ކުޅިވަރު / ކްލަބް ވެލެންސިއާ

ތަށި ދިފާއު ކުރެވޭ ވަރުގެ ފެންވަރެއް ޓީމުގައި ނެތް: ފެސްކޯ

ސަސް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ދިފާއު ނުކުރެވޭނެ ކަމަށާއި ނަމަވެސް ހިތްހަމަ ޖެހޭވަރުގެ ޒުވާން ސްކޮޑެއް ލިބިފައި އެބަ އޮތް ކަމަށް، މިދިޔަ ސީޒަންގެ މުބާރާތް ކާމިޔާބު ކުރި ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ވެލެންސިއާ އިން ޕްރެކްޓިސް ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ. އަދި މިހާތަނަށް ކުރިއަށް ގެންދެވުނީ ހަތަރު ޕްރެކްޓިސް ސެޝަން ކަމަށާއި، މެޗުގެ ކުރިން މިރޭ އެންމެ ފަހު ޕްރެކްޓިސް އަށް ޓީމު އޮތީ ތައްޔާރު ވެފައި ކަމަށް ވެސް ކޯޗު ފެސްކޯ ބުނެފައިވެ އެވެ.

"ހިތްހަމަ ޖެހޭ ވަރުގެ ޒުވާން ސްކޮޑެއް އެބަ އޮތް. އެންމެ ބޮޑަށް ދިވެހި ފުޓްބޯޅައިގައި ދައްކާ އެއް ވާހަކައަކީ ޒުވާން ކުޅުންތެރިން ނުނެރެވޭ ވާހަކަ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުލިބޭ ވާހަކަ. އެހެންވެ ޔަގީނުން ވެސް ވެލެންސިއާ ޓީމުން އެކަން ފެންނާނެ،" ގަލޮޅު ދަނޑުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ފެސްކޯ ބުންޏެވެ.

"ތަށި ދިފާއު ކުރެވޭ ވަރުގެ ފެންވަރެއް ހަގީގަތުގައި ޓީމުގައި ނެތް. އޭގެ މާނައަކީ އެކަމަށް މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ވެލެންސިއާ ނުނިކުންނާނެ ކޮންމެ މެޗަކުން ބަލިވާކަށް. ހަމަ ކުޅެލަން ނުކުންނަ ކްލަބެއް ނޫން ވެލެންސިއާ އަކީ. ތަންކޮޅެއް އޯގަނައިޒް ފުޓްބޯޅައެއް ކުޅެމުން އަންނަ ކްލަބެއް ވެލެންސިއާ އަކީ. ރާއްޖޭގެ ތާރީހުގައި ވެސް ބޮޑު ކްލަބެއް. ވެލެންސިއާ އިން ކޮންމެ ޓީމެއް ނެރުނު ކަމުގައި ވިއަސް ޖޯކަކަށް ފުޓްބޯޅައެއް ނުކުޅޭނެ. ވެލެންސިއާ ނުކުންނާނީ ރަނގަޅު ފުޓުބޯޅައެއް ކުޅުމުގެ އަޒުމުގަ."

މި އަހަރުގެ މުބާރާތް ފެށުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ ވެލެންސިއާ އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ. ނަމަވެސް އެ މެޗު މިހާރު މިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއަށް ފަސް ކުރެވިފަ އެވެ. ފުރަތަމަ މެޗަކީ އަބަދުވެސް މުބާރާތެއްގައި ކުރިއަށް ދާން އެންމެ މުހިއްމު އެއް މެޗު ކަމަށާއި، މާދަމާ ރޭ 10 ޖަހާއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއަކަށް ފެސްކޯ އުންމީދު ކުރެ އެވެ.

ވެލެންސިއާގެ ކޯޗު ފެސްކޯ (ކ) އާއި ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ).-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފެސްކޯ ބުނީ ރަނގަޅު ޕްރީސީޒަނެއް ނުހެދުމަކީ ރާއްޖޭގެ ފުޓްބޯޅަ މިވަގުތު އޮތް ހާލަތު ކަމަށެވެ. މާޒިޔާ އާއި ކްލަބް އީގަލްސް ވިޔަވައި ފުދޭވަރެއްގެ ރަނގަޅު ޕްރީ ސީޒަނެއް ހެދުނު ކްލަބެއް ނެތެވެ. އަދި ޕްރެކްޓިސްއަކާ ނުލައި ރާއްޖޭގެ ގައުމީ ޓީމުން ޕާކިސްތާން ބަލިކުރި މެޗު މިސާލަކަށް ނަގައި، ފެސްކޯ ބުނީ މެޗުގެ ކުރިން ވެލެންސިއާ އަށް ފަސްވަރަކަށް ޕްރެކްޓިސް ކުރެވުމަކީ އެންމެ ގޯސް މިންވަރެއް ނޫން ކަމަށެވެ.

އެންމެ ފަހުން އެފްއޭއެމުން ބޭއްވި ޔޫތު މުބާރާތްތަކުގައި ވެލެންސިއާގެ ޔޫތު ޓީމުތަކުން ހޯދި ކާމިޔާބީތަކާއި އަދި އެ ކުޅުންތެރިން ހިމެނިގެން އިންޓަ ސްކޫލް މުބާރާތްތަކުގައި ސްކޫލުތަކުން ހޯދި ކާމިޔާބީތައް ފެސްކޯ ފާހަގަ ކުރި އެވެ. އޭނާ ބުނީ ޔޫތު ޓީމުތަކުން ފެނުނު ކުޅުންތެރިން ސީނިއާ ކުޅުންތެރިންނާ އެކު ޕްރެޒިޑެންޓްސް ކަޕް ގައި ފެންނާނެ ކަމަށާއި އެއީ ކްލަބުގެ ވަރުގަދަ ބެކަޕެއް ކަމަށެވެ.

"ވެލެންސިއާގެ ބެކަޕަކީ ވަރަށް ވަރުގަދަ ބެކަޕެއް. ރާއްޖޭގައި ފަހުން ބޭއްވި ގާތްގަނޑަކަށް ޔޫތު ހުރިހާ މުބާރާތްތަކެއްހެން ކާމިޔާބު ކުރީ ވެލެންސިއާގެ އެކަޑަމީ އިން. އަދި ވެލެންސިއާ ކުޅުންތެރިން ހިމެނޭގޮތަށް އިންޓަ ސްކޫލް ކާމިޔާބު ކުރި،" ފެސްކޯ ބުންޏެވެ.

"އެއީ ވެލެންސިއާގެ ބެކަޕް. އެ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިންތަކެއް ސީނިއާ ކުޅުންތެރިންނާ އިންކޯޕަރޭޓް ކޮށްގެން ކުޅޭނެ. ވެލެންސިއާގެ ކޯޗިން ޓީމުގެ އިރުޝާދާ އެކު ޑިވެލޮޕް ވަމުން އަންނަ ޓީމެއް އެއީ. އެހެންވެ މާ ބޮޑޫ އުނދަގޫތަކެއް ނުފެންނާނެ."

މިއާ އެކުވެސް ފެސްކޯ ދެކޭގޮތުގައި ވެލެންސިއާ އަށް އޮތް ގޮންޖެހުމަކީ ގިނަ ކުޅުންތެރިންގެ މި ލެވެލްގެ ފުޓްބޯޅައިގެ އެކްސްޕީރިއަންސް ނެތުމެވެ. ނަމަވެސް ވެލެންސިއާ ނުކުންނާނީ އެޓީމުގެ ފެށުން އައި އުސޫލުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެ ޓްރެންޑް ދަމަހައްޓަން ކަމަށް ފެސްކޯ ބުންޏެވެ.

"ފާހަގަކުރެވޭ އެއް ކަމަކީ ވެލެންސިއާ އަކީ ފެށުނީއްސުރެން ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ޓީމެއްކަން. ވެލެންސިއާގެ ފެށުން ވެސް އޮތީ އެހެން. ވަރަށް ޒުވާން ގުރޫޕެއް އެކުވެގެން އުފެއްދި ޓީމެއް. މިހާރުގެ ޗެއާމަން އަދީލް ޖަލީލާއި ބޮޑު ހީނާ އާއި މި މީސްމީހުންނަކީ ކްލަބް އުފެއްދި އިރު ވަރަށް ޒުވާން ކުޅުންތެރިންތަކެއް. ހަމަ އެ ޓްރެންޑް އަދިވެސް ދަމަހައްޓަމުން މިދަނީ،" ވެލެންސިއާގެ ތާރީހާ ގުޅޭގޮތުން ފެސްކޯ ބުންޏެވެ.

"ވެލެންސިއާ އަކީ ރާއްޖޭގެ ޔޫތު ޑިވެލޮޕްމަންޓަށް، ޒުވާން ކުޅުންތެރިން ނެރުމަށް އެންމެ ފާހަގަ ކުރެވޭ އެއް ޓީމޭ ދެންނެވުން އަޅުގަނޑަށް ހިޔެއް ނުވޭ ގޯހަކަށް ވާނެހެނެއް."

ވެލެންސިއާ އަށް މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ކޯޗު، ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) އަކީ 17 އަހަރުގައި ވެލެންސިއާ އަށް ކުޅެން ފެށި ކުލުންތެރިއެކެވެ. ހަމަ އެއާ އެކު އަލީ އުމަރާއި މުހައްމަދު ވިލްދާން ވެސް ވެލެންސިއާ އަށް ކުޅެން ފެށީ 17 އަހަރުގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އަލީ އަޝްފާގު (ދަގަނޑޭ) އުމުރުން 16 އަހަރުގައި ގަލޮޅު ދަނޑަށް ނެރުނީ ވެސް ވެލެންސިއާ އިންނެވެ.

މިހާރުގެ ކުޅުންތެރިންނަށް ބަލައިލާއިރު މިވަގުތު ޓީސީ ސްޕޯޓްސް ކްލަބުގައި ހުރި އަބްދުލްވާހިދު އިބްރާހިމް (ވާޑު) ވެސް އެއީ ވަރަށް ޒުވާން އުމުރުގައި ގަވާއިދުން ވެލެންސިއާގެ ސީނިއާ ޓީމުގައި ކުޅުނު ކުޅުންތެރިއެކެވެ. މި އަހަރު ވެލެންސިއާ އަށް ބަދަލުވެފައިވާ ރިލްވާން ވަހީދު (ރިލޭ) ވެސް އެންމެ 16 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ތައާރަފް ކޮށްދިނީ ވެލެންސިއާ އިންނެވެ.

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާވާ

14 April 2023

ދިވެހި ފުޓްބޯޅަ ކޯޗުންނަކީ އާންމުކޮށް ވަރަށް ބޮޑެތި ފޮނި ކަނޑާ ބަޔެއް!

The name is already taken The name is available. Register?

ޢިހްސާސް

13 April 2023

ޔޫތު ހުރިހާ މުބާރާތެއް ވެލެންސިޔާއަކަށް ނުލިބެ. ދޮގުނުހަދާ

The name is already taken The name is available. Register?

ވިކިލީކްސް

13 April 2023

"މިހާރުގެ ޗެއާމަން އަދީލް ޖަލީލާއި" މިއީ ބައްސާމްގެ ކާކު؟ ގަދަބާރު ނިއުއާ ވިކްޓްރީ ގެ މައްޗަށް ވެލެންސިއާ އަތްގަދަވާން ޖެހޭނެދޯ ޗެއާމަނަކަށް އަދީލް ޖަލީލް ހުރީމަ.. އެހެންވީމަތާ ދޯ ނިއުއާއި ވިކްޓްރީ އެހާލަތަށް ވައްޓާލީ! ބައްސާމާއި އަދީލް ޖަލީލަކީ ކޮބާބާ؟ ބޯހަލާކު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

13 April 2023

ބައްސާމްގެ ބައްޕަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454