ވައިޓް ހައުސްގައި ބޭއްވި ރޯދަ ވީއްލުމުގައި ބައިވެރިވި ފަރާތްތަކާ ޓްރަމްޕް ބައްދަލު ކުރައްވަނީ.
15 މެއި 2019 - 18:08
ވޮޝިންޓަން (މެއި 15) - ރޯދަ މަހަކީ ކެތްތެރިކަމާއި ސުލްހައިގެ މަހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާ ސަރުކާރުގައި ހިމެނޭ މުސްލިމް މެންބަރުންނާއި ބޭރު ގައުމުތަކުގެ މުސްލިމް ޑިޕްލޮމެޓުންނަށް ވައިޓް ހައުސްގައި ބޭއްވި ރޯދަވީއްލުމެއްގައި ޓްރަމްޕް ވިދާޅުވީ ރޯދަ މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ޚާއްސަ މަހެއް ކަމަށެވެ.
"ރަމަޟާން މަހަކީ ދީލަތިކަމުގެ މައްސަރެއް. އެކަކު އަނެކަކަށް އެހީވުމުގެ މައްސަރެއް. އެއީ އާއިލާތަކާއި އަވަށްޓެރިންނާއި މުޖްތަމައުތައް ބަދަހިކޮށްދޭ މައްސަރެއް،" ވައިޓް ހައުސްގެ ސްޓޭޓް ޑައިނިން ރޫމްގައި އޮތް ރޯދަ ވީއްލުމުގައި ޓްރަމްޕް ދެއްވި ކުރު ބަޔާނުގައި ވިދާޅުވި އެވެ. "އެ ރޫހުގައި އަޅުގަނޑުމެން އެންމެން މިރޭ މި ރޯދަ ވީއްލުމަށް އައިސް މި ތިބީ."
ޓްރަމްޕް ވިދާޅުވީ ރޯދަ ވީއްލުމަށް މުސްލިމުން އެއްވެ ތިބިއިރު އެ އެންމެންގެ ހިތްތައް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އަނިޔާ ލިބުނު މުސްލިމުންނާ އެކު ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތްތައް ހިތާމައިން ފުރިފައި ވަނީ ނިއު ޒީލެންޑުގެ މިސްކިތުގައި ދިން ހަމަލާގައި މަރުވި މުސްލިމުންނަށް ޓަކައި. ހަމައެގޮތަށް ސްރީ ލަންކާ، ކެލިފޯނިއާ އަދި ޕީޓްސްބާގުގައި ދިން ހަމަލާގައި މަރުވި ކްރިސްޓިއަނުންނާއި ޔަހޫދީން އަދި ކުޑަ ކުދިންނަށްޓަކައި،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ޓެރަރިޒަމް ނައްތާލަން ޖެހޭ ކަމަށާއި ކޮންމެ ބަޔަކަށް ވެސް ބިރުވެރިކަމެއް ނެތި އަޅުކަން ކުރެވެން ޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ވައިޓް ހައުސް އަށް ދައުވަތު ދެވޭ ފަރާތްތަކަށް އެމެރިކާގެ ރައީސް ރޯދަ ވީއްލުން ދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަހިދު
16 May 2019
ސިވިލްސާވިސް ވަޒީފާއަށް މީހުން ހޮވާ ގޮތަށް ޓްރަމްޕްގެ ވާހަކަ މިހުރީ. އިންޓަރވިއު ވެސް ކުރާނެ. އެކަމަކު ހޮވާނެ މީހާ އޮންނާނީ ކަނޑައަޅާފައި.
ނައްޓު
16 May 2019
އެވަރުން ވެސް ގާޒާ މީހުންގެ ވާހަކައެއް ނުބުންޏެއްނު. ހާދަ ހިޔަޅު މީހެކޭ ތުރަމްޕަކީ
ހެހެހެ
15 May 2019
ޓްރަމްޕަށް އިސްލާމްދީން އެނގޭވަރު މިލިއުމުން އެނގޭދޯ
ކޮލިޓީ
15 May 2019
އެމެރިކާގައި އެއްމެ ކަޑަ ރައީސުން ވެރިކަން ކުރީ ރިޕަބްލިކް ޕާޓީ އިން ނެވެ.ރާއްޖޭގައި ނަމަ އެމްޑީޕީ އިން ނެވެ.
ވިކިޕީޑިއާ
17 May 2019
ބްރޯ ބައާބެއަރ ލައިކް އަންލައިކް. އެމްޑީޕީ ވާހަކަ ނުދައްކަބެއަރ. ބްރޯ ކޮލިޓީ ޖެހިޔަސް އަދިވެސް އެހާ ކޮލިޓީއެއް ނޫނެއްނު. ބްރޯގެ ސައިޒްދައްކަބެއަރ
ޝައިނާ
15 May 2019
އެއްކޮޅުން ރޯދަ ވިއްލުން ...އަނެއްކޮޅުން ތައްޔާރު ވަނީ މުސްލިމު ޤައުމު އީރާނު ފުޑާލަން..
މަހުވެއި
16 May 2019
ޝީއާ ގައުމަކަށް އެރުމަކީ މުސްލިމް ގައުމަކަށް އެރުންބާ؟ އުޅޭދޯ ކޮންމެވެސްވަރަކަށް މައިނޯރިޓީތެރޭގައި މުސްލިމް ހިސާބުލިތާބުން ދައްކާގޮތުގައި. އެހެންނަމަވެސް މޮޔަ ޓްރަމްޕަކަށް ނުވާނެ އެކަމެއް އޭބޮޑުވިހަ އަނގައެއް
ހިގޮ
15 May 2019
އެހެންވީމަ ބުނަނީ ކާފަރެއް ބުންޏަސް ތެދެއް ވާނީ ތެދަކަށޭ އޭނަ އެދައްކަނީ ރަގަޅު ތެދު ވާހަކަ އެކަމަކު އޭނަޔަކީ ކާފަރެއް މުސްލިމުން ނަށް ކާފަރެއް ފޮލޯ ކުރުމެއްނެއް
ޓްރޫމަން
15 May 2019
އެ ބަޔާނަކީ ރިކޯޑް ވެފައިއޮންނަ ބަޔާނެކެވެ. އެއީ ޙަދީސުން އަންނަ ތަންކޮޅެކެވެ.
ބަބުރުކަލޯ
15 May 2019
މީ ޓުރަންޕު ސަޅިތަންކޮޅަކީ.
ވާލުސޮރު.
15 May 2019
ޓްރަމްޕް ވެސް ރޯދަވީއްލުން ދެއްވާ. ރާއްޖޭގެ ރައްޔިތުންނަށް ރައީސް ރޯދަވީއްލުމެއް ދެއްވާނީ ކޮން ދުވަހަކުންބާ؟
ލަނޑާ
15 May 2019
ރާއްޖޭގައި އަބަދުވެސް އޮންނާނީ ލަނޑަޔާ ލަނޑަޔާ. މާނަައަކީ ޢިއްޒަތްތެރިންނާ ޢިއްޒަތްތެރިންނާއޭ. އެކަމު ވޯޓާޖެހުނީމާ އައިސް ދެފައިގާވެސް ބޮސްދޭނެ. މަގާމުލިބުނީމާ ހުރިހާ ކަމެއް ދިޔައީ.
ވަޓް
15 May 2019
ތިޔައީ މިގައުމުގެ ބަޖެޓަށް އެފޯޑްކުރެވޭވަރުގެ ކަމެއްތަ؟
ފާތުމާ
16 May 2019
ޓްރަމްޕް ރޯދަވީއްލުން ދިނީ އެމެރިކާ ރައްޔިތުންނަށް ތަ..ހޭބަލި..
އާދަނު2
17 May 2019
ޓްރަމްޕް ރޯދަވީއްލުންދެނީކީ އެމެރިކާގެ ހުރިހާމުސްލިމުންނަކަށްނޫން.ހަބަރު ރަގަޅަށް ކިޔާލާ
އަހުމޭ
15 May 2019
ބުލާ ބުލާ ބުލާ. ތިއީ ޕޮލިޓިކަލް ބޭނުމަށް އިސްލާމުންނަކީ ޓެރަރިސްޓުންނޭ ކިޔާ އެތަކެއް ގައުމެއް ހަލާކު ކުރި ބައެއް. ތި ރޯދަ ވީއްލުން ބޭނުމެއް ނޫން