30 ޖޫން 2025 - 06:28
އެޓްލާންޓާ (ޖޫން 29) - އިންޓަ މަޔާމީގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައި ޕީއެސްޖީ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ލުއިސް އެންރީކޭ ކޯޗު ކޮށްދޭ ޕީއެސްޖީން ހުރިހާ ގޯލެއް ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ޔާއޯ ނެވޭސް ދެ ގޯލު ޖެހި އިރު، އަޝްރަފް ހަކީމީ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ޑިޒަޔާ ޑޫއޭ ނަގައިދިން ހުރަހަކުން އަނެއް ލަނޑު ވަނީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ.
ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ދެވަނަ ހާފުގައި ޓެމްޕޯ ދަށް ކޮށްލުމާ އެކު ވެސް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި ކުޅުނު އިންޓަ މަޔާމީއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ނުހޯދުނެވެ. މިއާ އެކު، އެ ޓީމަށް ވަނީ މިހާހިސާބުން ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތް ނިމިފަ އެވެ.
މެސީ އަށް މެޗުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރެވުނީ ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
"އަހަރެމެންނަށް އެނގޭ ކުރިން ވެސް، މިރޭ އުނދަގޫ ވާނެކަން ދުނިޔޭގައި ވެސް އޮތް އެންމެ މޮޅު އެއް ކްލަބާ ދެކޮޅަށް،" މެޗަށް ފަހު އިންޓަ މަޔާމީގެ ކޯޗު ހަވިއޭ މަޝަރާނޯ ބުންޏެވެ.
ކުރިން ޕީއެސްޖީއަށް ވެސް ކުޅެފައިވާ މެސީގެ އިންޓަ މަޔާމީއަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ލިބުނީ، ހޯސްޓްގެ ގޮތުގަ އެވެ. މި ފުރުސަތު އެ ކްލަބަށް ދިނީ މިދިޔަ އަހަރުގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފައިވާތީ އެވެ.
އެމެރިކާގެ އެއްވަނަ ޑިވިޝަން ދެ ބަޔަކަށް ބަހާލާފައި ވާއިރު، ސަޕޯޓާސް ޝީލްޑް ލިބެނީ ދެ ބައިން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ކްލަބަކަށެވެ. އިންޓަ މަޔާމީ ވަނީ މިދިޔަ ސީޒަންގެ އީސްޓާން ކޮންފަރެންސްގައި، ވެސްޓާން ކޮންފަރެންސްގެ އެއްވަނަ ހޯދި އެލްއޭ އެފްސީއަށްވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
30 June 2025
މުބާރާތަށް ކޮލިފައިވެސް ނުވާ ބަޔަކު ފީފާއިިން ގެނެސް ގަދަކަމުން މުބާރައްތަށް ވައްދައިގެން ކޮން ސަކަރާތެއް ޖަހާކަށް؟
އަހުމިއްޓޭ
30 June 2025
ސުރުޚީ ނުބައި. “މޮޅުމެސީއަށް ކަމެއްނުކުރެވި އިންޓަރމިއާމީ ކަޓައިފި”
ލެއްގިކޮމިޝަނަރ
30 June 2025
ކަލޯ ހަޖަމްކޮށްލަން ޖެހޭނީ. މެސީވަރުގެ ކާމިޔާބު ފުޓްބޯޅަށް ކެރިއަރެއް ބިލްޑްކުރެވުނު އެއްވެސް ކުޅުންތެރިއަކު އަދި ދުނިޔެއަކުނެތް. ކެރިއަރުގަ ނުހޯދޭ އެއްވެސް ކާމިޔަބެއްނެތް. މެސީގެ ޓްރޮފީ ހަރުގަނޑާ ވާދަކުރެވޭނެ ކުޅުންތެރިއަކުވެސްނެތް. އެހެންނޫނަސް މެސީ ނޫޅެޭ މިބުބާރާތް ނިލިބިގެން ބޮޑާހާކާ މީޑިއާތަކަށްއަރާ މޮޅެތިވާހަކަ ބުނާކަށް. މީ ޔޫރަޕްގެ ނިމުނު ސީޒަނުގަ ހުސްއަތާ ނިންމާލި ޓީމުތަކަށް ފީފާއިން އިންތިޒާމްކުރި މުބާރާތެއް. ޕެނަލްޑޯއަށް ވަރަށް ސަލާމް
އަހަމީއްޔަތު
30 June 2025
ލެއްގިކޮމިޝަނަރ މޮޅުވާހަކަ ކޮންމެ މީހަކަށް ވެސް ދެއްކިދާނެ. ޕެސީ އަށް ހަމައެކަނި ލިބެނީ ތަބަކަކަށް ލާފަ ދޭ ޓޮރޮޕީތައް އެކަނިން. ދެން ތިޔަބުނާ "ނުހޯދޭ އެއްވެސް ކާމިޔަބެއްނެތް" ފީފާ ކްލަބް ވޯލްޑް ކަޕްގެ ޓޮރޮފީ އޭނަގެ ކެބިނެޓުގަ އެބައިންތަ؟؟