26 ނޮވެމްބަރ 2024 - 08:07
ލިވަޕޫލު (ނޮވެމްބަރު 26) – ލިވަޕޫލުގައި ދެމިހުރުމަށް ވުރެ ދޫކޮށް ދިއުން ކައިރި ކަމަށް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.
ލިވަޕޫލާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އަދި މިހާތަނަށް އެއްބަސްވުން އާ ކުރުމާ މެދު ކްލަބުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް އުމުރުން 32 އަހަރުގެ ސަލާހް ބުންޏެވެ.
ސީޒަނުގެ މެދަކާ ހަމައަށް ގާތްގަނޑަކަށް ދިޔައިރު ވެސް، އެކަހަލަ އެއްވެސް ނިޝާނެއް ކްލަބްގެ ފަރާތުން ދީފައި ނުވުމަކީ ސަލާހް ބުނި ގޮތުގައި މާޔޫސްވާން ޖެހޭ ކަމެއް ކެމެވެ.
"އަހަރެމެން މިތިބީ ގާތްގަނޑަކަށް މިހާރު ޑިސެމްބަރު މަހުގައި. (އެކަމަކު) އަދި މިހާތަނަށް ކްލަބްގައި މަޑުކުރުމާ މެދު އަހަންނަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވޭ. ދެމިހުރުމަށް ވުރެ ގާތީ ކްލަބް ދޫކޮށް ދިއުން،" ސަލާހް ބުންޏެވެ.
އަހަރެން އަވަހަށް ރިޓަޔާ ކުރާކަށް ނޫޅެން. އެހެންވެ އަހަރެން މިހުރީ ކުޅެންވެގެން. ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރުމުގެ އުއްމީދުގައި މި ސީޒަނަށް ސަމާލުކަން ދީގެން މިހުރީ.
"އެކަމަކު (ކްލަބުން ހުށަހެޅުމެއް ނާންނާތީ) އަހަރެން މިހުރީ މާޔޫސްވެފަ. އެކަމަކު ބަލަން ތިބެމާ."
ސައުތެމްޓަންއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ސަލާހް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިސްރުގެ ފޯވާޑްގެ މުހިންމުކަން ޓީމަށް ބޮޑެވެ.
ކްލަބް ދޫކޮށް ދިއުން ގާތް ކަމަށް ސަލާހް ބުނީ، އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ލިވަޕޫލަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާންޒީ
26 November 2024
އަގުވަންޒަން ނުކުރާ ބަޔަކާއި އެކު ހުއްނާނެ ކަމެއްނެތް. ސަލާހް އެސިސްޓްތައް ބަހައްޓާފަ ހަމައެކަނި ސަލާޙް ޖެހި ވިނިން ގޯލްތައް މައިނަސް ކޮށްލީމަ ވެސް އެގޭނެ ކިހާ މުހިއްމު މީހެއްކަން ސަލާޙް އަކީ ގަދަ ދިހަ ޓީމުގައިވެސް ލައްވާނުލާނެ އެއިރުން
މެއްސީ
26 November 2024
ވަން ސީޒަން ވޮންޑާއެއް؛ މާނޭ އާއި ފިރްމީނިއޯ ދިޔަފަހުން ސަލާހު އަކަށް އެއްވެސް މޮޅު ކުޅުމެއް ނުދެއްކޭ.
ކެއްސީ
26 November 2024
ހަމަ ދެން އެއްޗެއް ކިޔާލީ ދޯ!