އއ. މަތިވެރި-- ފޮޓޯ: މަތިވެރި/ ފޭސްބުކް
04 ނޮވެމްބަރ 2021 - 19:25
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެކު އއ. މަތިވެރިއަށް ދިޔަ ބަޔަކު އެރަށުން މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ ކާޒާ މިއާ ގެސްޓްހައުސް އަށް މިއަދު 3:15 ހާއިރު މީހަކު ވައްދައި އަނިޔާކޮށްފައިވާ ކަމަށެވެ. އޭނާ ވެއްދީ އެ ގެސްޓްހައުސްގައި ޖާބިރު ހުންނެވި ރޫމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އަނިޔާކުރި ވަގުތު ޖާބިރު އެތަނުގައި ނެތް ކަމަށް ވެ އެވެ.
"ޖާބިރުއާއެކު މިރަށަށް އައި ހަތަރު މީހަކު. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ކާޒާ މިއާ ކައިރިން އޭނަ ފެނިގެން ޖާބިރު އުޅުނު ކޮޓަރިއަށް ވައްދައިފަ ތަޅާލީ. އޭނާގެ ލޯމަތި އޮތީ ދުޅަވެފައި. ނޭފަތުން ވެސް ލޭ އައިސްގެން ސިއްހީ މަރުކަޒަށް ގެންދިޔަ،" މީގެ ކުޑައިރުކޮޅެއް ކުރިން ސިއްހީ މަަރުކަޒަށް ފުލުހުން ގޮސްގެން އުޅުނުކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި އެވެ.
ކައުންސިލްގެ ތުހުމަތުތަކާ ގުޅިގެން "މިހާރު"ން ޖާބިރަށް ގުޅުމުން ދަތުރުމަތީގައި ކަމަށް ވިދާޅުވެ ކޮމެންޓެއް ނުކުރެއްވި އެވެ.
ކާޒާ މިއާއަކީ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް އެކެވެ. އެތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.
އޭނާގެ އެ ގެސްޓްހައުސްއަށް އެ މީހާ ވައްދައި އަނިޔާކުރި މަންޒަރު ދުށް ބައެއް މީހުން އެބަ ތިބި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އޭނާއަށް އަނިޔާކުރި މަންޒަރު ދުށް މީހުން އެބަ އުޅޭ. އެކަމަކު އަނިޔާކުރި މީހުން ވީތަނެއް ނޭނގޭ މިހާރު،" އޭނާ ވިދާޅުވި އެވެ.
އަނިޔާކުރީ ކޮން ކަހަލަ މައްސަލައެއް ދިމާވެގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ހާދިސާ ހިނގި ވަގުތު ޖާބިރު މަތިވެރީ ކައިރީ އެހެން ރަށަކަށް ގޮސްފައިވީ ނަމަވެސް ކައުންސިލުން ތުހުމަތުކުރަނީ އެކަމަކީ ޖާބިރު ކުރުވި ކަމެއްގެ ގޮތުގަ އެވެ.
މަތިވެރިއަށް އަރައި އެރަށު މީހުންނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
"މަގުމަތިން ދަމުން ހަމަ އަވަގުރާނަ ގޮވަމުން އެދަނީ. ރެސްޓޯރަންޓުތަކަށް ވަދެ ވެސް ހަޑި ހުތުރުކޮށް ވާހަކަ ދައްކަނީ. އެކަމުގެ ޝަކުވާ ރައްޔިތުން ކައުންސިލުގައި ކުރޭ އެބަ. އެތައް ފަހަރަކު އެކަން ޕޮލިހުންނަށް ވެސް ހުށަހަޅައިފިން. އެންމެ ފަހުން މި ހުށަހެޅީ މިއަދު މެންދުރެއްހާއިރު،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އއ. މަތިވެރީގައި މީހަކަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ މަސް ދުވަސް ކުރިން ވެސް ޖާބިރާ ދެކޮޅަށް މަތިވެރީގައި މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އޭނާ ރަށުން ފައިބަން ޖެހުން ޕޮލިހުންގެ ހިމަޔާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަ
05 November 2021
ޢިމްރާންބެއާއި ހަމީދުބެއާއިބަލާ ފުޓްސަލް ކުޅެވޭތޯ..
ޑިނގާ
05 November 2021
މިގައުމުގެ ގާނޫނޫ ޖާބިރަށް ނުހިނގަނީތަ؟ ނޫނީ ޖާބިރުގެ ޖީބަށް ގާނޫނު އަސާސީ އާއި ކަމާބެހޭ މުއައްސަސާތައް ވެއްޓިފައޮތީތޯ؟ ހިތުހުރި އެއްޗެއްކިޔަމުން ނުވިތާކަށް ރަށްރަށަށް އަރާ މީހުން ރަހީނުކޮށް އަނިޔާކުރާ ހިސާބަށް ދާއިރު ކުއްވެރިނުވެ ގާނޫނު ނުހިނގާ ހިތުހުރިކަމެއް ކުރުމުގެ އެކްސަސް ޖާބިރު ގެންޑާއަށް އޮތުމަކީ ސުވާލު އުފެދޭކަމެއް؟ މަޖުލީހުގެ މެންބަރަކަށްވުމަކީ އެމީހަކު ހިތުހުރިކަމެއް ކުރެވޭ މަގާމެއްކަމެއްކަމަށް އޮންނަނަނަމަ ތިއުސޫލު ރަނގަޅެއްނޫން!
އެޑްމުންޑޯ
05 November 2021
ޖާބިރަށް ބިރުދައްކާ ވައްތަރު ޖެއްސޭނި ތިރަށުގައި ، ނިކަން އަހަރަމެން ރަށުގައި ތިގޮތަށް ގުންޑާ ހެދިގެން އުޅެލަބަލަ ވާނެގޮތް ބަލަން ،
އެނދިމަރިޔަނބު
05 November 2021
މަޖްލިސް ކުރިމަތީ އޮވެ އަވަގުރާނަ ގޮވައިފި، ގެއެއްގެ ގަސްތަކަށް ގެއްލުންދީފި، މީހަކަށް އަނިޔާކޮއްފި، މުވައްޒަފުންނަށް މުސާރައެއް ނުދޭ، ކުއްޔަން ހިފާފަ ހުރި ބިންތަކާ ރިސޯޓުގެ ކުލި ނުދައްކާ! މީނަގެ މައްޗަށް ގާނޫނު ނުހިނގާފަ އަހަރެންގެ މައްޗަށް ގާނޫނު ނުހިންގާތި.
ކޮރަލް
05 November 2021
ހައްދު ފަހަނަ އަޅާ ފަ އެވެ.
ވަރިހަމައޭ
05 November 2021
އިހަކަށް ދުވަހު ބައެއްގެ ސައިކަލްތަކަށް ގެއްލުން ދިނީ. ކޮބާ އެޅި ފިޔަވަޅު. އެހެންވީމަ ފުލުހުން އަނގަ ފުޅާ ނުކުރަންވީ ރައްޔިތުންގެ ރައްކާތެރިކަމޭ ކިޔާފަ. ކަލޭމެންނަށްވާ އެއްވެސް ކަމެއް ނެތް. ދެން ގާނޫނޭ ޕީޖީއޭ ކޯޓޭ ނުކިޔާ، އެއީ ރައްޔިތުން ބަލަން ބޭނުންވާ ކަމެއް ނޫން.
ނޯސައިކަލު
05 November 2021
މަމީ ޖާބިރު ދެކެ ވަރަށް ފޫހިވާ މީހެއް ވަރަށް ކުރިންވެސް. އެކަމަކު ސައިކަލުތަކުގެ ކަންތަކުގަ އޭނާ ހެދީ ރަނގަޅަށް. ކިތައްމެ ދުވަހަކު އެބަ ޖެހޭ ޕޭވްމަންޓުން ނުފޭބިގެން އުޅެން ސައިކަލުތަކުން ކަންމައްޗާ މުޅި އަރިމަތި ބައްދާލަފަ ހުންނާތީ. އެކަހަލަ ވަގުތު ވަރަށް ހިތައް އަރާ އެސައިކަލުތައް އެއްލާލަން.
ސޯލިހްބެ
05 November 2021
“މިހާރު”ނޫހުން މިޤައުމުގެ ވާހަކަ ނުލިޔެ އެހެން ޤައުމެއްގެ ވާހަކަ ލިޔަންވެއްޖެއެއްނު. މީ ޤައުމެއް ނޫނޭ މީ ފިލްމެކޭ
ކޮސް
05 November 2021
މިވަރުމީހެ ހޮވާކަން. ހަމަ ކޮސް
އިއްޒަތްތެރިކަން
05 November 2021
ކަލޯ ތިޔަ އިއްޒަތްތެރި މެންބަރެއްގެ ގައިގާ އައްލައިގެން ދައުވާކޮށް ކަނޑާލާނީ އެ މީހަކު. ކުޑަކުދިންނަށް ވުރެ ހައްގު ބޮޑުވާނެ; ވަޒީފާ ބޭނުންވަންޏާ އަޅާނުލާ ތިބެންޖެހޭނީ
ކަލީމް
05 November 2021
އިންސާފުގެ ދަތުރުގެ ނިމުން ވ ފޮނި ދޯ ؟