ޓޮމް އޭނާގެ ނައިބުންނަށް ނޮމިނޭޓްކުރެއްވި ބޭފުޅުން (ކ-ވ): ކޮއްކީ، ކައްޕި، މުޖޭ.
06 ޖުލައި 2025 - 15:08
އެފްއޭއެމްގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) އޭނާގެ ދައުރުގައި، އެ އެސޯސިއޭޝަނުގެ ނައިބް ރައީސުންނަށް ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)، އަދި މާޒިޔާގެ ވައިސް ޗެއާމަން ހުސެއިން ޝާފިއު (ކޮއްކީ) ނޮމިނޭޓްކުރައްވައިފި އެވެ.
ޖުލައި 26 ގައި ބާއްވާ އެފްއޭއެމް އިންތިހާބަށް ޓޮމް ކުރިމަތިލެއްވީ ވޯޓުލެވޭ 23 ކްލަބުގެ ތާއީދާ އެކު ކަމުން، އިތުރު ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ އާ އަސާސީގަވާއިދުގެ ދަށުން ރައީސަކަށް ކުރިމަތިލެވޭނީ ފަސް ކްލަބުގެ ތާއީދާ އެކު ކަމަށްވެފައި، ހުރިހާ ކްލަބެއް އޮތީ ޓޮމްގެ ފަހަތުގައި ކަމަށްވުމުންނެވެ.
އެހެންކަމުން، އެފްއޭއެމްގެ ރައީސްކަން ކުރިން ކުރައްވާފައިވާ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް އަށް ވަނީ މަގާމް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.
ނައިބުންނަށް ޓޮމް ނޮމިނޭޓްކުރެއްވި ތިން ބޭފުޅުންގެ ތެރެއިން ސީނިއާ ނައިބަކަށް ހުށަހެޅުއްވީ، އޭނާއާ އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކައްޕިގެ ނަމެވެ.
އަނެއް ދެ ނައިބުންގެ ތެރެއިން މުޖޭ އަކީ، ވެމްކޯގެ މެނޭޖިން ޑިރެކްޓަރެވެ. ކޮއްކީ އަކީ، ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ މާޒިޔާގެ އެންމެ އިސް އެއް ހިންގުންތެރިޔާ އެވެ. އޭނާ ވަނީ، ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ވެސް އެފްއޭއެމްގެ ނައިބް ރައީސްކަން ކުރައްވައިފަ އެވެ.
ޓޮމް ވަނީ އެގްޒެކެޓިވް ކޮމިޓީ އަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދާއި، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު ވެސް ނޮމިނޭޓްކުރައްވައިފަ އެވެ. އިމްރާނާއި، އުމެއިރަކީ، ޓޮމް ހިމެނިގެން 2008 ގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.
ޓޮމް މިއަދު އޭނާގެ ކެންޑިޑޭސީ ފޯމު ހުށަހަޅުއްވަން ވަޑައިގެން ކްލަބްތަކުގެ ބައެއް އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޓޮމްގެ ދެން ނޮމިނޭޓްކުރެއްވީ ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހު އަދި، ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ. މީގެ ތެރެއިން ނަސްރާ އާއި ހައްވަ އަކީ، އާ އަސާސީގަވާއިދުގެ ދަށުން ކޮމިޓީން އަންހެންނަށް ހާއްސަ ކުރާ ދެ މަގާމަށް ޓޮމް ނޮމިނޭޓްކުރެއްވި ކެންޑިޑޭޓުންނެވެ.
އެފްއޭއެމްގެ އިންތިހާބު ބާއްވަނީ، ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެއީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކޮރަޕްޝަނުގެ ތުހުމަތުގައި ސަސްޕެންޑްކޮށް، ފީފާ އިން އެ އެސޯސިއޭޝަން އަލުން ހަމަޔަކަށް އެޅުވުމަށް އެކުލަވާލި ކޮމިޓީއެކެވެ.
އެފްއޭއެމުން މިދިޔަ އަހަރު ދެ ފަހަރުގެ މަތިން ބާއްވަން އުޅުނު އިންތިހާބުގައި ވެސް ޓޮމް ވާދަކުރެއްވި އެވެ. އެ ދެ ފަހަރު ވެސް ފީފާއިން އަންގައިގެން އެފްއޭއެމުން އިންތިހާބުގެ މަސައްކަތް ހުއްޓާލި އެވެ. އެއީ އިންތިހާބުގެ ޕްރޮސެސްގައި މައްސަލަތަކެއް އުޅޭތީ އެވެ.
ޓޮމް މިއަދު ވިދާޅުވީ މި ފަހަރު އެއްވެސް މައްސަލައެއް ދިމާނުވެ އިންތިހާބު ބޭއްވި ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެ އެސޯސިއޭޝަން ވެއްޓިފައި އޮތް ވަޅުގަނޑުން ނެގުން ކަމަށެވެ.
ޓޮމް ވިދާޅުވީ މާލީ މައްސަލަތަކާ އެކު އެފްއޭއެމް އޮތީ އާއްމުންގެ އިތުބާރު ގެއްލިފައި ކަމަށާއި، އުއްމީދަކުރަނީ ވީ އެންމެ އަވަހަކަށް ކަންކަން ހައްލުކުރެވި ފުޓްބޯޅަ އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ކްލަބެއްގެ ތާއީދު އޮތުމަކީ ކުރިއަށްދާން ލިބޭ ބާރެއް ކަމަށާއި، އެންމެން ތިބޭ އެއް އަޒުމެއްގައި ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ތައްޔާރުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭނުން
08 July 2025
ދެން ސުޒޭނު ތިޔައިގެ ތެރެއައް ވައްދާ އޭރުން ހަތަރެސް ކަން ހަމަވީ
އައިމް
08 July 2025
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މާލޭ އިން ހިންގާ ކަންތައްތަކުގައި ރަށްރަށު ޓީމްތައް ބައިވެރިވުން ހުއްޓާލަންވީ.
އަވައްޓެރިން
07 July 2025
ކޮކީ އައް މަގާމް ދިނީ ޓޮމް ގެ ބޮޑީގާރޑެއް ގޮތުގަ ބޭނުންކުރަން ދޯ ، މާޒިޔާ ކުޅެންޔާ އައުގުރުއާން ގޮވާފަ އުޅެބައެއް. ހަހަހަ
ޖަގޭ
06 July 2025
ތޯރިގުގެ ކިބައިގައި މިކަމަށްބޭނުންވާ ގާބިލުކަން އެބަހުރި ތަޖުރިބާ އެބަހުރި ތަޢްލީމުވެސް އެބަހުރި ރާއްޖޭގެ ފުޓްބޯޅައޮތް ހާލަތުވެސް އޭނާއަށް ރަގަޅައް އިގޭނެ ދެން އޮތީ އެންމެ ބޮޑުކަން އެއީ ތެދުވެރިވުމާއި އިޚުލާސްތެރިވުމާއި އަމާނާތްތެރިވުން ކިތަންމެ މޮޅަސް މިއިން ކަމެއް ނެތްނަމަ ދެންވެއްޓޭނީ މިއައްވުރެ ބޮޑު ވަޅުގަޑަކައް އުއްމީދަކީ ރާއްޖޭގެ ފުޓްބޯޅަ 1990 ގެ އަހަރު ތެރޭގައި އޮތް ފޯރި ގެނެސް ސަރަހައްދުގެ ބާރަކަށް ރާއްޖެވުން
ފަރިއްކު
06 July 2025
ކުރިން ފަރިއްކުޅުއްވި ޓީމުގެ ބޭފުޅުން ތިބީމަ ނަޒާހަތާ މެދު ސުވާލު އުފެދޭ. ފަރިއްކުޅުއްވާ ކަހަލަ ޓީމަކާ ވައްތަރީ
ބޮޑު ކުރުސީ
06 July 2025
ތި މުޖޭގެ އޮޑިޓެއް ކޮށްލަން އެބަ ޖެހޭ. މާލެ ސިޓީކައުންސިލްގަ އެސްޖީއަކަށް ހުރިއިރުގެ ކަންތައްތައް އެބަ ހޯދާލަން ކުޑަކޮށް.
މިއައު
06 July 2025
ހަގީގަތުގާ ތިތަނަށް ބޭނުންވަަނީ މިކިޔާ 'ފުޓުބޯޅަ ފެމިލީ' އިން ބޭރު މެނަެޖުމަންޓު ދަންނަށް މީހެއް. ދެން ޓެކްނިކަލް ސައިޑް ހެޑެއް (ރަނގަޅީ ބޭރު މީހެއް، ދިވެހިން މިއޮންނަނީ ގޭންގު ދަށުވެފަ). ދެން ފުޓުބޯޅައަކީ ހުރިހާ ކުދިންނަށްވެސް ކުޅެލެވޭ އެއްޗަކަށް ހަދަންވީ. ގޭންގުތަކުގެ އަތުން ފުޓުބޯޅަ ގްރައުންޑްސް އަތުލާ ކުޑަކުދިންނަށްވެސް ފުޓުބޯޅަ ޑިސްކަވަ ކޮށްލަން އެތަން. އެތަން ހުޅުވާލަންވީ.
ރަދީފްއޮފިޝަލް / ސްކެ ފައިކަ ރޭވާ ފެން ބޮއެ
06 July 2025
ކައްޕި ، ކޮކީ ، މުޖޭ މިދެން ކޮންކަހަލަ ނަންތަކެއް.ކްލަބް ވޯލްޑްކަޕް ކިޔާއެއްޗެއް ކުރިއަށް އެބަދޭ ، އަހަރުމެން އަޑު ނާހަން / ނުދެކެން އެއްވެސް ކްލަބެއްގެ އޮފިޝަލެއް ، ކުޅުންތެރިއެއް ކޯޗެއްގެ ނަމުގެ ފަހަަތުން ވަނަމެއް.ރާއްޖޭގަ ބައްޓޭ ، ސައްޓޭ ،ބޮކީ ، ޗޮކީ .މިދެން ކިހާ ދެރަކަމެއް.ވ.ވެދުން
ކޮން
07 July 2025
101ގެ ވާހަކައެއް
ﷲުޙީ
06 July 2025
ސުބުހާނައްﷲ ތޯރިގަކީ ވވވ ކަރަޕުޓު މީހެއް ޔާމީން ވެރިކަމުން އެންމެ 5 އަހަރުން މަހުޖަނަކައްވީ މީހެއް ޓޮމް އަކީ . ބައްސާމު ނުވާނެ ހުވަދަކައްވެސް ޓޮމްއާބަލާ . ތިދިޔައީ ތިތާގެ ބޭނުން
ކައްޕިކަޑަ
06 July 2025
ޓޮމް ކޮން ބައެއްތި ލީ؟ މުޖުތަބާ އެއީ ކޮރަޕްޓް މީހެއް. ކައްޕި ތީ އަދި ކުޑަކުއްޖެއް. ފޮޓޯ ނަގަން ބައިތިއްބާ ތިގްރޫޕް.