ބަރަބޮލަކީ ވެސް ހަށިގަނޑަށް ފައިދާހުރި ތަރުކާރީއެކެވެ. މިއީ ވެސް ކެއުމުގެ އިތުރުން އެހެން ބައެއް ކަންކަމަށް ބޭނުންކުރެވޭ އެއްޗެކެވެ.

ބަރަބޮލުގެ ކަރުކަނޑު ބޭނުން ކޮށްގެން ފޭސްމާސްކެއް ވެސް ހެދިދާނެ އެވެ. ބަރަބޮލަކީ ވިޓަމިން އޭ، ސީ އަދި އީ އެކުލެވޭ، ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. އެހެންވެ އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، މޫނުގައި ހުންނަ ރޫތައް ފިލުވާލަދެ އެވެ.

ފޭސްމާސްކް ހަދަން ބޭނުންވާ ތަކެތި:

- ބަރަބޮލުގެ ކަރުގަނޑު، 1/2 ޖޯޑުގެ

- 1 ބިސް

- 1/2 ސައިސަމުސާ މާމުއި

- 1/2 ސައިސަމުސާ އެޕަލް ވިނިގާ

ފޭސްމާސްކް ތައްޔާރުކުރާނެ ގޮތް:

ބަރަބޮލުގެ ކަރުގަނޑު މިކްސަރަށް އަޅާފައި ހިމުން ކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބިހާއި މާމުއި އަދި އެޕަލް ވިނިގާ އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. އެއަށްފަހު މޫނުގައި ހާކާލާށެވެ. އަދި 15-20 މިނެޓު ވަންދެން އެއްކޮށް ހިކެންދެން ބަހައްޓާށެވެ.

މޫނު އެއްކޮށް ހިކުނީމާ ފެންފޮދަކުން ދޮވެލުމަށް ފަހު މޫނުގައި އުނގުޅަން ބޭނުންކުރާ ޕްރޮޑަކްޓެއް އުނގުޅާލިޔަސް އެންމެ ރަނގަޅުވާނެ އެވެ.