ފިނޭންސް މިނިސްޓަރު އަމީރު، އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓް ހުށަހަޅުއްވަނީ.--ފޮޓޯ: މަޖިލިސް
31 އޮކްޓޯބަރ 2021 - 09:33
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.
ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިދިޔަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބުލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓްގެ މައިގަނޑު ހަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ. މި އަހަރުގެ ބަޖެޓް ޑެފިސިޓަށް 9.7 ބިލިއަން ރުފިޔާ އެރި އެވެ.
- ޖީޑީޕީ 88 ބިލިއަން ރުފިޔާއަށް އެރުވުން
- 1.6 މިލިއަން ޓޫރިސްޓުން ގެނައުން
- 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން
- ޖުމްލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
- އާމްދަނީ: 24.2 ބިލިއަން ރުފިޔާ
- ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ
ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 ޕަސެންޓް ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 ޕަސެންޓް ހޭދަކުރާ އިރު އޮފީސްތައް ހިންގަން ބަޖެޓުން 12 ޕަސެންޓް ހޭދަކުރެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އަންނަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަންނަ އަހަރު ޖީޑީޕީ 84 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު މި އަހަރުގެ ޖީޕީޑީ ހުންނާނެ ކަމަށް ލަފާ ކުރަނީ 74 ބިލިއަން ރުފިޔާ އާއި 82 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުމެވެ.
ބިން އަމިއްލަ ފަރާތްތަކަށް ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާ އިރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 213 މިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން 48 މިލިއަން ރުފިޔާ ހޯދާ އިރު 148 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
މީގެ ތެރެއިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ފިޔަވާ ދެން ހުރި ހުރިހާ ކަމަކީ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަންކަމެވެ. އެހެން ނަމަވެސް އެކަންކަން ވެސް ހާސިލުވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޯމޭން
31 October 2021
ބުރޯ ބިންވިއްކައިގެން ލިބޭ އާމްދަނީއަކީ ދެމެހެއްޓެނިވި އެއްޗެއް ނޫން. އަންނައަހަރު އަލަށް ލިބޭނެ އާމްދަނީއޭ ކިޔާފަ ތިފައިސާ ނުހިމަނާ، އަންނައަހަރު އެކަނި ލިބިފަ ދެން ދުވަހަކުވެސް ނުލިބޭނެ އާމްދަނީއެކޭ ކިޔާފަ ތީތި ލިޔުނުނަމަހީ މާތާހިރުވީސް.
120687
31 October 2021
ޒިންމާދާރު ނޫސްވެރިކަމެއް ތިޔަ ބޭފުޅުން ކުރަނީ ނަމަ، ބަޖެޓުގެ ހަތަރުބައިންބައި ހޭދަވެދާ މުސާރަ ބެހި ދާ ގޮތް ބައްލަވައި އެއިން ގިނަ ބައި އެޅޭ މީހުން ނެރޭ ނަތީޖާއާއި މަދު ބައި އެޅޭ މީހުން ނެރޭ ނަތީޖާ އަޅައިކިޔައި މިތަނުން ފައިދާ ބޮޑީ، ގެއްލުން ބޮޑީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވުން އެކަށީގެން ނުވާ ހޭދަޔަކީ ކޮބައިތޯ ބަލައި އެކަން އާންމުންނަށް ތިލަކޮށް ދީބަލާށެވެ.
ކޮރަލް
31 October 2021
ރާއްޖެ އަށް ޑިމޮކްރަސީ އައި ފަހުން ތަކުރާރުވަނީ ވައުދު ބަޖެޓް ތަކެވެ. ލިބޭނެ ކަމަށް ބުނާ އެއްޗެއް ނުލިބެ އެވެ. އެކަމު ހަރަދު ތައް ބޮޑުވެ ސަޕްލިމެނޓްރީ ބަޖެޓް އަހަރު މެދު ތެރޭން ހަދަން ޖެހެ އެވެ. ވ އަވަހަށް ދަރަނި 100 ބިލިއަނަށް އަރާ އެވެ. ވެރިކަން ކުރަން ނޭނގޭ ބަޔަކާ ވެރިކަން ހަވާލު ކުރީމަ ސަރުކާރު ނަމުގަ ގެރެންޓީ ހަދާފަ ލޯނާއި ޓީބިލް ހޯދާނެ އެވެ. ހުރިހާ ގެއްލުމެއް އާއްމު މިހާ އަށެވެ.
ާއަލިބެ2
31 October 2021
ގައުމު ދަރާ ވިއްކާލައިފި، ވެރިން ދަތުރުކުރުމުގައި
ހިރިހިތިލީބެއްޔާގެ މާމަ
31 October 2021
ނުފޯރާފޮތިން ފޫގަޅަންނޫޅޭށެވެ.
ކޮތަރު
31 October 2021
ތީގެން ކިތައް ބިލިއަންތޯ ކަރަޕްޝަނަށް ކަނޑައަޅާފައި އޮތީ؟ ކިތައް މިލިއަންތޯ ސިޔާސީ މީހުންނާއި އެކްޓިވިސްޓުންނަށް ބޯނަސް އާއި މުސާރަ ގޮތުގައި އޮތީ؟
ކަޅުދަބަސް
31 October 2021
ވާނުވާއެއްނޭންގި ގައުމު އިންދަޖެހިއްޖެ. ރައްޔިތަކަަށް ވީ ހަމަ އެއްކަމެއްވެސްނެތް. ރައީސް މީހާ ކަމަކީ ދަތުރު ކުރުން. ހިޔާ ފްލެޓް އަށް ހަރަދު ކުރަންވީމާ ގެއްލުންވަނީ، މިބައި މީހުން ދަތުރުކުރަންވީމަ އޯކޭ
ކުޗީ
31 October 2021
26 ޕަސެންޓް ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނެވެ. މީގެ 30% އެއީ ސިޔާސީ މަގާމު ތަށް. ސިޔާސީ މަގާމު ތަކުގެ 70% އަކީ ބޭކާރު މަގާމު ތަށް. ރާއްޖޭއަކީ މުޅިދުނިޔޭގައިވެސް އާމްދަނީގެ އެންމެ ބޮޑުބައި ސަރުކާރު މުސާރައިގެ ގޮތުގައި ދޭގައުމު. މިމީހުންގެ ލަދުކޮބާ ...
ރާއްޖެ
31 October 2021
ބޮޑެތި އަދަދު ތަކުން ދަރަނި ނެގީމާ ރިޒާވް އިތުރުވާނެ.
ރަދީފު ބިން ރަފައިދާ
31 October 2021
ތިބަޖެޓަށް ކޮންތާކުން ލާރިނެރެނީ؟ ސައިކަލު އިސްޓިކާއިންތަ؟