ކުޅިވަރު / އާސެނަލް

ސްޕޯޓްސް މެޑިސިންގައި އާސެނަލްގެ އެންމެ އިސް ޑޮކްޓަރުގެ އެހީ ރާއްޖޭން ހޯދަނީ

ސްޕޯޓްސް މިނިސްޓަރު ރާފިއު، އިއްޔެ އާސެނަލްގެ އިސް ޑޮކްޓަރާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރާއްޖޭގެ ސްޕޯޓްސް މެޑިސިން އަށް އޭނާގެ އެހީ ހޯދަން ވަނީ ނިންމާފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސްޕޯޓްސް މެޑިސިންގައި ރާއްޖެ އަށް އެހީވާން އާސެނަލްގެ އިސް ޑޮކްޓަރު، ޑރ. ޒަފަރު އިގްބާލް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

އާސެނަލްގެ ސްޕޯޓްސް މެޑިސިން ޑިޕާޓްމެންޓްގެ އެންމެ އިސް މަގާމު އަދާކުރައްވާ ޑރ. ޒަފަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، އިއްޔެ ސްޕޯޓްސް މިނިސްޓްރީ އަށް ވަޑައިގެން މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލުކުރެއްވި އެވެ.

ކުރިން ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕާސް އަދި ކްރިސްޓަލް ޕެލަސްގައި މަސައްކަތް ކުރެއްވި ޑރ. ޒަފަރުގެ ބައްދަލުވުމާ ބެހޭގޮތުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ ސްޕޯޓްސް މެޑިސިންގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތަކުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ޑރ. ޒަފަރު ވިދާޅުވި ކަމަށެވެ.

"އޭނާ ހުރީ އަޅުގަނޑުމެންނަށް އެހީވާން ވަރަށް ބޮޑަށް ތައްޔާރަށް،" ރާފިއު ވިދާޅުވި އެވެ.

ޑރ. ޒަފަރު އިގްބާލް އޭނާ އަކީ އާސެނަލްގެ ސްޕޯޓްސް މެޑިސިން ޑިޕާޓްމެންޓްގެ ހެޑް

ފަސް ދާއިރާ އަކުން އޭނާގެ އެހީ ހޯދާނެ އެވެ. އެއީ؛

1. އެތުލީޓުން އަނިޔާއިން ރައްކާތެރިވުމާއި އަނިޔާއިން ރިކާވާވުން

2. ނިއުޓްރިޝަން

3. ފަސްޓް އެއިޑް އޮފިޝަލުން ތަމްރީނު ކުރުން

4. މުޖުތަމައުގައި ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރަން ހިންގާ ކެމްޕޭންތަކަށް އެހީ ވުން

5. ރާއްޖޭގެ ކުޅިވަރު ދުރުރާސްތާ ޕްލޭނަށް އެހީވުން

ޑރ. ޒަފަރު އިގްބާލާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ އަނިޔާއިން ރައްކާތެރިވުމާއި ރިކަވާވުމުގައި އެތުލީޓުންނާއި ސްޕޯޓްސް މެޑިކް އޮފިޝަލުން، ޑރ ޒަފަރުގެ އެހީއާ އެކު ތަމްރީނު ކުރާނީ ޕްރިމިއާ ލީގުގައި އުސޫލުތަކަށް ކަމަށެވެ.

"އިންޖަރީ ޕްރިވެންޝަން އާއި އިންޖަރީ މެނޭޖްމެންޓް އަދި ރިކަވަރީއާ ބެހޭގޮތުން ޕްރިމިއާ ލީގުގެ ކްލަބްތަކުގައި މަސައްކަތް ކުރާ ގޮތާ އަދި އޭގެ އެކްސްޕީރިއަންސްގެ (މައްޗަށް،)" ރާފިއު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ގިނައިން ފޮނި އެއްޗެހި ނުދޭން އިލްތިމާސް ކުރެއްވި

ރާފިއު ވިދާޅުވި ގޮތުގައި މުޖުތަމައުގެ ދުޅަހެޔޮކަމަށް ޑރ. ޒަފަރު ވާހަކަ ދެއްކެވި އިރު ކުޑަކުދިންނަށް ގިނައިން ފޮނި އެއްޗެހި ނުދިނުމަށް މުޖުތަމައު ހޭލުންތެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި އެވެ.

އާސެނަލްގެ އެންމެ އިސް ޑޮކްޓަރު: ޑރ. ޒަފަރު އިގްބާލް --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ހަކުރު އެކުލެވޭ ބާވަތްތައް ކުޑަކުދިންނަށް ދިނުން މަދުކުރުން. ސަބަބަކީ އޭގެ އަސަރު 10 ވަރަކަށް އަހަރު ފަހުން ކުރަން ފެށުން،" މުޖުތަމައުގެ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުމާބެހޭގޮތުން ކުރި މަޝްވަރާތަކުގައި ޑރ. ޒަފަރު ފާހަގަ ކުރެއްވި ކަމަށް ރާފިއު ވިދާޅުވި އެވެ.

"މިސާލަކަށް ހަކުރު ބަލި ޖެހުމުގެ ޗާންސް ބޮޑުވުން. ނަމަވެސް މިކަން މި ކުރިމަތިވަނީ އަހަރުތަކެއް ފަހުންކަން އެވެއާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރި."

ރާފިއު ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި ހިމެނޭކަންކަން ރަނގަޅުކަން އޭނާ ފާހަގަ ކުރެއްވި ކަމަށެވެ. އެކަންކަން ތަންފީޒު ކުރުމަށް އޭނާ އަށް ވެވުނު ވަރަކުން އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސައިން ފުޅުބެ

03 July 2025

ހުރިހާ ކުޅިވަރަކާއި، ސްކޫލް މަދަރުސާތަކުގެ ކުޅިވަރުތައް މައިލޯއިން ސްޕޮންސަރކޮށް އަދި ކުޅިވަރު ކުޅޭ މީހުންނަށް އަމާޒުވާގޮތަށް މައިލޯ ޕްރޮމޯޓުކުރުމުން ފައްކާވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454