް ނެތެވެ.
އެގޮތުން އެ މީހާ ދަރި ނަފީކުރަން ފުރަތަމަ މައްސަލަ ހުށަހެޅީ ދަރިފުޅުގެ އުމުރުން 35 އަހަރު ވެފައި ވަނިކޮށް ކަމަށް ވުމާއި އެ މައްސަލަ ބޭރުކޮށްލުމުން ދެވަނަ ފަހަރަށް އޭނާ މައްސަލަ ހުށަހެޅީ އޭގެ ހަތް އަހަރު ފަހުން ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
28 October 2021
ޑީއެންއޭ އަކީ ސްޕްރީމް ކޯޓުން މިހާރު ބަލައިގަންނަ ސޮލިޑް އެވިޑެންސެއް، އެހެންވީމާ ސްޕރީމް ކޯޓާ ހަައަށްވެސްދާނ ފެނޭ. ގިނަަފަހަަހަރުަ ފިރިހެނުން މަސްލަހަތަށް ބަލާ މިފަދަ ދަރިން ބަލައިގަނޭ، އެކަމަކު ހަޤީގަތް އެނގުން މުހިއްމު.
ޖާޑި
28 October 2021
މަހީކުރީ ޑީއެންއޭ އަކީ މިއުޅޭ އުމަރު ހަދައިގެން އުޅޭ ޕާޓީއެއް ކަމަށް
އިބްރ
27 October 2021
ދެން ތިޔާކަމާއި ނޫޅުއްވާ މަޑުކުރައްވާ. ދުނިޔޭން ތިޔަލިބިލެއްވި ގެއްލުމުގެ ބަދަލު ﷲ އިރާދަކުރެއްވިއްޔާ މަނިކުފާނަށް ލިބޭނެއެވެ.
ސޭކުސްތާން
27 October 2021
މަރީން ތިމާއާ ގުޅުމެއް ނެތް މީހަކާ މިހާތަނަށް ޑީއެންއޭ ދިމާވެފަ ހުރިިތޯ އާ އެހެން ވެފަ ހުރީ ކިތައް ފަހަރުތޯ ބުނެދީބަލަ ހެއްކާ އެކު...
ފެއިމް
27 October 2021
މީ ދެން އިންސާފުތަ؟ ކީއްވެތަ ޑީއެންއޭ ބޭނުން ނުކުރެވެނީ؟ އަހަންނަށް ވަރަށް ޔަގީންކަމާއެކު ބުނަން އިނގޭ ދިވެހި ހަތަރު ފިިރިހެނުންނަށްވުރެ ޑީއެންއޭ އަށް އިތުބާރު ބޮޑު މަށަށް!
ށަވިޔަނި
27 October 2021
ފެއިމް މިއީ އިތުބާރުގެ މައްސަލައެއް ނޫން. ޝަރީޢަތުން ވަކިކުށެއް ސާބިތުކުރުމަށް ނައްޞުން ވަކިގޮތެއް ކަނޑައެޅިފައިވާކަމެއް އެނޫންގޮތަކަށް ސާބިތު ނުކުރެވޭނެ ކަމަށް އުއްމަތުގެ ކުރީގެ އަދި ފަހުގެ ވެސް އިތުބާރުހިފޭ ޢިލްމުވެރިންބުނަނީ. އެހެންވީމަ ކޯޓަކުން ޑީއެންއޭ އަށް ނުބަލާނެ. ޒިނޭގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ސާބިތުކުރެވި އަދަބެއް ދެވިދާނެ ކަން. އެއިން ދަރި ލައްވައެއްނުލާނެ. ފިރިހެންމީހާއަށް ގާނޫނީ އަދަބެއް ދެވޭނީ.
އަލްމަލަސް
28 October 2021
ޑީ އެން އޭ އަށް އިތުބާރު އޮތަކަސް ޑީ އެން އޭ ހައްދަން ހުށަހަޅާ ފިރިހެނާ އާއި ޑީއެންއޭ ސާމްޕަލުނަގާ ފިރިހެނާ އާއި ސާމްޕަލު ދޭ ފިރިހެނާ އާއި ރިޕޯޓު ތައްޔާރު ކުރާ ފިރިހެނާ އާއި އެ ދޫ ކުރާ ފިރިހެނާ އާށް ވެސް އިތުބާރު ނެތް ވާހަކަ ނޫންތޯ ތިޔަ ވިދާޅުވަނީ،، އަޅުގަނޑުމެންނަކީ 500ރ އަށް ވޯޓުގަނޑެއް ވިއްކަ ވިއްކާ ތިބޭ ބައެއް ނޫންތޯ، އެހެންވީ އިރު މިކަހަލަ ރިޕޯޓެއް މަދު ލާރިކޮޅަކަށް ބަދަލު ކޮށްލަން ފަހަކަސްވެސް ނުޖެހޭނެ ނޫންތޯ،،
މަރީން
27 October 2021
ޑީއެންޢޭ ކިޔާ ކޮމެންޓް ކުރާމީހުން ޑީއެން އޭ އަކީ ކޮބާކަމާއި ޑީއެން ޢޭ ބައެއްފަހަރު ތިމާއި ގުޅުމެއްނުވާ މިހުންގެ ޑީއެންއޭ އާއި ދިމާވާކަމާއި މިޑިކަލީ މިކަން އޮންނަގޮތް ކޮންމެވެސް ވަރަކަށް އޮޅުން ފިލުވާލުން މުހިއްމު ، އޭރުން ތިޔަ ބޭކާރު ކޮމެންޓްތަށް ނޭގޭހާލު ކުރާކަށް ނުޖެހޭނެ
ސަލީމު އިދުރީސް
27 October 2021
ކާޅުހާލި ހެދީމަ ކޮވެލި ބިސްއަޅަންވީ، ދުނިއެއަށް އިލުމުގެ ގަދަ އަލިވިޔަސް ބައެއް ބައްރުތައް އަދިވެސް އޮތީ ޖާހިލުކަމުގެ އަނދިރީގަ!
ބަރެނާ
26 October 2021
ޑީއެންއޭ މެދުވެރިކޮޑް ބަފާ ކަށަވަރު ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް. އަދި އިސްލާމްދީނުގަވެސް އޮތީ މަސްލަހަ އަލް މުރުސަލާ އިސްކުރުން. ޑީއެންއޭ ގަބޫލު ނުމުރުމުގެ ނަތީޖާ އަކީ އެއީ އަންހެން ދަރިއެއް ނަމަ ޑީއެންއޭ ދިމާވާ ބައްޕައާ ކައިވެނި ހުއްދަ ވާނެތީ! މިވަރު ބޮޑު މުންކަރާތެއް ހުއްޓުވެން އޮތީ ޑީއެންއޭ އިން ކަށަވަރު ކޮށްގެން ކަމަށްވާނަމަ އިސްލާމު ދީނުގައި އެކަން މަނާވާނެ ތޯ؟
މިހާރު!
27 October 2021
ޑީ އެން އޭ އަކީވެއް ނުފޫޒުހިންގަގެން ބަދަލުކުރެވިދާނެ އެއްޗެއް!.
ނާބެރަ
27 October 2021
އިސްލާމީ ޝަރީޢަތުގަ ޒިނޭގެ «ބައްޕަ» އޭ ތިބުނާ ފަރާތަކީ ޝަރުޢީގޮތުން ބައްޕަ ކަމަށް ނުބަލާނެ، އަދި މުދާވެސް ވާރުތަ ނުވާނެ! ދެން ކޮން މޅު ވާހަކަ އެއް
ހުސެންް
27 October 2021
މިހާރު!އެވެ. ނުފޫޒޭ ކިޔައިގެން ތިދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. އަމިއްލަ ދަރި ތިމާއާއި އެއްގޮތްކަމާއި މިޒާޖާއި ބައެއްސިފަތަކާއި މިހުރިހާ ކަމެއްވެސް ތިމާއަށް އިހުސާސް ކުރެވޭނެއެވެ. އަދި ވިސްނާ ފިކުރުކުރާ އެހެން މީހުނަށްވެސް އެކަންތައްފެނި ފާހަގަ ކުރެވޭނެއެވެ. ނިކަން ތިމާގެ ދަރިއަށް ބަލާ ދިރާސާއެއް ކޮށްލަބަލާށެވެ! އޭރުން ތިމާއަށްކުރެވޭ އިހުސާސްތައް އެނގޭނެއެވެ. މިއީ ޓެކުނޮލޮޖީގެ ޒަމާނެވެ. އަހަރެމެން ޓެކްނޮލޮޖީ ބަލައިގަންނަން އެބަޖެހެއެވެ.
ސަލީމު އިދުރީސް
27 October 2021
500ރ ވޯޓުގަނޭވޭތަނެއްގަ ފައިސާހުމީހަކައް ހެކިންގަނެލުމަކީވެސް ވެދާނެކަމެއް! ޑިއެންނޭ ހެދިދާނެ ތަފާތު ހަތަރު ލެބޯރީއައްވުރެ ގިނަލެބޯޓުރީ ބޭނުކޮއްގެން ނަތީޖާ އެގޮތިއްޔާ ހަތަރުހެކިނައްވުރެ އެއްހާސްބައި ޑީއެންއޭގަ އިތުބާރު ބޮޑު ކަމުގަ ދެކެން
ބެލެން
26 October 2021
ރަނގަޅު ހުކުމެއް ތީ
ސުޕްރީމ
26 October 2021
ތިހުރިހާ ސަކަރާތް ނުޖަހާ ޑީއެންއޭ ހެދީމަ ވީއެއްނު
ލަމަޓާ
26 October 2021
އަމިއްލެއަށް ޑީއެންއޭ ޓެސްޓެއް ހަދާލާފަ ދެން ހަގީގަތް ގަބޫލުކޮށްލައިގެން 2 ފަރާތުންވެސް ތިބުން ބުއްދިވެރީ. ކޯޓުން ނުކޮށްދިނަސް އަމިއްލެއަށްވެސް ޑީ.އެން.އޭ ހަދައިގެން ކަމުގަ ޝާމިލްވާ 2 ފަރާތަށް އެމީހުންގެ ނަސްލު އިނގުން މުހިއްމު 35 ކީއްކުރަން 60 އަހަރު ފަހުންވެސް.
ސޭމްސޭމް
27 October 2021
ވެދާނު ވާރުތަ މުދާ ދަރި ބޭނުންވަނީ ކަމަށް...