ކުޅިވަރު / ލިވަޕޫލް

ފައިނޭންޝިއަލް ފެއާޕްލޭގެ ބިރެއް ނެތި ލިވަޕޫލުން ޓްރާންސްފާ އަށް 400 މިލިއަން ޑޮލަރު ހޭދަކޮށްފި

ހޫގޯ އެކިޓީކޭ: ލިވަޕޫލުން އެންމެ ފަހުން ސޮއި ކުރުވި ކުޅުންތެރިޔަކީ އޭނާ

ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލާ ހިލާފުވެވިދާނެ ކަމުގެ ބިރެއް ވެސް ނެތި ލިވަޕޫލުން ޓްރާންސްފާ ޕީރިއަޑްގައި 400 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ހޭދައެއް ކޮށްފި އެވެ.

އައިންޓްރަކްޓް ފެރެންކްފާޓްގެ ފޯވާޑް ހޫގޯ އެކިޓީކޭ، މިއަދު ލިވަޕޫލަށް ސޮއި ކުރާނެ އެވެ. އެނާ ސޮއި ކުރުވަން ލިވަޕޫލުން ވަނީ 106.6 މިލިއަން ޑޮލަރު ފްރެންކްފާޓަށް ދިނުމަށް ނިންމާ ފަ އެވެ. އެއާ އެކު މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޗެމްޕިއަން ޓީމުން ކުރި ހޭދަ ވަނީ 402 މިލިއަން ޑޮލަރަށް ވުރެ ވެސް މަތިވެފަ އެވެ.

މިއީ މިހާތަނަށް ލިވަޕޫލްގެ ތާރީހުގައި ވެސް އެ ޓީމުން އެންމެ ބޮޑު ހޭދައެއް ކުރާ ޓްރާންސްފާ މާކެޓެވެ. މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކުރީ 2018 ގެ ސީޒަނުގަ އެވެ. އެ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަ ޕީރިއަޑްގައި ކީޕަރު އަލިސަން ބެކާ އާއި ފަބިއާނޯ، ޒާދާން ޝަކީރީ އަދި ނަބީ ކެއިޓާ ސޮއި ކުރުވަން 216 މިލިއަން ޑޮލަރު ލިވަޕޫލުން ހޭދަ ކުރި އެވެ.

ފްލޯރިއަން ވިއަޓްސް: ލިވަޕޫލުން ސޮއި ކުރުވި އެންމެ އަގުބޮޑު ކުޅުންތެރިޔަކީ އޭނާ

ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭގެ ބިރެއް ލިވަޕޫލަކަށް ނެތެވެ. ސަބަބަކީ މިދިޔަ ތިން އަހަރު އެ ޓީމުން ޓްރާންސްފާ އަށް ކުރި ހޭދަ ކުޑަވުމެވެ. މިދިޔަ އަހަރު އެ ކްލަބުން، ޓްރާންސްފާ އަށް ހޭދަ ކުރީ 13 މިލިއަން ޑޮލަރެވެ. އެއީ ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު ފެޑެރީކޯ ކިއޭޒާ ސޮއި ކުރުވުމަށެވެ.

ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ (ޕީއެސްއާރް) ގެ އުސޫލުގައި ބުނެފައި ވަނީ ކްލަބްގެ ފައިދާ ދަށަށް ދިޔަޔަސް، ތިން އަހަރުން 140 މިލިއަން ޑޮލަރު ޓްރާންސްފާ އަށް ހޭދަ ކުރެވިދާނެ ކަމަށެވެ. އެކަމަކު މިދިޔަ ތިން އަހަރު ވެސް ލިވަޕޫލަށް ވީ ފައިދާ އެވެ.

ދި އެތުލެޓިކުން ބުނީ މިދިޔަ ސީޒަނުގައި ވެސް އާމްދަނީގެ ގޮތުގައި ލިވަޕޫލުން 939 މިލިއަން ޑޮލަރު ހޯދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އިނގިރޭސި ކްލަބްތަކުގެ ތެރެއިން ކޮންމެ ސީޒަނެއްގައި ވެސް ވިޔަފާރީގެ ފައިދާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަނީ ލިވަޕޫލެވެ. އެ ކްލަބުން ދަނީ 2010 ގެ ފަހުން، އޭގެ ކުރީ އަހަރަށް ވުރެ އިތުރަށް ފައިދާ ހޯދަމުންނެވެ.

ލިވަޕޫލުގެ ޓްރާންސްފާ ތަފުސީލު

ލިވަޕޫލުން މިފަހަރުގެ ޓްރާސްފާގައި ކުރި ހޭދަ އަށް ވުރެ ބޮޑު އަދަދެއް ހަތަރު ކްލަބަކުން 2023 ގައި އެކަނި ވެސް ކުރި އެވެ.

ލިވަޕޫލްގެ ސްކޮޑްގައި ހިމެނުނު ކުއިވިން ކެލްހާ އާއި ޖެރާލް ކުއާންޝާ ވަނީ ވިއްކާލައިފަ އެވެ. އެ ދެ ކުޅުންތެރިންގެ ޓްރާންސްފާ ފީގެ ގޮތުގައި 64.4 މިލިއަން ޑޮލަރު ލިވަޕޫލުން ވަނީ ހޯދާފަ އެވެ.

މިހާރު އެ ކްލަބުން ތައްޔާރުވަމުންދަނީ ލުއިސް ޑިއާޒް ނުވަތަ ޑާވިން ނޫނޭޒްގެ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިޔަކު ވިއްކާލުމަށެވެ. ޑިއާޒް ސޮއި ކުރުވަން ބެޔާން މިޔުނިކުން ޝައުގުވެރި ވެއެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454