ހިމާލަޔަން ސަރަޙައްދުގެ ގައުމުތަކަށް ހާއްސަކޮށް، "ފީފާ ހިމާލަޔާ ކަޕް" ގެ ނަމުގައި ސަރަހައްދީ މުބާރާތެއް ބޭއްވުމުގެ ދިރާސާތައް ފީފާއިން ފަށައިފި އެވެ.
މި މުބާރާތާ ބޭއްވުމާ މެދު ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ކުރިއަށްގެންދިޔައި މިދިޔަ ހަފުތާ ފަހުޚު އަދި މި ހަފުތާގެ ކުރީކޮޅު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އިންފަންޓީނޯ ވަޑައިގެންނެވީ ބަންގްލަދޭޝާއި ހިމާލަޔަން ސަރަހައްދަށް ނިސްބަތްވާ ބޫޓާނަށެވެ.
ނޭޕާލްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ، ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ސިޓީ ސްޕޯޓްސް ނެޓްވޯކުން ބުނީ، ފީފާ ހިމަލަޔަން ކަޕްގެ މަގްސަދަކަށް ވާނީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ވަސީލަތްތައް ސިސްޓަމެޓިކްކޮށް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
މުބާރާތާ މެދު ރަސްމީ އެއްވެސް ނިންމުެއް އަދި މިހާތަނަށް ނިންމާފައެއް ނުވެ އެވެ.
ހިމާލަޔަން ސަރަހައްދަކީ ދުނިޔޭގެ އެންމެ އުސް އެއް ސަހައްދެވެ. ފަސް ގައުމެއް ހިއްސާކުރާ ހިމާލަޔަން ސަރަހައްދަށް ނިސްބަތްވާ ގައުމުތަކީ ނޭޕާލް، ބުޓާން، ޗައިނާ ޓިބެޓް ސަރަހައްދު، އިންޑިއާ އަދި ޕާކިސްތާނެވެ.
ބައެއް ފަރާތްތަކުން ގްރޭޓާ ހިމަލަޔަން ސަރަހައްދުގެ ގޮތުގައި ބަންގްލަދޭޝް ވެސް ހިމަނަ އެވެ.
ސިޓީ ސްޕޯޓްސް ނެޓްވޯކުން ހިއްސާކޮށްފައިވާ ގޮތުގައި ހިމާލަޔަން ސަރަހައްދަށް ނިސްބައތް ނުވިޔަސް، ލަންކާ އާއި ރާއްޖެ ވެސް ވަނީ އެ މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފަ އެވެ.
ސަރަހައްދީ މުބާރާތްތަކަށް، ފީފާއިން ބަލައިގަނެ މިހާރު ވެސް ބާއްވަމުންދ އެވެ. މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް ފީފާ އާސިއާން ކަޕްގެ ނަމުގައި މުބާރާތެއް، އިންޑޮނޭޝި އާއި ހޮންކޮންގައި ބޭއްވި އެވެ.
ދެކުނު އޭޝިއާއަށް ނިސްބަތްވާ ޕާކިސްތާނާއި ބަންގްލަދޭޝް ވެސް އެ މުބާރާތުގައި ބައިވެރިވި އެވެ.