އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު. ފައިލް ފޮޓޯ:މިހާރު
04 ޖުލައި 2019 - 11:42
އެސްޓީއޯއިން ކުރިން އެތެރެކުރަމުން އައި ދެ ބާވަތް ކަމަށްވާ ހިލަޔާއި ހިލަވެލި އެތެރެ ކުރުން ހުއްޓާލީ ބަލްކްކޮށް ގެނެސް، ޕެކްކޮށްގެން ވިއްކަން ކުރީ ސަރުކާރުން ފުރުސަތު ނުދީގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ އަށް އެސްޓީއޯގެ ޗެެއާމަން ހާމިދު ނަޝީދު މުހައްމަދާއި މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ބަލްކުކޮށް ވެލި ޖަމާކޮށްގެން ވިއްކަން އެސްޓީއޯއިން ކުރިން ހުށަހެޅި ކަމަށެވެ. އެކަަމަކު އެސްޓީއޯ އަށް އެ ފުރުސަތު ނުދީ އެމްއެމް އެކްސްޕޯޓްސް އަށާއި ޗައިނާގެ ކުންފުންޏަކަށް ހުއްދަ ދިނުމުން، އެ ކުންފުނިތަކާ ވާދަ ނުކުރެވި އެސްޓީއޯއިން ހިލަ އާއި ހިލަވެލި ގެނައުން ހުއްޓުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯއިން ޕްލޭނެއް ހެދީ ހުޅުމާލޭގައި ހިލަ ހިލަވެލި ބަލްކްކޮށް ގެނެސް ބަހައްޓައިގެން ވިއްކަން. ދެން އެ ޕްލޭން އޭރުގައި ސަރުކާރާ ހިއްސާކުރީމާ، ސަރުކާރުން އެ ހުއްދަ އެހެން ނުދީ އޭގެ ތިން މަސް ފަހުން ކުއްލިއަކަށް އެމްއެމް އެކްސްޕޯޓްސް [މޯހަން މުތާ އެކްސްޕޯޓްސް)އަށާއި ޗައިނާ ކުންފުންޏަކަށް އެ ހުއްދަ ލިބިގެން ދިޔައީ. އޭގެ ފަހުން އެތަނުން އެ މަސައްކަތް ކުރަމުން އެދަނީ،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން އެސްޓީއޯގެ ވިޔަފާރި އަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ.
"މިހާ ދުވަސްވީއިރު ވެސް އެސްޓީއޯގައި ނެތް ބަލްކްކޮށް ގެނެސް ތިލަފުށްޓަށް ގެނެސް އޮއްސާލައިގެން ޕެކްކޮށްގެން އެ ވިއްކާނެ ފެސިލިޓީއެއް ހަގީގަތުގައި. އެހެންވީމާ އެސްޓީއޯއަކަށް އެ ވިޔަފާރިއެއް ހަގީގަތުގައި ނުކުރެވޭ. ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކުމުގެ ވިޔަފާރިއެއް. ދަގަނޑު އެކަނި އަޅުގަނޑުމެންނަށް ބޭރުން މި ގެނެވެނީ،" އަމްރު ވިދާޅުވި އެވެ.
ބައްދަލުވުމުގައި އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދު ވިދާޅުވީ އެސްޓީއޯއިން އަލުން އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ޓަކައި ތިލަފުށިން ބިމެއް ހޯދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާބެ
05 July 2019
އަދިވެސްލާ އެކްޓިވިސްޓަކު ކުންފުނީގެ ވެރިޔަކައް މިހީވަނީ މިކުންފުނިތަކަކީ ޕާޓީތަކުގެ މިލްކިއްޔާތެއްހެން ބަލަ ތިޔަ އެސްޓީއޯއޭކިޔާ ކުންފުންޏަކީ ރައްޔަތުންނަށް ހިއްސާ ވިއްކައިގެން ފެށި ކުންފުންޏެއް ދެން އޭނާއޭ މީނާއޭ މިސަރުކާރޭ އެސަރުކާރޭ ކިޔާ ކަރާފަޅާނެ ކަމެއްނެތް އަމިއްލަ ކަމެއް ނުހިންގިގެން ބޮއްސުންލައިގެން ދިޔައިމާ ދެން ކޮންކަމެއް ުރެވޭނީ ފުރަތަމަ އަމިއްލަ ނަފްސް ދެކެ ލޯބިވެވޭތޯ ބެލުން މާ ބުއްދިވެރިވާނެ ވެދުން
ނަތާނިޔާ
04 July 2019
ހިލަވެލި ހުއްޓާލަން ޖެހުނީ އިންޑިޔާއިން އެޅިފިޔަވަޅަކާއި ގުޅިގެން.. އެއީ އޭރުގެ ސަރުކާރައް ޖެއްސުން ކުރުމައް އިންޑިޔާގެ ހިންދޫން ދިވެހި ރީނދޫއިންނާއި ގުޅިގެން ރާއްޖޭގެ ކުރިއެރުމައް ހުރަސް އަޅާން ހިންގި ޖަރީމާއެއް.
ކަރީމުއްދީން ބާޝާ
04 July 2019
ހުސް މޮޅުވާހަކަ. ބޯހަލާކު.
މުތާ
04 July 2019
ތިޔަ އެމް އެމް އެކްސް ޕޯޓް ގެ އުދަގޫ ވަރަށް ބޮޑުވެއްޖެ މިކުންފުނީގެ އަޑީގައި ތިބި ބަޔަކު މިގައުމުގެ ރައްޔިތުން ބަލަންވެއްޖެ ކޮންމެ ސަރުކާރެެއްގައި މިމީހުން ކޮންމެވެސް ގޮތަކުން ފޫައަޅުވާލާފައި ވަދެ ނާޖާއިޒް ފައިދާ ނަގާ މިކަން މިހާރު ބޮޑުކަމަކަށް ވެއްޖެ
ދުވާރު
04 July 2019
ދައުލަތުގެ ފައިސާއިން ސަބުސިޑީ ދިނީމަ އޭގެ ފައިދާ ކުރަނީ ރާއްޖޭގައި އުޅޭ 250،000 ބިދޭސިންނަށް.
އަހުމަދު މުސްތަންސިރު
04 July 2019
ހޫނ.އެއްކަލަ މޯހަން މުތާ އެކްސްޕޯރޓްސް(އެމް.އެމް.އެކްސްޕޯރޓްސް) ގެ ވާހަކަ އަނެއްކާވެސް.މިއީ މި ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި އަދި ބޮޑެތި ވިޔަފާރިތަކަށްވެސް ބޮޑު ޗެލެންޖެކެވެ.މި މީހުންނަކީ މި ޤައުމުގައި މިހާރު ތިބި އިންޑިޔާގެ ވޯރާޢިންނެވެ.ކޮންމެ ސަރުކާރެއް އޮތަސް ކޮރަޕްޝަން ހިންގައި މަޝްރޫޢު ހޯދައެވެ.އެސް.ޓީ.އޯ.އަކީވެސް މި މީހުންނަށް ދަރާ އޮންނަ ބައެކެވެ. މިވެރިން ބޭރުކުރާށެވެ.ނޫނީ މަޖިލީހުގެ ކޮމެޓީއަށް ގެންދެބަލާށެވެ.
ފުންއަސަރު
04 July 2019
ދިވެހި ރައްޔިތުންނަށް ހެޔޮހިތުން ކަމެއްކޮށްދެންޏާ، ތިކަންކަން ހުއްޓާލާފާ ފުރަތަމަވެސް ހަނޑޫ، ހަކުރު، ފުށް، އަދި ފިޔާ، ބިހާ، އަލުވިއާ، މިފާޑުގެ އާންމު އެއްޗެތި އަގުހެޔޮކޮށް ވިއްކޭގޮތަށް ކަންކަން ހަމަޖައްސާލަދީބަލަ. އެސްޓީއޯއަށް ބޮޑެތި ގުދަންތައް ދޫކޮށްފާވާއިރު، ރައްޔިތުންނަށް އަސާސީ ފަސޭހައެއް ވަނީކީނޫން. ސަރުކާރުން ހަނޑޫ ހަކުރު ފުށް ވަކިއަގުތަކެއްގާ ވިއްކަން ބުންޏަސް، އެސްޓީއޯއިން ގަނެގެން ގެންގޮސް ވިއްކަނީ ބޮޑުކޮށް. މިވަރުވެސް ބަލާލެވެނީކީނޫން.
ސިމްބެ
04 July 2019
ދޮގު ނަހަދާ. އެސްޓީއޯއިން އެތެެރެކުރިޔަސް ސަޕްލައި ކުރަނީ އެމްއެމް އެކްސްޕޯޓްސް. މިކުންފުނި ރާއްޖޭގަ ހަންފަތުރާ ވަރު އަންގަދީ މިހާރު ޑޮޓްކޮމްގަ އޮތް އެހަށްދުވަހު ރިޕޯޓެއް ޖަހާފަ.