ޑރ. އައިޝަތު އަލީ ނާޒުު (ކ) އަދި ދަރިފުޅާ އެކު ތަހައްމަލްކުރި ހިތްދަތި ހާދިސާއެއްގެ ވާހަކަ ކިޔައިދެއްވަން އޭނާ ފޭސްބުކްގައި ޕޯސްޓްކުރެއްވި ދެ މަންޒަރު.
އަނިޔާ ލިބޭ މީހުންނަށް ނަފްސާނީ ފަރުވާދެއްވުމުގައި އަދި އަނިޔާއާ ދެކޮޅަށް ވާހަކަދައްކަވައި ހޭލުންތެރިކުރުމުގައި ޑރ. އައިޝަތު އަލީ ނާޒު އަދާކުރައްވާ ދައުރު އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު މީހުންނަށް އާއްމުކޮށް ނޭނގި އޮތް ކަމަކީ، އޭނާ ވެސް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފަ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ޑރ. ނާޒު ވަނީ ފިރިމީހާގެ ފަރާތުން އަނިޔާ ލިބިވަޑައިގެންނެވި ކަން ފުރަތަމަ ފަހަރަށް އާއްމުކޮށް ކިޔައިދެއްވައިފަ އެވެ. އަދި އޭނާ ވިދާޅުވާގޮތުގައި އަނިޔާވެރި ބައިވެރިއަކު ދޫކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.
އަނިޔާގައި ޑރ. ނާޒުގެ އަމިއްލަ ތަޖުރިބާ ހިއްސާކުރެއްވީ މީގެ 16 އަހަރު ކުރިން ހިނގި އަސަރުގަދަ ހާދިސާއެއްގެ ވާހަކަ ފޮޓޯއާ އެކު ކިޔައިދެއްވަމުންނެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި "އަޅުގަނޑަށް ކެތްކުރެވެނީ ކިހާ ވަރަކަށްތޯ ބަލަން" އެއް މަހުގެ ތުއްތު ދަރިފުޅު މޫދު ތެރޭ އޮޔާދާން ދޫކޮށްލާފައިވެ އެވެ.
ސިޒޭރިއަންގެ ފާރުގަނޑު ފަސޭހަ ވެސް ނުވަނީސް ދަރިފުޅު ސަލާމަތްކުރަން މޫދަށް ފުންމާލަން ޖެހުނު ކަމަށާއި އެއީ "އަޅުގަނޑުގެ ހިތާއި ފުރާނަ އާއި ހަށިގަނޑު ކޮންމެ އިންޗިއެއްގައި ވޭން އަޅަމުންދިޔަ ދުވަސްތަކެއް" ކަމަށް ޑރ. ނާޒު ވިދާޅުވި އެވެ. ރޮއެރޮއެ އޮތް އަންހެން ދަރިފުޅަށް ބަލަހައްޓައިގެން މޫދުގައި ޑރ. ނާޒު ރޯން ހުންނެވި އަސަރުގަދަ ފޮޓޯއަކާއި މިހާރު ފުރާވަރު އުމުރުގައި އުޅޭ އެ ދަރިފުޅާ އެކު ތާޖު މަހަލް ކުރިމަތީގައި ނަންގަވާފައިވާ އުފާވެރި ފޮޓޯއެއް އެ ޕޯސްޓްގައި ހިމަނުއްވާފައިވެ އެވެ.
"ދެ ފޮޓޯގައި އަޅުގަނޑުމެންގެ ދެ މީހުންގެ މޫނުމަތިން ފެންނަ ތަފާތު ދެ މަންޒަރުން އެ ކިޔައިދެނީ ހަގީގީ ވާހަކައެއް،" ސޯޝަލް މީޑިއާއާ ރައްޓެހި ސައިކޮލޮޖިސްޓް ލިޔުއްވާފައިވެ އެވެ.
"ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި ބަހުގެ އަނިޔާ އިން ސަލާމަތްވެ އުފާވެރިކަމުން ފުރިގެންވާ ހަޔާތަކާ ދިމާއަށް ދިޔުމަކީ ކުރެވިދާނެ ކަމެއް."
ކުރިމަތިވި އަނިޔާތައް އަދި އަމިއްލަ ހަޔާތާ ބެހޭ އިތުރު ތަފްސީލެއް ޑރ. ނާޒު ނުދެއްވަ އެވެ. އޭނާ "މިހާރު"އަށް ވިދާޅުވީ މި ވަގުތަށް ވިދާޅުވާން އޮތީ މި ވަރަށް ކަމަށާއި ފަހުން އެ ވާހަކަތައް ތަފްސީލްކޮށް ލިޔުއްވަން ގަސްދުކުރައްވާ ކަމަށެވެ. އެކަމަކު ޑރ. ނާޒު ވިދާޅުވިގޮތުގައި، ވިހެއުމުގެ ތެރޭގައި އޭނާގެ ދެވަނަ ދަރިފުޅު މަރުވެފައިވާ އިރު، ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅާ އެކު ތަހައްމަލްކުރެއްވި ހިތްދަތިކަން ކިޔައިދެއްވަން ނިންމެވީ އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ފާހަގަކުރާ ދުވަހާ ގުޅުވައިގެންނެވެ.
"އަޅުގަނޑު ފުރަތަމަ ފަހަރަށް މި ވާހަކަ އާއްމުކޮށް މި ކިޔައިދިނީ މިކަހަލަ ހާލަތްތަކުގައި ތިބި އެހެން އަންހެނުންނަށް އެހީތެރިވެދީ ހިތްވަރު ދޭން،" ފޭސްބުކް ޕޯސްޓާ ބެހޭގޮތުން ޑރ. ނާޒު ވިދާޅުވި އެވެ.
"އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަންހެނަކަށް އަނިޔާ އިން އަރައިގަނެ އެހެން މީހުންނަށް ނަމޫނާއަކަށް ވެވިދާނެކަން، ހަޔާތުގެ މިހާ ހިސާބަށް އާދެވުނު އިރު އަޅުގަނޑަށް ދައްކައިދެވިއްޖެ."
ފޭސްބުކް ޕޯސްޓުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އަނިޔާ ތަހައްމަލްކުރުމުގެ ބަދަލުގައި އޭނާ އިޚްތިޔާރުކުރެއްވީ ވޭނާއި ކެކުޅުމުން ސަލާމަތްވެ އުފާވެރި ހަޔާތެއް އާރާސްތުކުރެއްވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަން ފާހަގަކުރެއްވި އެވެ. އެއީ، އޭނާ ވިދާޅުވިގޮތުގައި، "ޝިކާރައަކަށްވުމާއި ބާރުވެރިވުމުގެ ތަފާތެވެ."
"އަނިޔާވެރި ފިރިހެނަކާ އެއްކޮށް އުޅުމަކީ އަޅުގަނޑު އެއް އިރަކު ވެސް ކުރި ކަމެއް ނޫން. ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އިސްކުރީ ލޯތްބާއި އޯގާތެރިކަން. އެއީ ކިތަންމެ އުނދަގޫ، ގޮންޖެހުން ބޮޑު އަދި ކިތަންމެ ވަރަކަށް ބަދުނާމު ކުރިމަތިވި ނިންމުމަކަށް ވިޔަސް،" އޭނާ ލިޔުއްވާފައިވެ އެވެ.
އެހެން އަންހެނުންނަށް ޑރ. ނާޒުގެ ނަސޭހަތަކީ އަނިޔާ އަށް ނޫނެކޭ ބުނެ، ހިތްވަރާ އެކު ކުރިއަށް ހިނގައިގަތުމެވެ. އެއީ ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދެއްވަން މި ފަހަރު މިސާލު އެ ނެންގެވީ އޭނާގެ އަމިއްލަ ދިރިއުޅުމުންނެވެ.
ޑރ. ނާޒުގެ ފޭސްބުކް ޕޯސްޓް
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޢައިޝާ
03 December 2017
ތިކަހަލަ ކިތައްމެ ކަމެއް އަޅުގަނޑުމެން ގެ މި ކުޑަ މުޖުތަމައު ގައި ހިނގާފައި އެބަހުރި ހަގީގަތް އިނގޭނީ މަދު ބަޔަކައް ޑރ ނާޒް އައް ސެލިޔުޓް ކުރަން... އަނިޔާ ކޮއްފައި ތިބޭ މީހުންނައް މިފަދަ ލިއުމުން އިބްރަތެއް ހާސިލުވާ ނެ ނަމަ ކިތައްމެ ހާ ވެސް ރަނގަޅު ދަރިންނައް އިހުމާލު ވިއަސް އެދަރިފުޅު ކޮންމެ ވެސް ދުވަހަކުން ކާމިޔާބު ދަރިޔަކައް ވެގެން އަންނަ ތަން ފެންނާނެ އިރާދަ ފުޅުން....
ފާއިޒް
03 December 2017
ތަޖްރިބާއަކަށް ހިނގާ އެކްސިޑެންޓްވެލަން.
ނާސު
03 December 2017
ގެވެށި އަނިޔާ އޭ ކިޔާ އެތީގެ މާނަ މިއޮތީ ފެންނަން. ވިސްނޭނީ ބުއްދީގެ އަހުލުވެރިންނަށް.
ސަރުކާނު
03 December 2017
ތީ ފިލްމެއްގެ މަންޒަރެއްތ؟
އަލީހައިސަމް
03 December 2017
ކިތަންމެ ދުވަހެއް ވިޔަސް ކުޑަކުއްޖަކާ މެދު އިހްމާލްވީމަ އެކަން ބަލާ ތަހްގީގް ހިންގަންޖެހޭނެ. ފުލުހުން އަމިއްލައަށް އިސްނގައިގެން މިކަން ކުރަން ޖެހޭ.
ހަަސަން ފުރުސާނު
03 December 2017
ބައިވަރު ސުވާލު އެބަހުރި: 1. ތުއްތު ކުއްުޖަކު މޫދުގައި އޮޔާލާން ދޫކޮށްލުމަކީ ޖިނާއީ ކުށެއް، އެކުގައި ޝާމިލުވެ އިހުމާލުވި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭ 2. މޫދުގައި އެކަހަލަ އިމަރޖެންސީ އެއް ހިނގައިގެން އުޅޭ އިރު ފޮޓޯ ނަގަން އެ ވަގުތު ޚިޔާލަށް އައީ ކިހިނެތްތޯވެސް ހަމަ ސާފު ކޮށްލަން ބޭނުން ވޭ 3. ގިނަ ފަހަރަށް ފިރިހެނުން "ތިބުނާ ގެވެށި އަނީޔާ" އެއް ކުރަނީ އަނބިން ފިރިމީހާ އަށް ނުކިޔަމަންތެރިވެ ބޭވަފާ ތެރި ވީމަ. މިވެސް، ހަމަ ފާހަގަކޮށްލަން ބޭނުންވި ނުކުތާ އެއް
ހަމައަހަރެން
03 December 2017
ފިރިހެނުން އަންހެނުންނަށް ގެވެށި އަނިޔާކުރަނީ ނުކިޔަމަންތެރިވެ ބޭވަފާތެރި ވީމައޭ؟ ވާވާ! ސާބަސް ބޭފުޅާއަށް! ފިރިހެނުންނަކީ ހަމަ ހުދު ކާފޫރުކޮޅެއްދޯ. ގިނަ ފިރިހެނުން ދެކެނީ އަންހެނުންނަކީ އެމީހުންގެ އަޅުންކަމުގަ، އެމީހުންނަށް ގުލާނުކުރަނ ތިބޭ ބައެއް ކަމުގަ، މާ ދަށު ދަރަޖަިއގެ ބައެއްގެ ގޮތުގަ، އެހެންވީމަ އަނިޔާ ކުރަނީ. އަހަރެންގެ ބައްޕަ އަތުންފައިން މަސައްކަތެއް ނުކޮށް ދަރިންނަށް ކާންދެވޭން ގޮތެއް ހޯދައިނުދޭތީ މަންމަ ވަޒީފާއަށް ދާްންފެށި އަހަރެން ވަރަށް ކުޑައިރު، މަންމަ ވަޒީފާއަށް ދާތީ އެކަމާ ރުޅިއައިސްގެން ބައްޕަ ކިތަންމެ ދުވަހަކު މަންމައަށް އަނިޔާ ކުރި، ރޭގަނޑު ދަންވަރު ގެއަށް ނުވައްދާ ބޭރުގަ ބޭންދި، ހެނދުނު ވަޒީފާއަށް ދާން އުޅޭއިރު ހިފަހައްޓާ މަގުމަތީގައި ތަޅާ އަނިޔާކޮށް ހެދި، ކިތަންމެ ފަހަރަކު މަރާލަން ކަރުގައި ހިފާފައިވެސް އެބަހުރި. އެކަމަކު އެންމެ ފަހުން މަރުވެދިޔައީ ދެރަ ނިކަމެތި ހާލުގަ، އެއްކަލަ އަޅާނުލާ ދޫކޮށްލި ދަރިން ނޫނީ އަޅާލާނެ މީހެއް ނެތް ހާލުގަ
ތުމާ
03 December 2017
ކަލެއަށް ދެން މާ ބޮޑަށް އެނގިފަ ތިހުރީ
ޑޮން
03 December 2017
ތިޔަވާނީ އިންޑިޔާ ހިސާބުގެ ކަނޑަ މީހަކަށް
ޙަސަނ
03 December 2017
އާއިލީ މިހާބޮޑުކަމެއް މިހާދުވަސްފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ވަރަށް ގިނަ ސުވާލު އުފެދޭ.. އަދި މީ ރަނގަޅުގޮތްކަމަށް ޤަބޫލެއް ނުކުރެވޭ.
ބަސްހުއްޓި
03 December 2017
އަނބިންގެ ފަރާތުން ފިރިންނަށް ދެމުންދާ އަނިޔާވެސް ހުއްޓުވަމާ، މިކޮމެންޓަށް އެންމެ އަންހެން މީހަކު ވެސް ލައިކެއް ނުދޭނެ، ޑރ ނާޒުވެސް ލައިކެއް ނުދޭނެ، ޔަގީން،
މާމަ
03 December 2017
އަންހެނުންވެސް ގޯސްވީމަ ބުނވޭނެ ގޯހޭ. ގޯސް މީހުން އުޅޭ
ނާން
03 December 2017
ނާޒު އާއިމެދު ފިރިމީހާ އެގޮތަށް ކަންތައް ކުރުމުގެ ކޮންމެވެސް ސަބަބެއް އޮންނާނެ. ހަމަ އަނިޔާ ދޭންވެގެން ކައިވެނިކޮށް ދަރިޔަކު ހޯދީ ކަމަކަށް ގަބޫލެއް ނުކުރެވޭ. ކީއްވެގެން, ކޮން އިރަކުން ފެށިގެންކަން. ސަބަބު ގަބޫލު ކުރެވުނަސް އަދި ނުކުރެވުނަސް ސަބަބެއް އޮންނާނެ.
ސަބަބްސް
03 December 2017
ބައެއް މީހުންނަކީ ހަމަ އަނިޔާވެރިން.
ސުވާލު
03 December 2017
ސަބަބެއް އޮތަސް ނެތަސް އަނިޔާ ކުރަން ޖެހޭތަ؟
ކިސާން
03 December 2017
ތިބުނަނީ ސަބަބަކާ ލައިގެން ވެއްޖެޔާ ކުޑަ ކުއްޖަކު މޫދައް ދޫކޮއްލުން އެއީ މައްސަލައެއް ނޫނޭ ތަ؟