ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހް
08 މެއި 2023 - 13:00
ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.
މިއީ ޓެލްކޮމިޔުނިކޭޝަން އިންޑަސްޓްރީގެ ބޭރުން ދިވެހި ލީގަށް ޓައިޓަލް ސްޕޮންސެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލީގުގެ ޓައިޓަލް ސްޕޮންސާޝިޕް މުޅިން ވެސް ނަގައިފައިވަނީ ދިރާގާއި އުރީދޫ އެވެ. މީދިޔަ ސީޒަނުގައި ލީގުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ. .
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓްގައިވާ ގޮތުން ލީގުގެ ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖެއްސީ މި ސީޒަނަށެވެ.
"ދިވެހި ޕްރިމިއާ ލީގު 2023 ގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އެމްޑަބްލިއުއެސްސީ އަށް މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،" ބައްސާމްގެ ޓްވީޓްގައި ވެއެވެ.
މި އަހަރަކީ އަށް ޓީމު ބައިވެރިކޮށްގެން ލީގު ކުރިއަށްގެންދާނެ ފަހު އަހަރެވެ. އެފްއޭއެމުން ނިންމާފައި ވަނީ އަންނަ އަހަރު އަތޮޅުތެރެއިން ތިން ޓީމާއި މާލޭ ޒޯނުން މި އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ އެކު ޖުމުލަ 12 ޓީމު ހިމެނޭ ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުމަށް ހަމަޖައްސައިފަ އެވެ. އެހެން ކަމުން މިހާރު ލީގުގައި އޮތް އެއް ވެސް ޓީމެއް ރެލިގޭޓް ނުވާނެ އެވެ.
މި އަހަރުގެ ލީގު ފުރަތަމަ މެޗުގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ވާދަ ކުރާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރާނތި
10 May 2023
ކުންފުނީގެ ބޯޑު ބަދަލުކުރަންޖެހޭ، ނުވިތާކަށް އެމްޑީ ޝާހު ވެސް ބަދަލުކުރަންޖެހޭ. ހުސްއަގަތަޅާފަ އެއްވެސް ކަމެއްވާ މީހެއްނޫން. ޑީއެމްޑީވެސް ކަރަޕްޓްވެ ހުސްވެފަ. ގުޅުންއޮންނަ ކުންފުނިތަކަށް މިލިޔަނުން މަސައްކަތް ދީ ކުންފުނި ހުސްކޮށްފި.
ފަގުޑި
09 May 2023
ލަނޑަޔާވާނީ ލަނޑާ!
އެކަލޯ
08 May 2023
ފެންބިލް އަތްނުފޯރާފަށަށް ފޮނުވާފަ ފައިދާ ނުވާވާހަކަ ދައްކާފަ ވެސް އިސްތިހާރުކުރަން މިލިޔަނުން ހަރަދުކުރަނީ. އިޝްތިހާރު ނުކުރިޔަސް ތިނޫން ތަނެތްނެތް. އެހެން މީހުން އިސްތިހާރު ކުރަނީ ވިޔަފާރިއަށް ފައިދާ ކުރަން މި މީހުން އިސްތިހާރު ކުރަނީ އިސްރާފުކޮށް ބިލ ބޮޑުކުރަން
މެލޭސިޔާ ހުސޭނު
08 May 2023
ކުންފުނީގެ ކޭޝްފްލޯ ނެތިގެން ކޮންމެހެން ކުރަންޖެހިފަ ހުރި ކަންކަން ހުއްޓުވާފަ މިބުނަނީ ފައިސާއެއްނެތޭ. މިހެން ކިޔާފަ ބޭކާރު ޚަރަދު މިކުރަނީ. ނުވިތާކަށް ސީއެސް އާރޭ ކިޔާފަވެސް މީ ކުރާކަމަކީ. ބޯޑު ސިޔާސީ ވެގެން މުވައްޒަފަކަށް ލިބޭ އެއްޗެއް މިހާރު ނޯވޭ.
ސަސ
08 May 2023
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ކުރާ ބޭކަރު ހަރަދު ހުއްޓުވަން ޖެހޭ