19 މާޗް

March 19, 2019 1
ގެލަކްސީ އެސް10 5ޖީ: ފޯނު ޓެސްޓްކުރަން ފަށައިފި

ސެމްސަންގް ގެލަކްސީ އެސް10 5ޖީ ޓެސްޓްކުރަން ފަށައިފި އެވެ. ސެމްސަންގް ސްމާޓްފޯނެއް ޓެސްޓްކުރާ ވާހަކަ މި ބުނީ، މިއީ 5ޖީ ފޯނަކަށް ވާތީ އެވެ.

18 މާޗް

March 18, 2019
ސެމްސަންގް އޯލެޑް ސްކްރީންތައް ވާވޭ ފޯނުތަކަށް

ސެމްސަންގް އަދި ވާވޭ އަކީ ވާދަވެރި ދެ ކުންފުނި ނަމަވެސް، މާޒީ ހަނދާން ނައްތާލައި، ވިޔަފާރިގައި ގުޅުން ހަރުދަނާކުރަން މަސައްކަތްފަށައިފި އެވެ. ވާވޭ ބުނި ގޮތުގައި އެ ކުންފުނީގެ "ޕީ30 ޕްރޮ" އަށް ބޭނުންވާ ހުރިހާ އޯލެޑް ސްކްރީނެއް އުފައްދަން ސެމްސަންގް އަށް އޯޑަރުދޭނެ އެވެ.

17 މާޗް

March 17, 2019 3
އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު: ވާވޭ

އެމެރިކާ އިސްވެ އޮވެ، ވާވޭ އަށް ދަތިކުރަންކުރާތީ، ވާވޭ އަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވިއްޖެ ހާލަތެއްގައި، އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

13 މާޗް

March 13, 2019 2
"ވަން ހޭންޑް އޮޕަރޭޝަން +" ކަމުދާ އެޕްލިކޭޝަނެއް

ސެމްސަންގް ސްމާޓްފޯނެއް ބޭނުންކުރާ ނަމަ، "ވަން ހޭންޑް އޮޕަރޭޝަން +" އަކީ ގޮތް ބަލާލަން ރަނގަޅު އެޕްލިކޭޝަނަކެވެ. ސެމްސަންގް ނޫން ފޯނެއްގައި މި އެޕްލިކޭޝަން މަސައްކަތްނުކުރުން އެކަށީގެންވެ އެވެ. މި އެޕްލިކޭޝަން އުފައްދާފައި ވަނީ ސެމްސަންގުންނެވެ.

10 މާޗް

March 10, 2019
ޒީޓީއީ އިން ވެސް ފަތްޖެހޭ ފޯނެއް އުފައްދަނީ

ޒީޓީއީ އިން އުފައްދަން މަސައްކަތްކުރާ ފަތްޖެހޭ ފޯނު ބޮޑަށް ވައްތަރުކުރެވެނީ މޮޓޮރޯލާ "ރޭޒާ"އާ އެވެ. މޮޓޮރޯލާ ރޭޒާ އަކީ، އެއިރު ވަރަށް ކަމުދިޔަ ފޯނެކެވެ. އެންޑްރޮއިޑަށް ވުރެ ކުރިން ބޭނުންކުރެވުނު މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ކަމަށްވާ، "ސިމްބިއަން" އިން ހިންގޭ ގޮތަށް އިންޖިނިއާކުރި މޮޓޮރޯލާ ރޭޒާ، ރޭޒަރުތިލައެއްގެ މިސާލުން...

07 މާޗް

March 07, 2019
މައިކްރޮސޮފްޓް ބޭންޑް ހުއްޓާލަނީ

މައިކްރޮސޮފްޓް "ހެލްތު ޑޭޝްބޯޑް" އެޕްލިކޭޝަންތައް ބެލެހެއްޓުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މާނަ އަކީ "މައިކްރޮސޮފްޓް ބޭންޑް" އަށް އެ ކުންފުނިން ދެމުން ދިޔަ ސަޕޯޓް ވެސް ނިމުމަކަށް އައީ އެވެ. މައިކްރޮސޮފްޓް ބޭންޑަކީ އެ ކުންފުނިން ޑިޒައިންކޮށް އުފެއްދި ސްމާޓް ބޭންޑަށް ކިޔާ ނަމެކެވެ. އެއީ ސްމާޓް ގަޑިއެއް އަދި "ފިޓްނަސް...

04 މާޗް

March 04, 2019 3
އުރީދޫން ސެމްސަންގް އެސް10ގެ ޕްރީ އޯޑާ ހުޅުވާލައިފި

އުރީދޫން ސެމްސަންގް ގެލެކްސީ އެސް10 އާއި ސެމްސަންގް އެސް10 ޕްލަސް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

March 04, 2019 3
ގެލަކްސީ ފޯލްޑްގެ ޑިޒައިން ކަމަކުނުދޭ: ވާވޭ

ސްމާޓްފޯނުތައް ފަތްޖަހާ މޫސުން މި އޮތީ ފެށިފަ އެވެ. ފަތްޖެހޭ ފޯނެއް އުފައްދަން ކޮންމެ ކުންފުންޏަކުން ވެސް ބޭނުންވެ އެވެ. އެކަމަކުވެސް، ސްމާޓްފޯނެއް ފަތްޖެހިދާނެކަން އަދި މިހާތަނަށް...

28 ފެބުރުއަރީ

February 28, 2019
ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާނެ

ވަޔަލެސް ޗާޖިން ނެތް ފޯނެއް، ސްމާޓްފޯނަކަށް މިހާރު ނުވެ އެވެ. އެކަމަކު ވެސް ވަންޕްލަސް ބުނަނީ ވަރިހަމަ ކަމަށެވެ. ވަންޕްލަސް 7 ގައި ވަޔަލެސް ޗާޖިން ނުހިމަނާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެ ދެ އުޒުރެއް ދައްކަ އެވެ.

27 ފެބުރުއަރީ

February 27, 2019 3
މައިކްރޮއެސްޑީ ކާޑުތައް "ވަންޓީބީ" އަށް އަރައިފި

ދެ އިނގިލި ކުރިން ހިފުމުން ނުފެންނަހާ ކުޑަ މައިކްރޮއެސްޑީ ކާޑުތައް "ވަންޓީބީ" އަށް ޖާގަ އިތުރުކޮށްފި އެވެ. މިއީ މިހައި ކުޑަކުޑަ އެއްޗަކަށް "ޑާޓާ" އުފުލިދާނެ ކަމަށް ހީވެސްނުކުރެވޭހާ ބޮޑު އަދަދެކެވެ.

26 ފެބުރުއަރީ

February 26, 2019 2
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ

މަޝްހޫރު ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ބާރުގަދަ ފޯނުތަކެއް މާކެޓަށް ނެރެ އެވެ. އެކަމަކު، މިހާރަކަށް އައިސް އިވެނީ، ކުންފުނިތަކުން ބޭނުންވާ އަދަދަށް ފޯނުތައް ނުވިކެޔޭ ބުނާ...

February 26, 2019 5
އޮޕޯގެ ފަތްޖެހޭ ފޯނުގެ ނަކަލެއް ދައްކާލައިފި

ފަތްޖަހައިލެވޭ ފޯނުގެ ވާހަކަ މިހާރު އެއްވެސް ބަޔަކަށް އަލެއް ނުވާނެ އެވެ. އެ ޒާތުގެ ފޯނު އެންމެ ފުރަތަމަ ނެރުމުގެ ޝަރަފު ދެކުނު ކޮރެއާގެ ސެމްސަންގުން ހޯދާފައިވާ އިރު، ޗައިނާގެ ވާވޭ...

25 ފެބުރުއަރީ

February 25, 2019 4
ސެމްސަންގް ގެލަކްސީ އެސް10 5ޖީ އަށް ނެޓްވޯކެއް ނެތް

އާންމު ބޭނުންތަކަށް ދޫކުރެވޭ ފެންވަރަށް އެއްވެސް ގައުމެއްގައި އަދި 5ޖީ ނެޓްވޯކް ގާއިމެއްނުކުރެވެ އެވެ. އެހެންކަމުން، ސެމްސަންގް ގެލަކްސީ އެސް10 5ޖީ، އާންމުކޮށް ބޭނުންކުރެވޭނެ ދުވަހެއް އެކަކަށް ވެސް އަދި ނޭނގެ އެވެ.

24 ފެބުރުއަރީ

February 24, 2019 5
ގެލެކްސީ ފޯލްޑް: 1،989 ޑޮލަރުގެ ފޯނު އޭޕްރީލްގައި

ފަތްޖަހައިލެވޭ ގޮތަށް ފޯނެއް އުފައްދަން ސެމްސަންގުން 10 ވަރަކަށް އަހަރު ކުރި މަސައްކަތަށް ފަހު މި ވަނީ އޭގެ ނަތީޖާ ދައްކާލައިފަ އެވެ. މިއީ މެދުން ފަތްޖަހާލާފައި އޮންނައިރު އާދައިގެ ފޯނެއް އަދި ހުޅުވާލުމުން ޓެބްލެޓަކަށް ފުދޭ ފޯނެކެވެ. ފެންވަރުގެ ގޮތުން ފާޑު ކިޔަން އަދި މާކެޓްގައި އަޅާކިޔާނެ މި ފެންވަރުގެ، މިކަހަލަ ފޯނެއް ނެތެވެ.

21 ފެބުރުއަރީ

February 21, 2019 3
ރަޝިޔާ ސިފައިން ސްމާޓްފޯނު ބޭނުން ކުރުން މަނާކޮށްފި

މޮސްކޯ (ފެބްރުއަރީ 21) - ޑިއުޓީގައި ތިބޭ އިރު ރަޝިޔާ ސިފައިން ސްމާޓްފޯން ބޭނުން ކުރުން މަނާކުރުމަށް ރަޝިޔާގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

17 ފެބުރުއަރީ

February 17, 2019 2
ޝޯމީގެ ފޯން ޝިޕްމަންޓެއް ފޭރިގެންފި

އިންޑިއާގައި، އެ ގައުމުގައި މަގުބޫލު ޝޯމީ މަރުކާގެ ފޯނުތަކެއް އަރުވައި ބަރާކޮށްގެން ދަތުރުކުރި ލޮރީއެއް ލޫޓުވައިފި އެވެ.

15 ފެބުރުއަރީ

February 15, 2019
ގެލެކްސީ އެސް10 ގެ ޕްރި-އޯޑަ މި މަހުގެ 21 ގައި

މި މަހުގެ 20 ވަނަ ދުވަހު ސެމްސަންގް ގެލެކްސީ އެސް10 ގެ ފޯނާ އެކު ފަތްޖަހައިލެވޭ ފޯނު ވެސް ދައްކާލަން ތައްޔާރުވަމުން އަންނަކަން ދެކުނު ކޮރެއާގެ ކުންފުނިން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.

14 ފެބުރުއަރީ

February 14, 2019 2
ގެލަކްސީ އެސް10 މަރުކާގައި ތިން ފޯނެއް

ސެމްސަންގް ގެލަކްސީ އެސް10 ތައާރަފްކުރުން ބޯމަތިވެފައި ވާއިރު، ގެލަކްސީ އެސް10 މަރުކާގައި ތިން ފޯނެއް ހިމެނޭ ކަމަށް ބުނެވެ އެވެ. ސެމްސަންގްގައި ވާނުވާ ދަންނަ މީހަކު ބުނި ގޮތުގައި، ގެލަކްސީ އެސް10 މަރުކާގައި ހިމެނޭ ފޯނުތަކަކީ "ގެލަކްސީ އެސް10"، "ގެލަކްސީ އެސް10 ޕްލަސް" އަދި "ގެލަކްސީ އެސް10އީ" އެވެ.

10 ފެބުރުއަރީ

February 10, 2019 2
ނެޓްފްލިކްސްގައި އައިއޯއެސް އަށް ހާއްސަ ފީޗާއެއް

އައިއޯއެސް ބޭނުންކުރާ މީހުންނަށް، ނެޓްފްލިކްސް އިން ހާއްސަ ފީޗާއެއް ތައާރަފުކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2019 1
ގެލަކްސީ އެސް10 ގައި ވައިފައި 6

ސެމްސަންގް ގެލަކްސީ އެސް10ގެ ބާރުގަދަކަމާ މެދު ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ. މިއޮތީ ވެސް ގެލަކްސީ އެސް10ގެ ހައިބަތާ ބެހޭ ގޮތުން ދެކެވޭ ވާހަކައެކެވެ. "ވައިފައި 6" އެންމެ ފުރަތަމަ ގާއިމުކުރާ ފޯނަކަށް ގެލަކްސީ އެސް10 ވާނެ ކަމަށް އެބަ ބުނެވެ އެވެ.

06 ފެބުރުއަރީ

February 06, 2019
ސްމާޓްފޯން ވިޔަފާރިއެއް ނުހުއްޓާނަން: އެލްޖީ

އެލްޖީ މޮބައިލް އަށް ފައިދާނުވާތާ ހަތަރު އަހަރުވެއްޖެ އެވެ. އެލްޖީގެ އެހެން މަރުކާތަކުން ރެކޯޑް އަދަދަކަށް ފައިދާ ހޯދިއިރު، ފާއިތުވި އަހަރު ވެސް އެލްޖީ މޮބައިލް އަށް 700 މިލިއަން ޑޮަލަރު ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް، އެލްޖީން ބުނީ ސްމާޓްފޯން އުފެއްދުން ހުއްޓައިނުލާނެ ކަމަށެވެ.

05 ފެބުރުއަރީ

February 05, 2019 2
ފައިވާން "ސެލްފީ" މަޝްހޫރުވެއްޖެ

އިންޑިއާގެ ފަގީރު އަވަށެއްގައި ތުއްތު ކުދިންތަކެއް ފައިވާނަކުން ނެގި "ސެލްފީއެއް" މިހާރު އިންޓަނެޓްގައި ވައިރަލްވެ، އޭގެ ވާހަކަ އަންނަނީ ވަަރަށް ގަދައަށް ދެކެވެމުންނެވެ.