އެމްއޯސީގެ ނައިބު ރައީސްކަން ކާމިޔާބު ކުރެއްވި އެތުލެޓިސް އެސޯސިއޭޝަންގެ ޖީއެސް މުންތަގިމް އަދި އެ އިންތިހާބުގައި ނާކާމިޔާބުވި އެތުލެޓިސް އެސޯސިއޭޝަންގެ ރައީސް މުސްތޮފާ --- ފައިލް ފޮޓޯ: އެމްއޯސީ އަދި އޭއޭއެމް
03 ޖޫން 2025 - 14:19
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދު ފެއިލްކޮށްލުމަށް ފަހު، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސްކަމަށް އިއްޔެ އިންތިހާބު ކޮށްފި އެވެ.
ދެ ނައިބު ރައީސުން އިންތިހާބު ކުރަން ޖެހޭ އޮލިމްޕިކް ކޮމިޓީގެ އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ މުސްތޮފާ އާއި މުންތަގިމްގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސް އިން ވާދަކުރެއްވި އަހްމަދު އިސްމާއީލެވެ.
މުސްތޮފާ ވާދަކުރެއްވީ އޭނާ ރިޔާސަތު ބަލަހައްޓަވަމުން އައި އެތުލެޓިކްސް އެސޯސިއޭޝަނުގެ ފަރާތުންނެވެ. އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަމުގައި ހުންނަވައި މުންތަގިމް ކެންޑިޑެސީ ހުށަހެޅުއްވީ ޗެސް އެސޯސިއޭޝަނުގެ ނަމުގަ އެވެ..
މީރުމާ ހޮޓަލުގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބު ކުރީ އަހްމަދާއި މުންތަގިމެވެ.
ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ މަގާމުތައް ވެސް އަދާކުރެއްވި އަހްމަދަށް 15 ވޯޓް ލިބިވަޑައިގަތެވެ.
މިދިޔަ ދައުރުގެ ފަހުކޮޅުގައި އެމްއޯސީގެ ނައިބު ރައީސްކަމަށް ވަޑައިގެންނެވި މުންތަގިމް ދެވަނަ ފަހަރަށް އެ މަގާމު ކަށަވަރު ކުރެއްވީ 12 ވޯޓް ހޯއްދަވައިގެންނެވެ.
އެ ދެ ބޭފުޅުންނާ ގާތްކުރެވޭ ވަރުގެ އަދަދެއް ވެސް މުސްތޮފާ އަށް ލިބިވަޑައި ނުގަތެވެ. އޭނާ އަށް ލިބިވަޑައިގަތީ އެންމެ ދެ ވޯޓެވެ.
މުންތަގިމް އެމްއޯސީގެ ނައިބު ރައީސް ކަމަށް މިދިޔަ އަހަރު ވަޑައިގެންނެވީ އެތުލެޓިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އެމްއޯސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީސް
04 June 2025
މުސްތަފާ ދެން އަވަހަށް މުންތަޤީމް އެއެްފަރާކޮށް އެހެން ޖީއެސްއެއް ހޯދާ ނޫނީ މަސްލަހަތު ފުށުއަރާނެ ކަން ޔަޤީން
ބައްސާމު.
03 June 2025
މުސްތޮފާ އަކީ މަށަށް ވުރެންވެސް އަރާ ހުރި މީހެއް. ނަސީބެއް އޭނާ ތިތަނަށް ނުހޮވިކަން. އެހެން ނޫން ނަމަ މުޅިތަން ދވލނ ކަން ޔަޤީން.