ސޮބާ: އޭނާ ވަނީ އޭ ލައިސެންސް ކޯޗިން ކޯސް ފުރިހަމަ ކޯށްފަ: އެކަމަކު ލައިސެންސް އޮތީ ނުލިބި
17 ޖޫން 2025 - 11:53
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭ ލައިސެންސް ކޯޗިން ކޯހުގެ ލައިސެންސް ކޯޗުންނަށް ނުލިބި އޮތީ އެފްއޭއެމުން ކަންކަން ފުރިހަމަނުކޮށް އޮތުމުން ކަމަށް އެ ކޯހުން ތަމްރީނުވި ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ ކުރިއަށްގެންދިޔަ ކޯހަށް އޭއެފްސީން އަދިވެސް އެޕްރޫވް ނުލިބެ އެވެ.
ސޮބާ ބުނީ އެ ހުއްދަ އެފްއޭއެމަށް ލިބޭނީ އެ އެސޯސިއޭޝަނުން އޭއެފްސީގެ މިންގަނޑަށް ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ.
"ސޭވް އެފްއޭއެމް" ނަމުގައި ހަދާފައިވާ ރިފޯމް ގުރޫޕަށް ފޮނުވި މެސެޖެއްގައި ސޮބާ ބުނީ އޭއެފްސީ ކޯޗިން ކޮންވެޝަންގައި ބުނާ ކަންކަން ރާއްޖޭގައި ފުރިހަމައަށް ކޮށްފައި ނުވާ ކަމަށެވެ.
"ކޯޗިން ކޮންވެޝަންގެ ދަށުން (އޭ ލައިސެންސް) ދޫކުރަނީ. ކޯޗިން އެޑިއުކޭޝަންގެ ހެޑެއް ވެސް ހުންނަން ޖެހޭ. އެހެން ކޮމިޓީތައް ވެސް ހުންނަން ޖެހޭ،" ސޮބާ ބުންޏެވެ.
ފީފާގެ ނޯމަލައިޒޭޝަން ހާލަތަށް އެފްއޭއެމް ގެންދިޔައީ އެ އިދާރާގެ ހިންގުން ބޮއްސުންލައިގެން ދިއުމުންނެވެ. އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމިގެންދިޔަ އިރު އެންމެ އަސާސީ ކޮމިޓީއަށް ވެސް އޭނާ އުފައްދާފައެއް ނުވެ އެވެ.
ސޮބާ ބުނީ ހުރިހާ ކަމެއް ވެސް އަލުން ފެށޭނީ އެފްއޭއެމްގެ އިންތިހާބު ބޭއްވިގެން ކަމަށެވެ.
"މިކަންކަން (އޭ ލައިސެންސް ލިބުމުގެ ކަންކަން) ވެސް ފުރިހަމަ ވާނެ ކަމަށް ބެލެވެނީ (އެފްއޭއެމްގެ) އިލެކްޝަނަށް ފަހު،" ސޮބާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮބާޙް
17 June 2025
ތިޔަ ތަންދޮރި ނޭނގޭ ގަމާރު ކޯޗެއް. ޓިމު ތަކައް ހުތުރު ނަން ހޯދުން ނޫން ކަމެއް ނުކުރެ
ނަގިއްޔާ
17 June 2025
90ގެ ފަހުކޮޅާ 2000 ގެ ކުރީކޮޅު މިގައުމުގެ ކުލަބް ފުޓްބޯޅަ ގަލޮޅުދަންޑުން ބެލިމީހަކު ދުވަހަކްވެސް ހީނުކުރާނެ ވިހި 30 އަހަރުފަހުން މިގައުމުގެ ފުޓްބޯޅަ އޮންނާނީ މިހާލުގައޭ. ބައްސާމުއޭ ކިޔާމީހަކު މުޅިގައުމުގެ ފުޓްބޯޅަ ސުންނާފަތިކޮށްލާނެއޭ. އަޖައިބެއް އޭނާއާ ދެކޮޅަށް މީޑިއާގައި އަޑުގަދަ ކުރިމީހުންވެސް ކުއްލިއަކަށް ސައިލެންޓް ވެގެން ދިޔަގޮތާމެދު. ދެން ސުޒޭނު ...އަހަރުމެން ހީކުރީ ސުޒޭނުކަހަލަ ވޯކަލް މީހަކު ހަވާސާގެ ބޭރުންވެސް ދޫނުދޭނެކަމަށް
އޮފްސައިޑް
17 June 2025
މިގައުމުގެ ފުޓްބޯޅަ ދުއްވާލީ ބަޔަކު ރާވައިގެން ބައެއް ކުލަބުވެސް ހިމެނޭގޮތައް ހިންގި ބޮޑުފަސާދައެއް. ލީބޭނެ ބޮޑު މަންފާއަކަށް ހިންގި ޖަރީމާއެއް. މިކަމުގައި ޝާމިލްވާ އެންމެން ސްޕޯޓްސް މިނިސްޓަރުވިޔަސް ބައްސާމުގެ ޓީމުވިޔަސް ކުލަބުތައް ކަމުގައިވިޔަސް ވަރުގަދަ އިންވެސްޓިގޭޝަނެއްޖައްސައިގެން ހޯދާ ހައްގު އަދަބުދޭންޖެހޭނެ. އެކަމަކު މީ މޯލްޑިވްސް، މިގައުމުގައި އެއީ ވާނެކަމެއްނުން. އެހެންވީމަ ފުޅުބޯޅަ އަދިވެސް ހަލާކުވަނީ ދެންވެސް ހަލާކުވަނީ. ގުޑްބައި
އާޝޯޚު
17 June 2025
"ފީފާގެ ނޯމަލައިޒޭޝަން ހާލަތަށް އެފްއޭއެމް ގެންދިޔައީ އެ އިދާރާގެ ހިންގުން ބޮއްސުންލައިގެން ދިއުމުންނެވެ. އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމިގެންދިޔަ އިރު އެންމެ އަސާސީ ކޮމިޓީއަށް ވެސް އޭނާ އުފައްދާފައެއް ނުވެ އެވެ." މިވަރު މީހާކު އެހާވަރަކުން ކޮންމެ ފަހަރަކު އިތުރު ދައުރަކަށް ހޮވަން ބައެއް ކުލަބުތަކުން އިސްނަގައިގެން އެހާ ފޯރީގައި އުޅުނީ ކޮންފައިދާ އެއް ލިބޭތީ!