ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

ފިއްތުންތައް ބޮޑުވެ، އަބްރަމޮވިޗް ޗެލްސީ ހިންގުމާ ދުރަށް

އަބްރަމޮވިޗް.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (ފެބްރުއަރީ 27) - ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުންދާ ޕްރެޝަރުގެ ސަބަބުން އިނގިރޭސި ކްލަބް ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބު ހިންގުން ޗެލްސީގެ ފައުންޑޭޝަނާ ހަވާލުކޮށްފި އެވެ.

ޗެލްސީ އިން ރޭ ނެރުނު ބަޔާނެއްގައި އަބްރަމޮވިޗް ވިދާޅުވީ، މިދިޔަ ވިއްސަކަށް އަހަރު ކްލަބުގެ ވެރިއަކަށް ހުންނަވައި، ޓީމުގެ ބަލަދުވެރިއެއްގެ ގޮތުން ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެއްވުނު މަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ވަގުތު ކްލަބުގެ ކަންކަން އެންމެ ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ހާލަތުގައި އޮތީ ކްލަބުގެ ފައުންޑޭޝަން މެމްބަރުންނަށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"އަހަރެން އަބަދުވެސް ނިންމުންތައް ނިންމަނީ ކްލަބަށް އެންމެ މަސްލަހަތު ހުރި ގޮތަށް ބަލައި، ހިތުގެ އެންމެ ފުންމިނުން. ކްލަބުގެ އުސޫލުތަކަށް އަހަރެން އިހުތިރާމް ކުރަން. އެހެންވެ މިއަދު އަހަރެން ޗެލްސީގެ ބެލެނިވެރިކަން މި ހަވާލުކުރަނީ ޗެލްސީގެ ޗެރިޓަބަލް ފައުންޑޭޝަންގެ ޓްރަސްޓީސް އަށް،" އަބްރަމޮވިޗް ވިދާޅުވި އެވެ.

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާ ގުޅިގެން އަބްރޮމޮވިޗަށް ފިޔަވަޅު އަޅަން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކްރިސް ބްރަޔަންޓް ވަނީ ގޮވާލައްވައިފަ އެވެ. ރަޝިއާގެ ރައީސް ޕުޓީންއާ ގާތް ގުޅުމެއް ބާއްވައި، އޭނާގެ ކޮރަޕްޝަންގެ އަމަލުތަކުގައި އަބްރަމޮވިޗް ބައިވެރިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ގައުމުގައި ހުރި އަބްރޮމޮވިޗްގެ އެސެޓްތައް ހިފެހެއްޓުމަށް ވެސް ބްރަޔަންޓް ވަނީ ގޮވައިލައްވައިފަ އެވެ.

ޕުޓިން އާއި އަބްރަމޮވިޗް.-- ފޮޓޯ: ގެޓީ އިމޭޖަސް

ހަނގުރާމައާ ގުޅިގެން އަބްރަމޮވިޗްގެ ދަރިފުޅު ސޯފިއާ އަބްރަމޮވިޗް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕުޓިންއާ ދެކޮޅަށް ހިޔާލު ފާޅުކޮށްފަ އެވެ. އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޮއެއްގައި ލިޔުއްވާފައި ވަނީ، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވެގެން އުޅެނީ ރަޝިއާ ނޫން ކަމަށާއި ހަނގުރާމައަކީ ޕުޓިން ބޭނުންވާ ގޮތަށް ކަމަށެވެ.

އިނގިރޭސި ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން އަބްރަމޮވިޗް ވަކި ގޮތެއް ކަނޑައެޅުއްވީ، އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ، ކްލަބަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެތީ އެވެ. އިނގިރޭސި ވިލާތާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް މައްސަލަގަނޑެއްގެ ސަބަބުން 2018 ގައި އަބްރަމޮވިޗުގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ ހަމަވުމުން އެ ގައުމުން އޭނާއަށް ވިސާ އާ ކޮށްދީފައެއް ނުވެ އެވެ. ވިސާ އާކޮށް ނުދިނުމުން އޭނާ އެންމެ ފަހުން އިނގިރޭސި ވިލާތަށް ދިޔައީ އިސްރާއީލްގެ ރައްޔިތުކަން ހޯދައިގެން، މިދިޔަ އަހަރު އެވެ.

އަބްރަމޮވިޗްގެ މި ނިންމުން ނިންމެވީ މިރޭ ޗެލްސީ އިން ލިވަޕޫލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ލީގް ކަޕް ފައިނަލް މެޗުގެ ކުޅުން ބޯމަތިވެފައި ވަނިކޮށެވެ. މިއާ ގުޅިގެން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓުޗެލް ބުނީ، މީގެ ސަބަބުން ޗެލްސީއާ ދޭތެރޭ ހުރި ފާޑުކިޔުންތަކާ އެކު ވެސް އަބްރަމޮވިޗަށް ފިޔަވަޅު އަޅައިފި ނަމަ، ކްލަބަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށެވެ. އަދި މިއާ ގުޅިގެން ލީގް ކަޕް ފައިނަލަށް ތައްޔާރުވަމުން އަންނަ ކުޅުންތެރިންނަށް ވެސް އަސަރު ކުރާނެ ކަމަށް ޓުޗެލް ބުނެ އެވެ.

އަބްރަމޮވިޗް ޗެލްސީއާ ހަވާލުވީ 2003 ވަނަ އަހަރެވެ. އޭގެ ފަހުން އަބްރަމޮވިޗް ވަނީ ޗެލްސީ އަށް ގިނަ އިންވެސްޓްތަކެއް ކޮށް، ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކްލަބުތަކާ ފައިހަމަ ކޮށްލެވޭ ފެންވަރަށް ކުލަބު ކޮޅަށް ޖަހައިފަ އެވެ. އޭނާގެ ދައުރުގައި ޗެލްސީ އިން ވަނީ ފަސް ޕްރިމިއާ ލީގާއި ފަސް އެފްއޭ ކަޕާއި ތިން ލީގް ކަޕް އަދި ދެ ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ދެ ޔޫރޮޕާ ލީގާއި ދެ ޗެމްޕިއަންސް ލީގު އަދި ސުޕަކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

މި ވަގުތަށް ޓީމު ހިންގުމާ ދުރަށް ޖެހިވަޑައިގަންނަވަން އަބްރަމޮވިޗް ނިންމެވިޔަސް އޭނާއަކީ އަދިވެސް ޗެލްސީގެ މިލްކުވެރި ފަރާތެވެ. ޗެލްސީ އެފްސީއަކީ ފޯޑްސްތަމް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ އޮންނަ ކްލަބެކެވެ. އަދި ފޯޑްސްޓަމް ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި އޮންނަ ކަމްބަލީ އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން 1.5 ބިލިއަން ޕައުންޑް ދަރަންޏަށް ނަގައިފަ އެވެ. އަދި އެ ކުންފުނީގެ ކޮންޓްރޯލް އޮންނަނީ ރޯމަން އަބްރަމޮވިޗް ގެ ބެލުމުގެ ދަށުން ނެވެ. އެކަމަކު، ލޯނުތަކަކީ މިލްކުވެރި ފަރާތުގެ އަމިއްލަ ލޯނުތަކެއް ކަމަށް ވާތީ، ލޯނަށް ފައިސާ ދައްކަނީ ވެސް އަބްރަމޮވިޗެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

27 February 2022

ކޮބާ ޗެލްސީ ފޭނުން؟؟ ކޮންމެވެސް އެއްޗެއް ބުނެބަލަ.

The name is already taken The name is available. Register?

ބްލޫސް

27 February 2022

ވީ އާ ވޮރިޑް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 February 2022

ވީ އާ ބިހައިންޑް ޔޫ ގައިޒް ޑިއުރިން ދިސް ޑިފިކަލްޓް ޓައިމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454