"ދަ ޑިމްކްރެޓްސް" ސްޕޯކްޕާސަން އަފްޝަން ލަތީފް: އޭނާ ވިދާޅުވީ ދަ ޑިމްކްރެޓްސް އިން ޕީޕީއެމް އާއެ ކު ވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
22 މެއި 2023 - 13:46
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ އަމާޒަށް އުފައްދަވާ "ދަ ޑިމޮކްރެޓްސް" އިން އިންތިހާބުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާ އެކު ވެސް ކުރަމުން އަންނަ ކަމަށާއި އެއީ ހުރިހާ އެންމެންނާ އެކު ވެސް ވާހަކަ ދައްކަން ހުޅުވިފައި އޮތް ޕާޓީއެއް ކަމަށް ތަރުޖަމާން، އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރެއިން އިއުލާންކުރި ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން" ފެކްޝަނުން ޕާޓީއެއް އުފެއްދުމުގެ ކުރިން، ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތްތަކެއް ކުރަން މަޝްވަރާ ކުރިއަށް ގެންދިޔަ އެވެ. ބައްދަލުވުންތަކަކަށް ފަހު މެނިފެސްޓޯ އެކުލަވާލުމާ ހިސާބަށް ދިޔަ ނަމަވެސް މިހާތަނަށް ނިމުނު ގޮތެއް އޮތީ އިއުލާން ނުކޮށެވެ.
އަލަށް އުފައްދާ ޕާޓީން މިއަދު ހ. މައިޒާންދޮށުގޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަފްޝަން ވިދާޅުވީ އެއްވެސް ބަޔަކާ އެކު ކުރި މަޝްވަރާތައް ނިމުމަކަށް ނާންނަ ކަމަށާއި ޕީޕީއެމް ޕީއެންސީއާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.
"ގާސިމް އާއި ޖޭޕީ އާއެކު އޮތް އެއްވެސް މަޝްވަރާއެއް ބްރޭކް ޑައުންވި ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އަފްޝަން މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ [ދަ ޑިމްކްރެޓްސް] ގެ ތެރެއިން ބޭފުޅުން ޖޭޕީގެ ބޭފުޅުންނާ އެކީ ވެސް އަދި ހަމަ އޭގެ އިތުރުން ޕީޕީއެމް ވެސް ޕީއެންސީ ވެސް އަދި އެހެން ބޭފުޅުންނާ އެކީގައި ވެސް މަސައްކަތް ކުރައްވާ މަޝްވަރާ ކުރަމުން ގެންދަވަނީ މިހާރު ވެސް."
އަފްޝަން މިއަދު ޕްރެސް ކޮންފަރެންސްގައި: ފިކުރެއްގެ ދިރުމަށް ސޮއި ކުރި މެންބަރުންގެ ތެރެއިން އެމްޑީޕީ އާ ގުޅޭނެ މެންބަރުންނަކީ ކޮބައިކަން އޭނާ ވިދާޅެއް ނުވި
ޕާޓީ އުފައްދަން މަސައްކަތް ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގައި ގޮފިތަކެއް ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެކަމަކު އެ ގޮފި އުފައްދަން އެމްޑީޕީގެ އިދާރާ އަށް ހުށަހަޅާފައެއް ނުވެ އެވެ. ގޮފި އުފައްދަން ހުށަނާޅައި ޕާޓީ އަކާ ހަމައަށް ވަޑައިގަތީ އެމްޑީޕީގެ ތެރެއިން އެއް ވެސް ފޯމިއުލާ އަކަށް ހައްލެއް ނުލިބުމުން ކަމަށް އަފްޝަން ވިދާޅުވި އެވެ.
"ކޮންމެ ބަޔަކާ އެކު މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީނަމަވެސް ސިޔާސީ ގޮތުން އަޅުގަނޑުމެން ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އެ އުސޫލު ހިފެއްޓާނެ. އެ އަސްލު ނުގެއްލޭ ގޮތް އެއީ އަޅުގަނޑުމެން ހުށަހަޅާނެ ފޯމިއުލާ އަކީ. [އެމްޑީޕީގައި] އެ ފޯމިއުލާއިން މަސައްކަތް ނުކުރެވުނީމާ ދެން އަޅުގަނޑުމެން މި ޕާޓީ އާ ހަމައަށް އައީ،" އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ގޮފީގައި ބައިވެރިވާން ސޮއި ކުރި މެންބަރުން ވެސް އަދި ޕާޓީ އަށް ސޮއި ނުކޮށް ތިބި މީހުން ވެސް ދަ ޑިމޮކްރެޓެސް އަށް ސޮއި ކުރަން ޝައުގުވެރިވާކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ ގޮތްޕަށް ސޮއި ކުރި ކިހާ އަދަދެއްގެ މަންބަރުންނެއް ކަމެއް އަފްޝަން ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ ގޮފި އުފެއްދުމުގެ މަސައްކަތުގައި އޭނާ އޭރު އުޅެފައި ނުވާތީ އެ މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެ ތާރީހަކީ ކޮބައިތޯ ނޫސްވެރިން ކުރި ސުވާލަކަށް ވެސް އަފްޝަން ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އާ ޕާޓީގެ ހުރިހާ ކަމެއް ހިނގަނީ ނަޝީދަށް އެނގިވަޑައިގެން ކަމަށާއި އެކަމަކު އެމްޑީޕީ ދޫކޮށްލައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަކީ ނަޝީދުގެ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައަށް ހުށަހަޅާފައިވާ އިރު އަފްޝަން ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހައްދަ ލިބޭހާ އަވަހަކަށް މެންބަޝިޕް ޑްރައިވެއް ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
24 May 2023
މަށަށް އޭރުވެސް އިނގޭ ތި އަންނި އެއްގެ ފެންވަރު! މިހާރު ޔާމީނުވެސް ގާސިމުވެސް މައުމޫނުވެސް އޯކޭ ވާނެ އޭނަ އަށް! ބަލި އަމިއްލަ އަށް ގަބޫލު ނުކުރެވޭ މީހަަކަށް ކުރެވޭނެ ވެރިކަމެއް އަދި އެހެން ކަމެއްވެސް ނޯންނާނެ! އަންނި ތި ސަކަރާތްގަނޑެއް ނުޖެހި ނަމަ، މިފަަހަރަކީ އެމްޑީޕީ އެއްބުރުން ހަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފަހަރެކޭ ބުނެވޭނީ! އަހަރެން ބޭނުމީ މި ގައުމަށް ހަމަ ޖެހުން! ތިޔާ ލާރި ނުކާ ބަޔެއް މަށަކަށް ނުފެނޭ! އިބޫ އަށް މަގޭ ވޯޓު!
ޒަރީނާ
24 May 2023
ތިޔަ ޔާމީނެއްގެ ދުއްތުރާލާ ހެދި ކިހާ ބަޔަކަށް އަނިޔާ ލިބި ޖަލަށް ދާން ޖެހުނު! އެވަރު މީހެއް ހިންގާ ޕާޓީ އަކާ ކޮއެލިސްން ހަދަން އަންނި އުޅޭ އުޅުމެއް ގަބޫލެއް ނުކުރެވޭނެ ދުވަހެއްގެ ކޮޅުންވެސް! މަށެއް އަދި އަހަރެންގެ ބަސް ބުނާ އެކަކުވެސް ތިޔަ އަންނި ޖަހާ ސަކަރާތަކާ ބައިވެރި އެއް ނުވާނަން އިރާދަ ކުރެއްވިއްޔާ! އަންނި އެ އުޅެނީކީ އަހަރުމެން އެންމެންގެ ހައްގުގައެއް ނޫން! ހަމަ އަމިއްލަ އެދުމައިގެންނޭ ބުނެވޭނީ!
ހުސެން........
23 May 2023
މިހާރު ދެން އިބޫނޫން ގޮތެއްނެތް ކަމަށް ނިންމައިފިން.....އަންނި އަށް ކުރިތާއީދު އަބުރާ ގެނެސްފިން.... އަންނިއަކީ ޔާމީން އާ ބައިއަތު ހިފައިގެންވެސް ވެރިކަން ނޫން އެއްޗެއް ބޭނުން ނޫން، އަމިއްލަ އެދުން ބޮޑު މީހެއްކަން ސާފު މިހާރު....
އިވާން ޖަމީލް
23 May 2023
ފޯރާ ފަށުގައި އަތް ދިވެހިންނަށް ހޯދޭނެ ގޮތުން ހުރިހާ ޚިދުމަތް އޯގާތެރި ސަރުކާރެއް ދުށުމަށް ވޯޓުން މި އިބޫފައިސަލް ހޮވަމާ #އޯގާތެރި ސަރުކާރު #ރައީސް އިބޫ 2023 #ޖަޒީރާ ރާއްޖެ
ސުމޮން
23 May 2023
މީހުންގެ އަސްލު ސޫރަ ފެންނާނީ ލައްކަ ދުވަހުން. އަންނި ތަފާތުވާނެ ކަމަށް ހީކުރީ. އެކަކު 1000 ބައި ނުލަފާ! ޔާމީނަށް ސަނާކިޔަން އަންނި ދިޔާމަ ދެން ވިއްކޭނެ އެއްޗެއް ނެތް.
އާދަން ސަލީމް
23 May 2023
އަޅުގަނޑުމެންގެ ޢާއިލާގެ މީހުން ފުރާނައިންވީ ޤުރުބާނީ އަންނިއަކަށް ނުފެނުނު. އޭގެ ބަދަލުގައި އެ އަނިޔާވެރި މީހާއާ ކޯލިޝަން ހަދަން، ޓީމްވާން އެއްބަޔަކަށްވާ އެ ދިޔައީ. އަންނިއަށް ހަތެރެސްފައިން ޓާ ޓާ!
އުދުހެނަ ބައްތެއްލާ
23 May 2023
ޕީޕީއެމްގެ އަނިޔާ އަންނިއަށް އޯކޭ ވެއްޖެ. އަނިޔާ ލިބުނީ ޢާންމު މެންބަރުންނަށް. މިހާ ހިސާބުން އަންނިއަށް ސަޕޯރޓްކުރުން ނިމުނީ. ދެން އަންނިޔަށް ކުރާނީ އެންޓި ކެމްޕެއިން.
އާޝާން ހަބީބު
23 May 2023
ވޭތުވެދިޔަ 15 އަހަރު އެންމެ އަނިޔާކުރީ ރައީސް ޔާމީންގެ ވެރިކަމުގައޭ ބުނާ އަންނި ގޮސް ރައީސް ޔާމީން އާ ކޯލިޝަން ހަދަންޖެހެނީ ކީއްވެބާ؟ އަނެއްކާ އެއީ އަންނި ބުނެގެން ކުރި އަނިޔާ ނޫންބާ؟ ރައީސް ޔާމީން ބޮލަށް ސަވާރުވެގެން އަންނި އަނިޔާކުރަން އުޅެދާނެ. އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައި ގޮނޑި ދުއްވަން.
ސަންފާ އަލީ
23 May 2023
އަޅުގަނޑުމެން މަގުމަތީ ރެއާ ދުވާލު 2012 އަދި 2013 ހޭދަކޮށް އަނެއްކާ 2015 އިން ފެށިގެން 2018 ގެ ނޮވެންބަރުމަހާ ހަމައަށް މުގުރުބުރިން އަނިޔާދީ ބޭނުންވަރަކަށް މުއްދަތުޖަހާ ޖަލަށް ހޫރާލި ޣައްދާރަކާ އެކު ކޯލިޝަން ހަދަން ރައީސް ނަޝީދު އުޅުއްވާތީ ހިތާމަކުރަން. އަނިޔާވެރި މީހުން އެކުރި އަނިޔާގެ ލަކުނުތައް ރަނގަޅަށް ރޯކަން ނުކެނޑި ހަމުގެ ކުލަޔާ ރަނގަޅަށް އެއްކުލަނުވެ ހުއްޓާ ގޮސް އެމީހުންގެ ތޮއްވަރިއަށް ވެންނެވުމަކީ ކޮންފަދަ އަނިޔާއެއްތޯ؟
ފާތިމާމަނިކެ
23 May 2023
އަޅުގަނޑު މީ އަންނި އަށް މަރުދޭ މީހެކޭ މީހުން އަޅުގަނޑާ ދިމާއަށް ކުރިން ބުނީމާ ފަޚްރުވެރިވި. ވެރިކަމަށްޓަކާ ވަގުންނާ ފޭރޭމީހުންނާ ވެސް މަޝްވަރާކުރަނީ. ބިން ފަސާދަކުރަން ތި ދަރަޖައަށް ވެއްޓުނީމާ ބުނެވޭނީ ހޯހޯއޭ. އަޅުގަނޑެއް ދެނެއް އަންނި އަކަށް ވޯޓެއް ނުލާނަން. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލުވާލާ އެތަށް ފަހަރަކު އަސޭމިރުސް ސްޕްރޭ ލޮލަށް ޖަހާ، ތަޅާ އަނިޔާކޮށް ޖަލަށްލީ މީހާއާ ކޯލިޝަން ހަދަން ނުކުތީ؟ ވެރިކަމަށްޓަކާ އަޅުގަނޑުމެން ޤުރުބާންކުރީ؟