ކުޅިވަރު / ފީފާ

ފީފާގެ އޮފީސް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން ފާޑުކިޔަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ (ވ)، ފީފާގެ ނިއުޔޯކް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގެޓީ އިމޭޖަސް

ފީފާއިން އެމެރިކާގައި ހުޅުވި ދެވަނަ އޮފީސް ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރުގައި ހުޅުވައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ވިޔަފާރީގެ އެއް އެސަޓަކީ ޓްރަމްޕް ޓަވަރެވެ. ޓްރަމްޕްގެ ވިޔަފާރި އާ ގުޅޭ މައި އިދާރާ ވެސް ހިންގަނީ ޓްރަމްޕް ޓަވަރުގަ އެވެ.

ފީފާގެ އޮފީހެއް މިހާރު ވެސް ފޮލޮރިޑާގެ މަޔާމީގައި ހުރެ އެވެ. އިތުރު އޮފީހެއް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން، ފީފާ އާއި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރަމްޕްގެ ދަރިކަލުން އަދި ޓްރަމްޕް އޮގަނައިޒޭޝަންގެ ނައިބު ރައީސް އެރިކް ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި އެވެ. ދެން އެ ރަސްމިއްޔާތުގައި ބައިވެރިވީ ބްރެޒިލްގެ ލެޖެންޑް މަޝްހޫރު ރޮނާލްޑޯ ނަޒާރިއޯ އެވެ.

އިންފަންޓީނޯ ވިދާޅުވީ ފީފާއަކީ މުޅި ދުނިޔެއަށް ފުޅާވެފައިވާ އިދާރާއެއް ކަމަށެވެ. އެހެންވެ ނިއުޔޯކްގައި ވެސް އޮފީހެއް ހުންނަންޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

"މިއީ ބައިނަލްއަގްވާމީ އިދާރާއެއް. ހުރިހާ ތަނެއްގައި ގާއިމުވާން ޖެހޭ. ލޯކަލް އިދާރާތައް ހުންނަންޖެހޭ. އެހެންވީމަ ނިއުޔޯކްގައި ވެސް ހުންނަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.

އެރިކް ޓްރަމްޕް ވިދާޅުވީ ފީފާގެ އޮފީސް ނިއުޔޯކްގައި ހުޅުވުމަކީ ނިއުޔޯކަށާއި ޓްރަމްޕް ޓަވަރުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް ލިބޭ ޝަރަފެއް ކަމަށެވެ.

އިންސާނީ ހައްގުތަކަށް ޓްރަމްޕް އަރައިގަންނަމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އަމާޒުވާ އިރު ވެސް ޓްރަމްޕާ ގާތް ގުޅުމެއް އިންފަންޓީނޯ ބާއްވާތީ އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

އެމެރިކާގެ އިމްގްރޭޝަން ސިޔާސަތާ މެދު ޓްރަމްޕް ގެންގުޅުވާ ހަރުކަށި ވިސްނުމާ ދެކޮޅަށް އަޑުއުފުލުމުގައި ފީފާ ބައިވެރިވުމަށް އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން ވަނީ ޕެޓިޝަނެއް ފީފާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެކަމާ ބެހޭގޮތުން ފީފާއިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

މިދިޔަ މަހު މެދުއިރުމައްޗަށް ޓްރަމްޕް ކުރެއްވި ދަތުގައި އިންފަންޓީނޯ ބައިވެރިވެ ވަޑައިގެންނެވި އެވެ. އެކަމާ ހުރެ ފީފާގެ ކޮންގްރެސް އަށް އޭނާ އަށް ޕެރަގުއޭ އަށް ވަޑައިގެންނެވުނީ މާ ފަހުންނެވެ.

މިދިޔަ މަހު ބޭއްވި ކޮންގްރެސް އަށް އިންފަންޓީނޯ ވަޑައިގެންނެވުމުން ބައެއް ގައުމުތަކުން ކޮންގްރެސް ހޯލް ދޫކޮށް ނުކުތެވެ. އެއީ ޓްރަމްޕްގެ ދަތުރުފުޅުގައި އިންފަންޓީނޯ ބައިވެރިވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެ ދަތުރުގައި އިންފަންޓީނޯ ބައިވެރިވުމުން ޔޫއެފާއިން ތުހުމަތު ކުރީ ފީފާގެ މަސްއޫލިއްޔަތުގެ މައްޗަށް އިންފަންޓީނޯގެ އަމިއްލަ ސިޔާސީ ޝައުގުވެރިކަން އޭނާ އިސްކޮށްފައިވާ ކަމަށެވެ.

އެ ކޮންގްރެސްގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ އޭނާ އެ ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވީ ފުޓްބޯޅަ ތަމްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ. އެއީ ފީފާ އާއި އެ އިދާރާގެ މެންބަރު ގައުމުތަކުގެ ހައްގުގައި އޭނާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ފީފާގެ ނިއުޔޯކްގެ އޮފީހުގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕާއި އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕާ ގުޅޭ މަސައްކަތްތައް ވެސް ކުރާނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454