19 މެއި

May 19, 2019 50
ނިންމުމަށް ސަތޭކަ، ދެން އޮތީ މި ސުވާލު!

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާ ލަސް ވެސް ވެއްޖެ އެވެ؛ ނިންމުން ބަރާބަރެވެ.

May 19, 2019 22
މިހާރު ވެސް "މަގުމަތީ ސިނގިރެޓް ބުއިން މަނާ"

ދުންފަތުގެ ދުމުގެ ތެރެއަށް ނޭވާ ނުލައި މިހާރު މަގަކުން ނުދެވޭނެ އެވެ. ދޮރާށި ބުޑުން، ކަންކަންމަތިން އަދި ހިނގާފައި ދަމުން ދުން އަރުވާ މީހުން ހީވާނީ މާ މޮޅު ކަމެއް ކުރެވޭތީ އެހެން...

15 މެއި

May 15, 2019 140
މާލޭގެ މަގުމަތީ ސިނގިރޭޓު ބުއިން މަނާކުރަނީ

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.

02 މެއި

May 02, 2019
"އައިކޮސް" އަށް އެމެރިކާ އިން ހުއްދަ ދީފި

ސިނގިރެޓްގެ ބަދަލުގައި ބޭނުންކުރަން، ދުންފަތުގެ ބާވަތްތައް އުފައްދާ ފިލިޕް މޮރިސް ކުންފުނިން އުފެއްދި "އައިކޮސް" ގެ ނަން ދީފައިވާ ޑިވައިސް ވިއްކުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އޮތޯރިޓީން (އެފްޑީއޭ) އިން ދީފި އެވެ.

12 މާޗް

March 12, 2019
އެންމެ ސިނގިރެޓަކުން ވެސް ކުއްޖާގެ ފުރާނައަށް ނުރައްކާ

މާބަނޑު ދުވަސްވަރު ބޯލާ އެންމެ ސިނގިރެޓަކުން ވެސް ދަރިފުޅުގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ އެކު ކުއްޖާ މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

04 މާޗް

March 04, 2019 3
ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ

ތަރުކާރީ އާއި މޭވާ ކެއުމަކީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މުހިންމު ކަމެއްކަން އެނގެ އެވެ. ސައިންސްވެރިން މި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މޭވާ އާއި ތަރުކާރީން އަދާކުރާ ރޯލަކީ ކޮބައިތޯ ބަލައިފަ އެވެ.

24 ފެބުރުއަރީ

February 24, 2019
ދުންފަތުގެ އިސްތިއުމާލުކުރުމުން ލޮލުގެ ފެނުން ބަލިކަށިވޭ

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2019
ދުންފަތާ ދުރުވުމުން ހަމުގެ ކެންސަރުގެ ނުރައްކާ ކުޑަވޭ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ނުރައްކާތެރި ހަމުގެ ކެންސަރުތަކުން ވެސް ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2019 5
ދުންފަތާ ދުރުވާން ނައިބު ރައީސް ގޮވާލައްވައިފި

މައިންނާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ދުންފަތުގެ ދުމުން ސަލާމަތްކުރަން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

12 ފެބުރުއަރީ

February 12, 2019
އީ-ސިނގިރޭޓެއް ގޮވައި މީހަކު މަރުވެއްޖެ

އެމެރިކާގެ ޓެކްސަސްގައި މީހަކު އީ-ސިނގެރެޓެއް ބޮނިކޮށް އެ ގޮވައި، ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 1
ދުންފަތުގެ އިސްތިއުމާލުކުރެވޭ އުމުރު 100 އަށް!

ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އުމުރަކީ 100 އަހަރުން މަތިވުން ކަމަށް ކަނޑައަޅާ ބިލެއް ހަވާއީގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.

03 ފެބުރުއަރީ

February 03, 2019 59
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!

"ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް، މިއަދު އަޒުމް ކަނޑައަޅަންވީ، ދުންފަތަށް އަލްވަދާއު ކިޔައި، ފުރިހަމަ ސިއްހަތަކަށް މަރުހަބާ ކިޔުމަށް،" ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހުކުރަން މިދިއަ ބުދަދުވަހު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

31 ޖެނުއަރީ

January 31, 2019 55
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!

އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

January 31, 2019 18
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި...

30 ޖެނުއަރީ

January 30, 2019 7
ދުންފަތާ ދެކޮޅު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ދޭ އެވޯޑަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

29 ޖެނުއަރީ

January 29, 2019 54
ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުމަށް ލަފާ އަރުވައިފި

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ލަފާ އަރުއްވައިފި އެވެ.

28 ޖެނުއަރީ

January 28, 2019 33
ސިނގިރޭޓު ހަނގުރާމައިގަ އެއް ފިޔަވަޅު ފަހަތުގައި

ލޭގެ ކެންސަރުން އަހުމަދު ހަމީދު ،47، މިންޖުވިތާ ގާތްގަނޑަކަށް އަހަރެއް ފުރުނީ އެވެ. ހަމީދު ބުނާ ގޮތުގައި ކެންސަރު ޖެހުމުން އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބުނީ ބޮޑު ނިކަމެތި ކަމެކެވެ. އެ ތަޖުރިބާ އެހެން މީހަކު ކުރާކަށް ހަމީދު ނޭދެ އެވެ. ސިނގިރޭޓު ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރު ޖަހަން އޭނާ ބޭނުންވަނީ އެހެންވެ އެވެ.

02 ޑިސެމްބަރ

December 02, 2018 32
ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަން އެދެފި

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދު ގެޒެޓްކޮށް ތަންފީޒުކޮށްދިނުމަށް ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2018
ދުންފަތުގެ މައްސަލައެއްގައި "ބަދާއީ ހޯ" އަށް އިންޒާރު

ސިނަމާތަކުގައި މިހާރު ވަރަށް ކާމިޔާބުކޮށް ހިނގަމުން އަންނަ ފިލްމު "ބަދާއީ ހޯ" ގައި ދުންފަތް އިޝްތިހާރުވާ ގޮތަށް ގިނަ މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެ މަންޒަރުތައް ފިލްމުން އުނިކުރަން އަންގައި، އެގޮތަށް އަމަލު ނުކުރާ ނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރު ނިއު ދިއްލީގެ ޕަބްލިކް ހެލްތު އެންޑް ސްޓޭޓް ޓޮބޭކޯ ކޮންޓްރޯލުން...

23 އޯގަސްޓް

August 23, 2018 4
އުމުރުން 2 އަހަރު، ދުވާލަކަށް 40 ސިނގިރެޓް

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަ އިރު އިންޑޮނީޝިއާގައި މިކަމާ ގުޅޭ ހިތާމަވެރި މަންޒަރުތައް ފެނުން އާންމެވެ. ވަރަށް ކުޑަ ކުދިން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކޮށް އެޔަށް ދެވި ހިފާފައިވާ ކަމުގެ ރިޕޯޓްތައް ދޭތެރެދޭތެރެއިން އާދެ އެވެ.

17 އޯގަސްޓް

August 17, 2018 31
ކެފޭތަކުގައި ސިނގިރޭޓް މަނާކުރަން ޖެހެނީ ކީއްވެ؟

އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޓޮބެކޯ ކޮންޓްރޯލް ބޯޑުން މަސައްކަތްކުރަމުން އަންނަ އިރު އެ ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކެމްޕެއިންކުރައްވަމުންނެވެ. ބޯޑު މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ކެފޭ/...

15 އޯގަސްޓް

August 15, 2018 36
ސިނގިރޭޓް ބުއިމާ ދެކޮޅަށް އަފްއާލް ޕެޓިޝަނެއް ހަދަނީ

ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި އެވެ.