03 ޖެނުއަރީ 2023 - 10:46
ސަންޓޯސް (ޑިސެމްބަރު 3) - މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަރުވި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހަނދާނުގައި، ކޮންމެ ގައުމަކުން ވެސް އެއް ސްޓޭޑިއަމަށް އޭނާގެ ނަން ދިނުމަށް އެދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެން އެދޭނަން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޕެލޭގެ ނަމުގައި މަދުވެގެން އެއް ދަނޑު ބާއްވަން،" ޕެލޭގެ ޖަނާޒާގައި އިންފަންޓީނޯ ވިދާޅުވި އެވެ.
އަޅުގަނޑު މިތާ މިހުރީ ވަރަށް ބައިވަރު ޖަޒުބާތު ތަކާއެކު. ހިތާމަ ވެސް ކުރަން އެކަމަކު ހިނިތުންވުމަކާ ވެސް އެކު، އެއީ އޭނާ ވަނީ އަޅުގަނޑުމެންނަށް އެތައް ބައިވަރު ހިނިތުންވުމެއް ގެނެސްދީފައި."
ޕެލޭ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު އެވެ. އޭނާގެ ބޮޑު ގޮހޮރަށް ޖެހުނު ކެންސަރާ ގުޅިގެން ހާލަތު ގޯސް ވެގެން ހޮސްޕިޓަލުގައި މަހެއްހާ ދުވަހު ފަރުވާދެމުން ދަނިކޮށް، ފުޓްބޯޅަ އާއިލާ ރޮއްވާލާފައި ދުނިޔެ ދޫކުރީ އުމުރުން 82 އަހަރުގަ އެވެ.
އިއްޔެ ފެށި ޕެލޭގެ ޖަނާޒާ ކުރިއަށް ދަނީ އޭނާ ކުޅުނު ބްރެޒިލްގެ ސަންޓޯސްގެ ދަނޑު، ވިލަ ބެލްމިރޯ ސްޓޭޑިއަމްގަ އެވެ. ސައުވީސް ގަޑިއިރަށް ދެމިގެންދާ ޕެލޭގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު، ވަޅުލާން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6 ގެ ފަހުން، ސްޓޭޑިއަމާ އެންމެ ކައިރިގައި ހުރި ސަހަރާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނތިޔާ
03 January 2023
މަމެން ރަށު ބަށި ކޯޓަށް ޕެލޭ ކިޔަން މަ މަމެން ރަށު ކަތީބު އަރިހު ދަންނަވާނަން
ށަވިޔަނި
03 January 2023
ތިކަން ކުރާނެ. ޕެލޭގެ ނަން ސްޓޭޑިއަމްތަކަށް ދޭންޖެހެނީ މިހާރަކު ނޫން. އޭނަގެ ޙަޔާތުގަވެސް ކުރަންޖެހޭ.
ދިލް
03 January 2023
އާން ދެން މީގެން ޕެލޭ އަށް ވާނީ ކޮން އުފަލެއް؟ ކުރާނީ ކޮން ފައިދާއެއް؟