މެދުސަފުހާ

ދުލުގައި ދައިގަނެވޭ ވަރަށް މުދަލުގެ އަގު ބޮޑުވެދާނެ!

ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި، ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ބާކީ ބޭންކްތަކުން ހޯދާ އިރު އެވްރެޖްކޮށް ޑޮލަރެއްގެ އަގު ޖެހިފައި ހުންނަނީ 16.90ރ. އަށް

މާލޭ ބާޒާރުމަތީ ސަރަހައްދުގައި މީހަކު މުދާތަކެއް އުފުލަނީ: ޑޮލަރުގެ އަގު ބޮޑުވެފައިވާ އިރު މުދާ ގެނައުމުގެ އަގު ވެސް އެހާ ބޮޑު -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެއް ވިޔަފާރިވެރިޔަކު ސިފަ ކުރި ގޮތުގައި މިހާރު މިއޮތީ ރިހޭ ފައިމައްޗަށް ފޮއިވެއްޓިފަ އެވެ. ހަމަ އަގުގައި ޑޮލަރު ނުލިބި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ހެސް ކިޔާފައި މައްޗަށް ގޮސްފައި އޮއްވައި، ވިޔަފާރިވެރިންނަށް ވަނީ އެހެން ކަމެއް ކުރިމަތިވެފަ އެވެ. އެއީ ކޮންޓެއިނަރު އުފުލާ އަގުތައް އަތް ނުފޯރާ ހިސާބަށް މައްޗަށް ދިއުމެވެ.

"ކަންކަން ގޯސްވެފައި އޮތް ހިސާބަކީ މިއަދު އަޅުގަނޑުމެން ވާހަކަ ދައްކައިފީމޭ ބައެއް މުދާ ގެންނާނީތޯ ނުވަތަ ނުގެންނާނީތޯ ވެސް. މިއީ ދުވަހަކު ވެސް އަޅުގަނޑުމެން އުފެއްދި ސުވާލެއް ނޫން،" ހޯލްސޭލް އާއި ރީޓެއިލްކުރާ ބިޔަ ކުންފުންޏެއްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

މައުލޫއުގެ ގޮތުންނާއި ވިޔަފާރީގެ ސިއްރުތައް ހިމެނޭތީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި އެއްވެސް ވިޔަފާރިއަކު ނަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، މުދަލުގެ އަގަށް، ޑޮލަރާ ގުޅިގެން އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކެވި އެވެ.

"އަންނަ ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އިއްޔެ މިދިނީ ޗައިނާގެ އެއް ކުންފުންޏަށް 10 ކޮންޓެއިނަރުގެ ސޯފާ. ސޯފާގެ އަގަކީ 90،000 ޑޮލަރު. މާލެއާ ހަމައަށް ގެންނަން 80،000 ޑޮލަރު،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"ކުކުޅު މިހާރު ރާއްޖޭގައި މި ހުރީ ކުރިން 28ރ. އަށް ވިއްކި ކުކުޅު ކިލޯއެއް 48-50ރ. އަށް. އެއްގޮތަކަށް ވެސް ކުކުޅު ބޮޑުވެގެނެއް ނޫނޭ އަގު ބޮޑުވެގެން މި އުޅެނީ. ކުކުޅު މާލެއާ ހަމައަށް ގެންނަން ހިނގާ ހަރަދު ބޮޑުވެގެން މި އުޅެނީ. މެލޭޝިޔާ އިން އައިސްކްރީމް ކޮންޓެއިނަރެއް ގެންނަން ބެލިއިރު މީގެ ކުރިން 3،000 ޑޮލަރަށް ގެންނަ ކޮންޓެއިނަރު މިހާރު 8،000 ޑޮލަރަށް. ތުރުކީން ކުރިން 4،000 ޑޮލަރަށް ގެންނަ ކޮންޓެއިނަރެއްގެ އަގު މިހާރު ހުރީ 15،000 ޑޮލަރަށް."

ފްރައިޓަށް ވެސް އަގު ދައްކަން ޖެހެނީ ޑޮލަރުންނެވެ. އޭގެ ނަތީޖާ އަކީ، ކުރިން 10ރ. އަށް ވިއްކަމުން އައި އެއްޗަކަށް ގާތްގަނޑަކަށް 5ރ. އިތުރުވުމެވެ. ބައެއް ވިޔަފާރިވެރިން ވިދާޅުވި ގޮތުގައި ޑޮލަރާއި އެހެނިހެން ކަންތައްތަކާ ހެދި ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އިންތިހާ އަށް މައްޗަށް އަރައިގެން ދާތަން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމެކެވެ.

"މިސާލަކަށް އެއްޗެއްގެ އަގަކީ އެ ގަންނަން 100ރ. ކަމަށް ވަންޏާ އޭތި ރާއްޖެ ގެންނަން އެބަޖެހޭ 300ރ. ހަރަދުކުރަން. މިގޮތަށް މިހާރު ހުރިހާ މުދަލެއް ވެސް މި ހުރީ ގެންނަން ޖެހިފައި،" ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

މުދާ

ޑޮލަރު ލިބޭ، އެކަމަކު ބޮޑުއަގުގައި!

ރާއްޖެ އަކީ މުޅި ގައުމު އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށް ވާތީ، ޑޮލަރަށް ބަރޯސާ ނުވެ ވިޔަފާރިތައް ހިންގޭކަށް ނެތެވެ. ވިޔަފާރިވެރިން ބުނާ ގޮތުން ބްލެކް މާކެޓުން ބޭނުންވަރަކަށް ޑޮލަރު ލިބެ އެވެ. އަދި އެމްއެމްއޭގައި ލިސްޓް ކޮށްފައިވާ ވަރަށް ބޮޑެތި ނުވަތަ "އޭ ކެޓަގަރީގެ" ކުންފުނިތަކަށް ބޭންކުތަކުން ވެސް ކޮންމެ ވެސް ވަރަކަށް ޑޮލަރު ސަޕްލައިކޮށްދެ އެވެ.

"އަޅުގަނޑުމެންނަކީ މަހަކަށް ދެ މިލިއަން ޑޮލަރު ބޭނުންވާ ބައެއް. ގާތްގަނޑަކަށް 30 ޕަސެންޓް ވަރު ބޭންކްތަކުން މި ފޯރުކޮށްދެނީ. ބާކީ ޖެހެނީ ބްލެކް މާކެޓުން ނަގަން،" ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި، ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ބާކީ ބޭންކްތަކުން ހޯދާ އިރު އެވްރެޖްކޮށް ޑޮލަރެއްގެ އަގު ޖެހިފައި ހުންނަނީ 16.90ރ. އަށެވެ.

ބާޒާރުމަތީގައި ބަޔަކު ޕިކަޕަކަށް މުދާ އަރުވަނީ: ކުރިއަށް އޮތް ދުވަސްތަކުގައި މުދަލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު ވަރަށް ބޮޑު -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

"އެއްވެސް ވިޔަފާރިވެރިޔަކު ހިޔެއް ނުވޭ ޝަކުވާކުރާނެހެނެއް ޑޮލަރު ނުލިބިގެނެއް. ޑޮލަރު ލިބޭ. ބައެއް ފަހަރު ބޭންކްތަކުން ވެސް އެ މީހުން ލާ ކޮމިޝަނެއް ލައިގެން ވެސް ޑޮލަރު ހަމަކޮށްދޭ. އެކަމަކު މައްސަލައަކީ ޑޮލަރުގެ އަގުތައް ބޮޑުވުން. އޭގެ ގެއްލުންް މި ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ އެކި ފަހަރު އެކި އަގުތައް ޖަހަން ޖެހުން،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ކޮވިޑަށް ފަހު އައި ހީނަރުކަމުގައި ވަރަށް ގިނަ މުދަލުގެ އަގު ހުރީ މައްޗަށް ގޮސްފަ އެވެ. ރަސްމީ ހިސާބުތަކުން އިންފްލޭޝަން ބޮޑުތަނުން މައްޗަށް ގޮސްފައި ނުވިޔަސް، ވިޔަފާރިވެރިން ބުނާ ގޮތުން ކުރިން ސުޕަމާކެޓަކުން 1000ރ. އިން ކުރެވޭ ބާޒާރު މިހާރު 1،400-1،500ރ. އަށް ނޫނީ ނުކުރެވޭނެ އެވެ.

"ދުނިޔެ މިއޮތީ ފާޑަކަށް ހުއްޓިފައި. ރާއްޖޭގައި މުދަލުގެ ހަގީގީ އަގު ނުވެސް ފެނޭ. އޭގެ ސަބަބަކީ ވަރަށް ވާދަވެރި މާކެޓެއް އޮންނާތީ އަގު ބޮޑު ކުރަން ނުކެރޭތީ،"

"ދުނިޔެ މިއޮތީ ފާޑަކަށް ހުއްޓިފައި. ރާއްޖޭގައި މުދަލުގެ ހަގީގީ އަގު ނުވެސް ފެނޭ. އޭގެ ސަބަބަކީ ވަރަށް ވާދަވެރި މާކެޓެއް އޮންނާތީ އަގު ބޮޑު ކުރަން ނުކެރޭތީ،" އެއް ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

"ކޮންޓެއިނަރުތައް މި ހުރީ ދުނިޔޭގެ އެކި ހިސާބުގައި ތާށިވެފައި. މުދާ އުފުލަން މި ޖެހެނީ ވާދަވެރިކަމުގައި ބޮޑު އަގު ހުށަހަޅައިގެން ބީލަން އުސޫލުން. ދެން ވިސްނާ މުދަލުގެ އަގު ބޮޑުވާނެވަރު."

ކުދި ވިޔަފާރިތަކަށް މިއީ ސުނާމީއެއް

ކޮވިޑާ ގުޅިގެން އައި ޑޮލަރުގެ ތާށި ކަމަށް އެމްއެމްއޭ އިން ވަނީ ބައެއް ފަސޭހަތައް ހަމަޖައްސައިދީފަ އެވެ. އާންމު ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުތަކުން ވެސް މުހިންމު ރޯލެއް ކުޅުނެވެ. އެކަމަކު އާދައިގެ ނުވަތަ މެދުފަންތީގެ ވިޔަފާރިވެރިންނާއި ގޭގޭގައިި ތިބެން އޮންލައިންކޮށް ވިޔަފާރިކުރަމުން އައި އެތައް ބަޔަކަށް ޑޮލަރުގެ ތާށިކަން ވެގެން ދިޔައީ އެ މީހުންގެ ވިޔަފާރި އަށް އައި ސުނާމީ އަކަަށެވެ.

ރާއްޖެއިން ބޭރުން އޮންލައިންކޮށް މުދާ ގެނެސްގެން އެތައް ބަޔަކު ދިރިއުޅުން ހަމަޖައްސަމުން އައިއިރު، ކާޑުތައް ލިމިޓް ކުރުމާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ކުދިކުދި މުދާ ގެނައުމުގައި އެތައް ބަޔަކަށް މައްސަލަތައް ކުރިމަތިވެ، ޝަކުވާ ކުރި އެވެ. ބައެއް މީހުންގެ އާމްދަނީ މުޅިން ހުއްޓުމަކަށް އައިސް، ބައެއް ވިޔަފާރިތަކުން އަތް ދޫކޮށްލި އެވެ.

ބޭންކްތަކުން އެގޮތަށް އެކަން ކުރި މައިގަނޑު އެއް ސަބަބަކީ ވެސް، އެމްއެމްއޭ އިން ހަމަޖައްސައިފައިވާ އެކްސްޗޭންޖް ރޭޓަށް ޑޮލަރެއްގެ އަގު ނުފެތޭތީ އެވެ. ޓޫރިޒަމް އިންތިހާ އަށް ދަށްވެ، ޑޮލަރު ލިބުން އިންތިހާ އަށް ތާށިވުމާ އެކު ކުޑަ އަގެއްގައި ޑޮލަރުގެ ޓްރާންސެކްޝަންތައް ހިންގުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"އޭގެ ގެއްލުން ހަގީގަތުގައި މިކުރީ އާންމުންނަށް. އެ މީހުން ބްލެކް މާކެޓުން ޑޮލަރު ގަނެގެން ވެސް އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ބަންދުވީ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"އެންމެ ޓޫރިސްޓަކު ވެސް ނައިސް ތިން ހަތަރު މަސްވީމަ ޑޮލަރުގެ މާކެޓް މުޅިން ބޮއްސުން ލައި، މުދަލާއި ހިދުމަތުގެ އަގުތަކަށް މިއޮތީ ވަރަށް ބޮޑު އެނގުމެއް ވެފައި. މިއީ އަޅުގަނޑުމެން އިބުރަތް ލިބެން ޖެހޭނެ ކަމެއް."

ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ތެރޭގައި މިހާރު ފެންނަމުން މިދަނީ އާ ސަފުހާއެކެވެ. މިއީ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން، ރާއްޖެ ކަހަލަ އެއް ސިނާއަތަކަށް ބަރޯސާ ވެފައިވާ ގައުމަކަށް ނަގައިދިން ވަރަށް ބޮޑު ފިލާވަޅެކެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި، އިމްޕޯޓަށް ބަރޯސާވުމާއި އެއް ސިނާއަތަކަށް މުޅި ގައުމު ދީލާލުމުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ "ނަމޫނާ ގައުމަކަށް" މި ގައުމު އެބަ ވެ އެވެ. އެކަން ހިދުމަތާއި މުދަލުގެ އަގުތަކުން މަޑުމަޑުން އެބަ ފެންނަމުން ދެ އެވެ.

17 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 64%
icon angry icon angry 18%
icon wow icon wow 9%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަސަސް

30 October 2021

ކޮންޓެއިނަރު އަގު އެހާ އެބޮޑުވީ ކީއްވެކަން ދިރާސާ ކޮށްލި ނަމަަ މި ލިޔުން ވަރަށް ފުރިހަމަ ވީސް.

The name is already taken The name is available. Register?

ޝަފީރު

29 October 2021

މިނީހުން ކިޔައިލިން ރާއްޖެއަށް ގެންނަ ހުރިހާ މުދާ އއތެރެކުރަނީ ލަންކާގެ މަހުޖަނެކޭ. އއކަމަށް ހައްލެއްގެންނަށް ޓްރާންސްޕޯޓުން ގަވާއިދެއް އެކުލަވާލިއޭ. އެއާއެކު ލަންކާގެ އެމަހުޖަނު ރާއްޖެއައިސް ދައުލަތުގެ ބޮޑުންނާ ގުޅާލައްވައިފިއޭ. އެހިންދު ކޮމެންޓްކުރި ފަރާތްތަކުން ބުނަމުން އައީ ޓްރާންޕޯރޓުގެ ޤަވާއިދު ވަޅުޖަހާނޭ. އެކަންވީ ހަމައެހެން އެޤަވާއިދު އިސްލާހުކުރަން ޖެހިގެން ވަޅުވަދެ އެދުވަހުން ފެށިގެންވަނީ ފިލާފައި. ނަޚުލާވެސް ވަނީ ފާޑެއްގެ ނިންޖެއްގަ.

The name is already taken The name is available. Register?

އަހުމަދު ހަސަން

29 October 2021

ޑޮލަރުން ވިޔަފާރި ރައްޖޭގަ ކުރުން ހުތުވަން ޖެހޭ. ޑޮލަރު މާރުކޮއްފަ ދިވެހި ރިފިޔާއިން މުއާމަލާތު ކުރަން ޖެހޭއެބަ. ރާއްޖެ ނޫން ގަުމެއްނުދެކެން އަމިއްލަ ފައިސާއް އޮންނަ އިރު ޑޮލަރުން ޕޭކުރަންޖެހޭ. ވެސްޓާން ޔޫނިއަންއިންވެސް ޑޮލާނެގުން މަނާކުރަންވީ. އެހެން ގައުމުތަކުގަ ނަގަނީ އެގަުމުމެއްގެ ރުފިޔާ. މިތާ ނަގަނީ ޑޮލަރ. ބިދޭސީން އެހާ ގިނައު އެމީހުން ޑޮލާ ނުގަނެ އާއިލާ އަށް ފައިސާނުފޮނުވޭ. ރާއްޖޭގެ އެއްވެސްބަޔަކައް ޑޮލަރުން މުސާރަވެސް ނުދޭންވީ

The name is already taken The name is available. Register?

ޖެކީ

29 October 2021

އެއްޒަމާނެއްގަ ހަޑޫ ބަސްތާއެއްވެސް ލިބޭ 1 ރުފިޔާ އަށް. މުޅި ދުނިޔޭގެ އިންފްލޭޝަން ބޮޑު އިރެއްގަ ހަމަ އެރޭޓުން ފްރައިޓް އަގުތަކަށްވެސް ބަދަލު އަންނާނެ. ތެލާ މަސައްކަތު މީހުންގެ އަގާ މީހަމަ ފެކްޓާސް. ފްރައިޓް ބޮޑުވެގެން އުޅެނީ ރާއްޖޭގައެއް ނޫން މުޅި ދުނިޔޭގަ. މީކީ ޑޮލަރާ ގުޅުންވެސް ހުރި ކަމެއްނޫން. މިހާރު ހުރި އަގުތަކަށް ބަދަލުވާން ފެށިފަހުން 2 އަހަރުވަނީ. މިހާރު މިވާހަަކަ ދައްކަނީ މިޔޯ.

The name is already taken The name is available. Register?

ޙަބީބު..

29 October 2021

ޑޮލަރުގެ މައްސަލަ ހައްލުކުރަން ފުރަތަމަ ކަމަކައް ރިސޯޓުތަކުންލިބޭ ގްރީންޓެކްސް ޓީޖީއެސްޓީ ބިމުކުލި ބޭރުން ރާއްޖެއަންނަ ސަފާރީތަކާ ފުލައިޓްތަކާ ފުލައިޓްޕާކިންފީ ލިބެނީ ޑޮލަރުންކަން ޔަގީން ކުރަންޖެހޭ ވެރިންނައް ތިބޭމީހުން އަމަލު ކުރާގޮތް މޮނިޓަރ ކުރަންޖެހޭ ކޮންމެސް ދިމާލެއް ފޫވެއްޓިފަ އެބަވޭ ވަރައްބޮޑައް އަންނަޓޫރިސްޓުންގެ އަދަދުވަނީ އިތުރު ދެންމިހެންވީމަ ޔަގީން ފޫވެއްޓިފަވަނީ މީގަމިތިބީ ވެރިންކަމައް ބެލެވެނީ

The name is already taken The name is available. Register?

މިގޮތްވެސް ރަޣަލު

28 October 2021

މައްސަލައެއް ނޫން އެއީކީ. އިންޑިޔާ ގާތުގައި އާދޭސް ކޮއްގަނެގެން އެތިކޮޅެއް ހޯދާނީ. އަނެއްކާވެސް ރަގަޅު ދުވަސް ކޮޅެއް އަންނަ އިރައް އިންޑިޔާ-އައުޓް އޭ ކިޔައިގެން ނުކުމެ މުޒާހަރާ ކުރާނީ.

The name is already taken The name is available. Register?

ހާސަރު

28 October 2021

މިކަމަށް ކިރިޔާވެސް އޮތް ހައްލަކީ ރާއްޖޭގެ ޝިޕިންކުންފުނި މިހާރަށްވުރެ ހަރުދަނާކޮށް ބޮޑުކުރުން . ރާއްޖެއަށް މުދާ ގެންނަ މައިގަނޑު ހައެއްކަ ބަދަރުން ގަވައިދުން ދަތުރު ކުރާނެ ބޮޑު ބޯޓެއް ޗާޓަރ ކޮށްގެން ނަމަވެސް ދުއްވަން ފަށަަންވީ ، އަމިއްލަ ކޮންޓޭނަރ ކޮޅެއްގަނެގެން ފަށަންވީ . މިހާރު ފްރޭޓް މިހުރި ރޭޓުން ދެކޮޅުޖެހި ފައިދާވެސް ވާނެ. ސަރުކާރުން ސީރިއަސްކޮށް މިކަމާއުޅެންވީ.

The name is already taken The name is available. Register?

އުމޭއްތަ

28 October 2021

ތިބުނާ ވަރެއް ނުވޭ. ކޮވިޑްގައި އެއައި ރާޅާއެކު އުފުލުނު ޑޮލަރުގެ އަގު ކުޑަވެއްޖެ. އެއިރަށްވުރެ ފްރައިޓް އަގުވެސް ތިރި ވެއްޖެ. މިއުޅެނީ މިނިމަމް ވޭޖް އަންނަކަން އެނގިގެން ބޮޑެތި ވިޔަފާރިވެރިން ކުރިއާލާ މުދަލުގެ އަގު ބޮޑުކުރަން. ނޫސްތަކުން މި ޕްރޮޕެގެންޑާއަށް ހިއްވަރު ނުދިނުން އެދެން. ވިޔަފާރިވެރިން މުޅިންވެސް ކިޔަނީ ފައިދާއެއް ނުވެއޭ. އެކަމު ކޮންމެ މީހެއްގެ ތިން ހަތަރު ބިން އެބަ އޮވޭ ގަނެލާފަ ހުޅުމާލެއިން. މިއީވެސް އަރަތެންނު

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

28 October 2021

ރާއްޖޭގާ ހައްދުފަހަނައަޅައިގެންދާވަރަށް ދަނޑުވެރިކަންކުރާންއުޅޭށޭ. އިބުރާހީމާ އެކަމާ ވިސްނާ ފިކުރުކުރާށޭ.

The name is already taken The name is available. Register?

ާއަލީ10

28 October 2021

99% އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމެއް، ކީކުރަން ގެންގުޅޭ އަމިއްލަ ރުފިޔާއެ.. ދިވެހި ރުފިޔާ އުވާލަންވީ ނުވަންޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454